މައިސޫރީ އަށް އުފަން ގެބީ ޝަލް އަކީ ވަރަށް ހިތްވަރު ގަދަ ޒުވާނެއްކަން އޭނާ ވަނީ ދުނިޔެއަށް ސާބިތު ކޮށްދީފައެވެ.

އުމުރުން އެންމެ ނުވަ އަހަރުގައި، ކަނާތު ފައިގެ ކަކުލަށް ކެންސަރ ޖެހިފައި ހުރުމުން، ޖެހުނީ އެފައި ފަލަމަސްގަނޑުގެ ވަކި ހިސާބަކުން ބުރިކޮށްލާށެވެ. ނަމަވެސް ގެބީ ގެ މައިންބަފައިންގެ ވެސް އެދުމުގެ މަތިން، ޑޮކްޓަރުން ގެބީގެ ކަނާތުފައިގެ ބުރިކޮށްލާފައި ހުރި ހިސާބާއި އެފައިގެ ކަކުލުން ތިރިން ކަށިމައްޗާއި އަލުން ގުޅުވާލިއެވެ. ނަމަވެސް 180 ޑިގްރީޒް އަށް އެފައި އަނބުރާލުމަށްފަހު، ފުންނާބު ކަކުލެއް ފަދައިން ލެންބޭ ގޮތަށް ހަދާފައެވެ. އަދި އެއަށްފަހު ވަކިން ޖަހާފައެއް ގެބީ އަށް ދިނެވެ.

ގެބީ އަށް ކެންސަރ ޖެހިފައިވާ ކަން އެނގުނީ އޭނާގެ އުމުރުން ނުވަ އަހަރުގައި، އެއްދުވަހު އައިސްކޭޓް ކުރަން ގޮސް ހުއްޓާ ހަމަ ހުރެފައި ގެބީ ވެއްޓުމުންނެވެ.

އެދުވަހު ޑޮކްޓަރަށް ދައްކާ ޓެސްޓުތަށް ހެދުމުން ޑޮކްޓަރުން ބުނީ ގެބީ އަށް ކަކުލުގެ ކައްޓަށް ކެންސަރ ޖެހިފައިވާ ކަމަށެވެ. އެހެންކަމުން ކީމޯތެރަޕީ ދިނުމަށްފަހު، ދެން ޑޮކްޓަރުންނާއި ގެބީގެ މައިންބަފައިން ނިންމީ ގެބީގެ އެ ސަރޖަރީ ހަދާށެވެ. ސަރޖަރީ އަށް ފަހު، އެއް އަހަރު ދުވަހުގެ ފިޒިއޮތެރަޕީ ގެބީ ހެދިއެވެ. އަދި އެއަށްފަހު، ވަކިން ޖަހާފައިވާ ފައިގެ އެހީގައި، ގެބީ އަށް ވެސް ހިނގެއެވެ. ނަށަންވެސް ނެށެއެވެ.

ގެބީ އަކީ ކުޑައިރުވެސް ބެލޭ ޑާންސިންގް އަށް ވަރަށް ޝައުޤުހުރި ކުއްޖެކެވެ. އަނެއްކާވެސް އަމިއްލަ ބާރުގައި ފައިމައްޗަށް ކޮޅަށް ތެދުވެވުމުން ގެބީ ބެލޭ ޑާންސް ކުރުމާއިގެން ކުރިއަށް ދިޔައެވެ.

ADS BY SHEESHA

މިހާރު އުމުރުން 15 އަހަރު ފުރިފައިވާ ގެބީ ޝަލް އަކީ، އެހެން ކުދިން ފަދައިން ހިނގާ އަދި އެހެން ކުދިންނެކޭ އެއްފަދައިން މޮޅަށް ނަށާ ބެލޭ ޑާންސަރ އެކެވެ. އެއްވެސް ކަމެއްގައި އޭނާ އުއްމީދު ކަނޑައެއް ނުލައެވެ. އަދި އޭނާގެ ހުވަފެނަކީ، ބެލޭ ޑާންސިންގައި އާއި ދިރިއުޅުމުގެ އެހެން ކަންކަމުގައި، ދެވެން އޮތް އެންމެ ދުރަކަށް ދިޔުމެވެ.

Comments are closed.