ޒަމާނުންސުރެ ޖަންގަލީގެ ރަސްކަން ކުރާ ޖަނަވާރެއްގެ ގޮތުގައި ބަލަމުން އަންނަނީ ސިންގާއެވެ. ސިންގާ އުފެދުމުގައި ހުންނަ ގޮތާއި އޭތި އުޅޭގޮތުން ހަގީގަތުގައިވެސް ރަސްކަލުންތަކެއް އުޅޭހެން ހީވެއެވެ. ނަމަވެސް ސިންގާ އާއި ބެހޭގޮތުން އެނގެނީ ކިހާ ވަރަކަށް ހެއްޔެވެ؟ ދުވަހަކުވެސް ސިންގާ އެއް ކިނބިހި އަޅާ މަންޒަރު ދެކުނިން ހެއްޔެވެ؟
އާއްމު ގޮތެއްގައި ސިންގާ އެއް ޖަންގަލީގައި 15 އަހަރު ދުވަހުގެ މުއްދަތަކަށް ދިރިހުންނައިރު ޒުލެއްގައި މި އަދަދު 30ށް އިތުރުވެގެން ދެއެވެ. ސިންގާ އެއް ގޮވާ އަޑު 4.8 ކިލޯމީޓަރު ދުރަށް އިވޭ އިރުގައި މިގޮތަށް ގޮވުމުން ދެން ތިބޭ ސިންގާތަކަށް ކޮންމެވެސް މެސެޖެއް ރައްދުވެއެވެ. އަދި ޖަންގަލީގެ އެހެން ޖަނަވާރުތަކަށް އެމީހުންނަކީ ޖަންގަލީގެ ރަސްކަލުންކަން ހަނދާން ވެގެންދެއެވެ.
އާއްމު ގޮތެއްގައި ސިންގާތަށް އުޅޭނީ ގްރޫޕް ގުރޫޕަށެވެ. އަދި އެ ގުރޫޕާއި ނުދަންނަ ފިރިހެން ސިންގާ އެއް ގުރޫޕާއި ގުޅެން ބޭނުންނަމަ ޖެހޭނީ އެ ގުރޫޕެއްގެ ފިރިހެން ސިންގާތަކާއި ކުރިމަތިލައި އެމީހުން ބަލިކުރާށެެވެ. އެހެންނޫންނަމަ، އެ ސިންގާ އެތަނަކުން ފަހާލެވޭނެއެވެ.
މި ގުރޫޕުތަކުގައި ގިނައިން ކާނާ ހޯދަން މަސައްކަތް ކުރާނީ އަންހެން ސިންގާތަކެވެ. ނަމަވެސް ފިރިހެން ސިންގާތައްވެސް ބޮޑެތި ޖަނަވާރުތައް ޝިކާރަ ކުރުމުގައި ބައިވެރިވެއެވެ. މި އެއްޗެހި މައިގަނޑު ގޮތެއްގައި ކުރާ ކަމަކީ ސަރަހައްދު ރަނގަޅަށް ބަލަހައްޓައި، އިތުރު ސިންގާތަކެއް އާދޭތޯ ސަމާލުވެ ތިބުމެވެ. އަދި އަންހެން އެއްޗެހި ޝިކާރަ ކުރަން ދާއިރު ފިރިހެން ސިންގާތައް ދަރިންވެސް ބަލާނެއެވެ.
ކޮންމެއަކަސް، މިހާރު ސިންގާ އާއި ބެހޭ ގޮތުން ކޮންމެެވެސް ވަރެއްގެ މައުލޫމާތުވެސް އެނގޭއިރު، ތިރީގައި އެވަނީ ސިންގާ އެއް ބޮޑު ކިނބިއްސެއް އަޅާ މަންޒަރެވެ. މި ވީޑިއޯ އަށް އާއްމުންގެ ސަމާލުކަން ލިބުނު ދެ ސަބަބެއް އެބައޮތެވެ. އެއީ ސިންގާ ކިނބިހި އަޅާ މަންޒަރަކީ އަބަދު ފެންނަ އެއްޗަކަށް ނުވުމާއި އޭތި ކިނބިހި އެޅުމުގެ ކުރިން ކިނބިހި ނާޅައި ވޭތޯ މަސައްކަތް ކުރުމެވެ.
އަހަރެމެން އިންސާނުންވެސް ބައެއް ފަހަރު ކިނބިއްސެއް އަންނަން އުޅުމުން އެކަން ހުއްޓުވޭތޯ ބަލައެވެ. ނަމަވެސް ގިނަ ފަހަރަށް އެކަން ކާމިޔާބުވާ ގޮތެއް ނުވެއެވެ. މި ސިންގާ އަށްވެސް މިފަހަރު ވީ މިފަދަ ގޮތެކެވެ. މި ވީޑިއޯ މީސް މީޑިއާގައި އަންނަނީ ވަރަށް ހަލުވިކަމާއި އެކު ދައުރުވަމުންނެވެ.
މީދެން ހަބަރެކޭ ކިޔާފަ ޖަހަން ކޯޗެއްތަ
ސިންގާފޮޑިޖަހާ މަންޒަރު ވެސް ދުނިޔެ ދެކެފައި ނުވެއެވެ.ސާބަސް ވަގުތު ނޫސް
ފައްކާ ޚަބަރެއް
އަބަދު ސިޔާސީވެގެން މީސްތަކުންގެ މަސްކެއުމަށް ވުރެ މިކަހަލަ މައުލޫމާތު ގެ ޚަބަރު މާފައިދާ ބޮޑު
ހަޗިސް ...މަވެސް ރޯގާޖެހިފަ މީނީ
ސަޅި ތިކަހަލަ ޚަބަރުތަށް މުނިފޫހި ފިލުވުމަށް ވަރަށް ސަޅި! " ދަރީމަރުވުމުން ރާމާ މަކުރު ރޮއުން " ގުޑު ވޯކު!