ގްރޭސް ޕެކާ

އެޑޮޕްޓު ކޮށްފައިވާ  އަންހެން ދަރިފުޅު، އޭނާގެ ލޯބިވެރިއާއާއި ގުޅިގެން ރޭޕް ކޮށް މަރާލާފައިވަނީ ކުޑަކުދިންގެ "ވެލްފެއަ ވޯކާ" އެއް ކަމަށް ހާމަ ވެއްޖެއެވެ.

ADVERTISEMENT

14 އަހަރުގެ ގްރޭސް ޕެކާ މަރާލުމުގައި ބައިވެެރިވެ، ރޭޕް ކުރި އިރު ބަލަހައްޓައިގެން ހުރީ 44 އަހަރުގެ ގްރޭސް ގެ އެޑޮޕްޓިވް މަންމަ ކަމުގައިވާ ސާރާ ޕެކާ އެވެ. ގްރޭސް ރޭޕް ކޮށް އަނިޔާ ކުރުމަށް ފަހު އޭނާ މަރާލާފައިވަނީ ސަރާގެ 44އަހަރުގެ ލޯބިވެރިޔާ ޖެކޯބް ސުލިވިއަން އެވެ. މިދެމީހުން ވަނީ ގްރޭސް މަރާލުމަށްފަހު އޭނާގެ ހަށިގަނޑު  ޕެންސައިލްވޭނިއާގެ ޖަންގަލި ތެރެއަށް  އެއްލާލާފައެވެ.

ޖެކޯބް ހައްޔަރުކޮށްފައިވަނީ ބަކްސް ކަައުންޓީ ޑިޓެކްޓިވްސް އިންނެވެ. އަދި އޭނާގެ މައްޗަަށް ރޭޕް އާއި ގަސްދުގައި މީހަކު މަރާލި ކަމުގެ ތުހުމަތު ކުރެވިފައިވެއެވެ. މީގެ އިތުރުން ސަރާ ގެ މައްޗަށް ކޮށްފައިވާ ތުހުމަތަކީ ކްރިމިންނަލް ހޯމިސައިޑް އާއި ރޭޕް އަދި އަނިޔާ ކުރާ ކަމިގެ މައްސަލައެވެ.

ކޯޓްގެ ލިޔެކިޔުންތަކުގައިވާ ގޮތުން، ސަރާ އަދި ޖެކޯބް ވަނީ 2015 އިންފެށިގެން ގްރޭސް މަރާލުމުގެ މަސައްކަތް ކުރަން ފަށާފައެވެ. ފާއިތުވެ ދިޔަ އަހަރު ޖުލައި 8 ގައި ގްރޭސް ގޮވައިގެން އެމީހުންގެ އައު ގެއަށް ބަދަލުވިިކަމަށް ވެސް ޖެކޯބް ވަނީ އެއްބަސް ވެފައެވެ.

ޖެކޯބް ބުނެފައިވާ ގޮތުން މީގެ ކުރިންވެސް އޭނާ ވަނީ ގްރޭސް ރޭޕް ކޮށްފައެވެ. އަދި މިކަމާ ވަރަށް ހިތްހަމަޖެހިގެން ހުރެ ސާރާ ބަލަން ހުންނަ ކަމުގައިވެސް އޭނާ ބުނެއެވެ.އަދި އެކިފަހަރު މަތިން އަނިޔާ ކޮށްފައިވާނެ ކަމަށް ވެސް ޖެކޯބް އެއްބަސް ވިއެވެ. މީގެ އިތުރުން ގްރޭސް މަރާލުމަށްޓަކައި އެމީހުން ވަނީ ޑްރަގް ތަކެއް ކެއުމަށް  މަޖުބޫރު ކޮށްފައެވެ. އޯވަޑޯސް ވެގެން މަރުވާނެ ކަމަށް އުންމީދު ކުރިނަމަވެސް އޭގެ ފަހުން ގްރޭސް ފެނުމުން ޖެކޯބް، އޭނާ މަރާލީ ކަރުގައި ހިފަި ނޭވާ ހާސް ކޮށްލުމަށްފަހު ކަމަށް ކޯޓުގެ ލިޔުންތަކުގައި ވެއެވެ.

ގްރޭސް މަރާލުމަށްފަހު 4 މަހެއްހާ ދުވަސް ވަންދެން ބުޅަލުގެ ބޮޑުކަމުދާ ތަކެތި އެޅާފައި ހުރި ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ. އަދި ޖެކޯބް ވަނީ އޭނާ އަށް މައާފް ކުރުމަށް ވެސް އެދިފައެވެ. އެހެންނަމަވެސް ކޯޓުން ވަނީ އެމީހުންގެ ބެއިލް އިންކާރުކޮށްފައެވެ.

Comments are closed.