މީގެ ކުރިން ޕާކިސްތާނުގެ ރީތީގެ ރާނީގެ އެވޯޑު ހާސިލްކޮށްފައިވާ އަންހެނަކު އެމެރިކާގެ ނިއުޔޯކުގައި އެކްސިޑެންޓެއްވެ މަރުވެއްޖެއެވެ.

2012 ވަނަ އަހަރު އެގައުމުގެ އެންމެ ރީތީ އަންހެން މީހާ ކަމުގައިވާ ޒަނިބް ނަވީދް ޙައިދަރު މަރުވެފައި ވަނީ އޭނާ ދުއްވަމުން ދިޔަ ކާރު މާ ބާރަށް ގޮސް ދުވާރު މައްޗައް އަރައި، ފުރޮޅިފައި މަގުމަތިން ދިޔަ އެހެން ކާރުތައް ޒަނިބްގެ ކާރަށް އެރުމުން ކަމަށް އެމެރިކާގެ ފުލުހުން ވަނީ ބުނެފައެވެ.

ޒަނިބް

ރޭގަނޑު 23:40 ހާއިރު ޒަނިބް އެކްސިޑެންޓުވުމުން މަގުމަތީގައި ތިބި މީހުން ވަނީ ވަގުތުން ޒަނިބް ކާރި ތެރެއިން ނެރެ، އެހީތެރިވާން މަސައްކަތް ކޮށްފައެވެ. ނަމަވެސް ކާރުން ނެރުނު އިރުވެސް ޒަނިބްގެ ހަށިގަނޑުގައި ފުރާނަ ނެތް ކަމަށް ރިޕޯޓްތައް ބުނެއެވެ.

ފުލުހުން މައުލޫމާތު ދޭ ގޮތުގައި މި ހާދިސާ ހިނގި ވަގުތު ކާރުތެރޭގައި އިނީ ޒަނިބް އެކަނި ކަމަށާއި އަދި އޭނާ ހުރީ މަސްތުގެ ހާާލަތުގައި ނޫން ކަަމަށްވެސް ބުނެފައިވެއެވެ. ޒަވާޖީ ހަޔާތެއްވެސް ފަށައިގެން އުޅޭ ޒަނިބްގެ މަރާއި އެކު އޭނާގެ ފޭނުން އަންނަނީ އެކަމާއި މެދު ހިތާމަ ފާޅު ކުރަމުންނެވެ.

ޒަނިބް

ޒަނިބް އެންމެ ފަހުން ފޭސްބުކުގައި ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު ކޮށްފައިވާ ޕޯސްޓުގައި ބުނެފައި ވަނީ ހިނިތުންވުމުގެ މުހިއްމު ކަމާއި ބެހޭ ގޮތުން ކުޑަ ބަސްކޮޅެއް ހިއްސާ ކޮށްފައެވެ.