ތިބާއަށް ނޭގި ނަމަވެސް ގޯސް ކަންތައް ކުރެވޭނެއެވެ. ތިމާ އަށް ކުރެވޭ ކުދި ކުދި ކަންތައްތަކުން މީހުން ތިބާ މަތިން ފޫހިކޮށްލައެވެ. މާ ގިނައިން މިކަންތައް ތައް ތަކުރާރު ވަނީނަމަ މީހުން ތިބާ އެކަހެރިކޮށްލާކަށް ދުވަހެއް ނުނަގާނެއެވެ.

ADS BY AVID COLLEGE

-ފޭސްބުކަށް މާ ގިނަ ފޮޓޯ އެޅުން

މިހާރު ގިނަ ބަޔަކު ބޭނުން ކުރަމުން އަންނަ ފޭސްބުކަށް ގިނ ގިނައިން ފޮޓޯ އެޅުމަކީ މީހުން ތިބާ މަތިން ފޫހިކޮށްލާ ކަމެކެވެ. ކުރާ ކޮންމެ ކަމެއް ފޮޓޯ ނަގައި އެފްބީ އަށް ލުމަކީ މީހުންގެ މަލާމާތް ވެސް ލިބޭނެ ކަމެކެވެ. މީހުން ޖޯކަކަށް ހަދައިގެންވެސް އެވާހަކަ ދައްކާނެއެވެ.

-މާ ގިނަ ނޫނީ މާ މަދު ރަށްޓެހިން ފޭސްބުކް ގައި ތިބުން

މާ ގިނަ ނޫނީ މާ މަދު ރަށްޓެހިން ފޭސްބުކް 'ފްރެންޑްސް' ތިބުމަކީ މީހުން ތިބާ މަތިން ފޫހި ކުރުވާ ކަމެކެވެ.

-ދެމަފިރިން ދެމެދުގައި ހިނގާ ވާހަކަތައް އެހެން މިހުންނަށް ކިޔާދިނުން

ދެމަފިރިންގެ ކަންތައްތަކަކީ މީހުންނަށް ކިޔާދޭން ހެޔޮ ވާނެ ވާހަކަ ތަކެއް ނޫނެވެ. ދެމަފިރިންގެ ދެމެދުގައި ހިނގާ ކަންތަކަކީ ސިއްރު ކުރަން ޖެހޭނެ ވާހަކަ ތަކަކެވެ. ރުޅި އައި ކަމުގައި ވީނަމަވެސް އެކަކު އަނެކަކުގެ ގޯސް ވާހަކަ ތައް މީހުން ކައިރީގައި ދެއްކުމަކީ ކޮށްގެންވާނެ ކަމެއް ނޫނެވެ.

 

ADS BY SHEESHA

 

ADS BY MONARK

2 ކޮމެންޓް

  1. ތެދެއް ތިބުނީ. ދެމަފިރިންގެ ދެމެދުގައި ހިނގާކަންކަން ވެސް ފޭސްބުކަށް ލާފައި ހުރޭ. ވަރާށް ފޫހިވޭ. އެއަކީ ދުނިޔޭގެ އެންމެންނަށް އިއުލާން ކުރަންޖެހޭނެކަންކަމެއްވެސް ނޫންކަންނޭނގެ. މަގޭ ރައްޓެހި އަންހެންކުއްޖަކު އޭނާ އިނދެގެން އުޅޭ މީހާ އޭނާގެ އުފަން ދުވަހު ހަދިޔާއަކަށް ޓެބެއް ދިނުމުން އެމީހުން އެކުގައި ފޮޓޯނަގައި އެވާހަކަ ވަރަށް ބޮޑުކޮށް ފޮނިކޮށްފައި ގޮތް ގޮތަށް ފޮޓޯނަގާފައި ފޭސްބުކަށްލީ. މަށަށް އެކަން ވީ ޖޯކަކަށް. މަލާމާތް ކުރެވުނީ.

  2. ބޮޑެތި މަޒުމޫނުވަރުގެ ހޭޝްޓެގު ބޭނުންކުރުން. ގިނައިން ހުންނަނީ އަންޑަރސްކޯރ ލައިގެން ހިތުން މޮޅު އެއްޗެއް ލިޔެފަ. ހޭޝްޓެގު އިނގިގެން ލިޔުން ވަރަށް މުހިއްމު