އިންޑިއާގައި ބައްޕައަކު އޭނާގެ 35 އަހަރުގެ އަންހެން ދަރިފުޅު ރަޙުމަތްތެރީންތަކަކަށް ހަދިޔާކޮށް، އެ މީހުންނާއެކު ބައިވެ ދަރިފުޅު ރޭޕްކޮށްފިއެވެ.

ފުލުހުންނާއި ހަވާލާދީ ރިޕޯޓްތައް ބުނާގޮތުގައި، ބައްޕައަކު އޭނާގެ 35 އަހަރުގެ ދަރިފުޅު ގެންދިޔައީ، މި މަހުގެ 15 ވަނަ ދުވަހު އޮތް ފެއާ އަކަށެވެ. އެތަނުން ބައްޕަގެ ދެ ރަހުމަތްތެރިންނާއި ދިމާކުރިއެވެ. އެ މީހުންނަކީ އެކި ކަންކަމުގައި ފުލުހުންގެ ރެކޯޑް އޮންނަ ބައެކެވެ.

އެ މީހުންނާއި ދިމާކޮށް، ބައްޕަގެ ރަހުމަތެރިއެއްގެ ގެއަށް އެ އަންހެން މީހާ ގެންދިޔައިރު، އެގޭގައި އެ އަންހެން މީހާ ރޭޕްކުރީ ބައްޕައާއެކު ތިން މީހުންވެގެންނެވެ. އޭނާ ރޭޕް ކުރުމަށްފަހު އޮތީ ބަންދުކޮށްފައެވެ.

ގާތްގަނޑަކަށް 18 ވަރަކަށް ގަޑިއިރުވަންދެން އޭނާގެ ބައްޕަގެ ރަހުމަތްތެރިޔާގެ ގޭގައި އޭނާ ބަންދުކޮށްގެން ގެންގުޅުނުއިރު، އޭނާ ވަނީ އެގެއިން ފިލާފައެވެ. ފިލައިގެންް ދިޔައީ އެ އަންހެން މީހާގެ މަންމަގެ ގެއަށެވެ. އެގެއަށްގޮސް އާއިލާއަށް ހުރިހާ ވާހަކައެއް ވަނީ ކިޔާދީފައެވެ. އެއާއިއެކު މި މައްސަލަ މިހާރު ވަނީ ފުލުހަށްވެސް ހުށަހަޅާފައެވެ.

މި މައްސަލައާ ގުޅިގެން މިހާރު އެކަކު ވަނި ހައްޔަރުކޮށްފައެވެ. އެ އަންހެން މީހާގެ ބައްޕަ އާ ދެން ހުރި މީހާ ވަނީ ފިލާފައެވެ.

މި ހާދިސާ ހިނގާފައި މިވަނީ އިންޑިއާގައި ފަހަކައަށް އައިސް ރޭޕްކޮށް ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ޖިންސީގޯނާ ކުރުމުގެ މައްސަލަތައް އާދަޔާއި ޚިލާފަށް އިތުރުވެ ޢާންމުންގެ ގިނަ ބަޔަކު އެޤައުމުގެ ކަމާއި ބެހޭ އިދާރާތަކާއި ދެކޮޅަށް އަޑު އުފުލަމުންދާ ދަނޑިވަޅެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޢަހުމަދު

    ޑިމޮކްރަސީގެ ނަމޫނާ އިންޑިއާއިން ދައްކުވައިދެނީ! އަދިވެސް ރާްޖޭގެ ދާޚިލީ ކަންތަކާ ބެހެމުން ރިޕޯޓުތައް ލިޔެވޭތޯ ބަލާ!

  2. ގަންޖާ ފޑ ކާޅު

    ރޭޕިސްތާން!!! އަރޭ ސާލޯ!! ހާރާމްކޯރޯން...ކުޗްތޯ ޝަރަމްކަރޯ...އަޕްނޭ މާ ބެހެނޯންކޯބީ ބަލަތްކާރު ކަރުތޭހޯ!! އަގަރު އައްޔާޝީކޯ އިތުނާ މާންތޭހޯތޯ ޖާކޭ ޚުދުކޯ ހަވަޝްކާ ޝިކާރުބަނާއޯ. ކަމްސެކަމް ހަވަސްކާ ބޫކުތޯ މިޓޭގާ!!! ޖާންވަރުބީ އިސްސެ ޒިޔާދާ އައްޗާހޭ!!!

    • Anonymous

      ސަޙީހޭ ބާއި..ޔޭ ލޯގް ބޮހޮތް އަންދަރް ސަޑޭނގޭ ނރަކް މޭ..އިން ލޯގޯންކޯ އޮއްބޮނޑި ނެހީ މިލްނާ ޗާއްހްޔޭ.