ޝާނިޒް ހާޝިމް (ޝާންކޮ) ގެ މަޖިލިސް ކެމްޕެއިން ފެށުނީއްސުރެ މިއަދާ ޖެހެން ދެން އަބަދުވެސް ދައްކާ ވާހަކައެއް އޮވެއެވެ؛ ދިވެހިންގެ އުމުރު ހުސްވާ އިރުގައި ވެސް މުއްސަނދިން ވަނީ މުއްސަންޖެވެ. ނިކަމެތި މީހާ ނިކަމެތި ހާލުގައި ހުރެ، ނިމިދަނީއެވެ. ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބަށް ޝާންކޮ ނުކުންނެވި އެންމެ ބޮޑު އެއް ސަބަބަކީ މިކަން ބަދަލު ކުރުމެވެ. ޝާންކޮއަކީ "މީހުންގެ މީހެކެވެ". ޝާންކޮގެ ލިސްޓުގެ އެންމެ ކުރީގައި އަބަދުވެސް އޮންނާނީ އެންމެ ނިކަމެތި މީހާއެވެ. ދެހާސް ހަތަރު ވަނަ އަހަރު ހުޅުމާލޭގައި މީހުން އާބާދުވާން ފެށިއިރުގައި ހުޅުމާލެއަށް އެންމެ ފުރަތަމަ ބަދަލުވި 50 އާއިލާގެ ތެރޭގައި ޝާންކޮ ހިމެނޭނެއެވެ. ހުޅުމާލޭގައި ދިރިއުޅެމުން އަންނަ ގިނަ…