އެމެރިކާގެ ފަސް އަހަރުގެ ކުޑަ ކުއްޖަކު ސްކޫލަށް މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިން ހިފައިގެން ދިއުމުން އޭނާގެ ބައްޕަ ހައްޔަރު ކޮށްފިއެވެ.

މިކުއްޖާ ހެރޮއިން ސްކޫލަށް ގެންގޮސްފައިވަނީ އޭނާގެ ދަބަހަށް އަޅައިގެންނެވެ. އެ ސުކޫލުގެ ޓިޗަރުންނަށް އޭނާގެ ދަބަހުން ހެރޮއިން ފެނުމުން އެތަކެތިވަނީ އަތުލާފައެވެ. އަދި އެއީ ކީއްކުރަން ގެނައި އެއްޗެއްތޯ ސުވާލު ކުރުމުން އެކުއްޖާ ބުނީ އޭތި ބުއީމަ ސްޕައިޑާމެން އަކަށް ބަދަލުވާ ކަމަށެވެ. އަދި އެކި އެކި ސުވާލު ކުރުމުން އެކަމުގައި އޭނާގެ ބައްޕަގެ ކުށެއްވާކަން އެނގުނެވެ. އޭނާގެ ބައްޕަ އޭނާގެ ކުރިމަތީ މަސްތުވާތަކެތި ބޭނުންކުރާކަމަށްވެސް އެކުއްޖާ ބުނެފައިވެ އެވެ. އެހެންވެ އެވަގުތު އެ މައްސަލަ ސްކޫލްގެ ފަރާތުން ފުލުހުންނަށް ރިޕޯޓް ކޮއްފައިވެއެވެ.

އެކުއްޖާގެ ބައްޕަ ބެންނީ ގާސިޔާ ބުނީ ދަރިފުޅު ސްކޫލަށް މަސްތުވާތަކެތި ގެންދިއުމަކީ އޭނަ އަށް އެނގިގެން ކުރި ކަމެއް ނޫން ކަމަށާއި އެއީ އޭނަ ލައްވާ ބަޔަކު ކުރި ކަމެއް ކަމަށްވެސް ބުންޏެވެ. އަދި މިވީހާ ތަނަށް އޭނާގެ މަންމަގެ ފަރާތުން އެއްވެސް އެހީތެރިކަމެއް ލިބިފައި ނުވުމުގެ ސަބަބުން މިހެންދިމާވުމަކީ އެކަށިގެންވާ ކަމެއްކަމަށް އޭނާ ބުނެފައިވެ އެވެ.

ފުލުހުން ބުނީ މިހާރު އޭނަ ހައްޔަރު ކޮއްފައިވާކަމަށާއި އަދި އެކުއްޖާ އެކަމުން ސަލާމަތް ކުރުމަށާއި އެހިޔާލުތަކުން ދުރުކުރުވަން ވަރަށް ބޮޑަަށް މަސަށްކަތް ކުރާނެ ކަމަށްވެސް ބުނެފައިވެ އެވެ.

މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުން ދާކަމަށް ފުލުހުން ބުނެފައިވެ އެވެ.

ކުދިންގެ ދަބަސް ޗެކް ކުރުން ބުއްދިވެރި ކަމަށް ޓީޗަރުންނަށް ފުލުހުން ދެންނެވި އެވެ. މީގެ ފަހުން އެފަދަ ކަންކަމަށް ބޮޑު އިސްކަމެއް ދޭނެކަމަށް ސްކޫލުން ވެސް ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު