ޒިއޯމީ (އެމްއައި) ރެޑްމީ ނޯޓް 8 ފޯނުގެ ސްޓޮކް ސޮއްޓިބިޒް އިން އާ ކޮށްލައިފިއެވެ.

ދިވެހިންގެ ބޮޑު މަގްބޫލްކަމެއް ހޯދާފައިވާ ޒިއޯމީ ރެޑްމީ ނޯޓް 8 އަކީ އެންމެ ޒަމާނީ ފީޗާތައް ހިމެނޭ ވަރަށް ހެޔޮ އަގެއްގައި ލިބޭ ފޯނެކެވެ. ސޮއްޓިބިޒް އިން މި ބްރޭންޑްގެ 64 ޖީބީގެ 3،400ރ. އަށް ލިބޭނެއެވެ. އަދި މި ފޯނުގެ 128 ޖީބީ 3،900ރ. އަށް ސޮއްޓިބިޒް އިން ލިބޭނެއެވެ.

މި ފޯނުގެ ކެމެރާގައި 48 މެގަ ޕިކްސަލް ހުންނަ އިރު މީގައި ފާސްޓް ޗާޖިން ބެޓެރީ ހިމެނެއެވެ. އެހެން ކަމުން ބޭނުންވާ ކޮންމެ ވަގުތަކު ވެސް ވަރަށް އަވަހަށް ފޯނު ޗާޖުކޮށްލެވޭނެއެވެ.

މި ފޯނާ އެކު ޓެމްޕާޑް ގްލާސް ހިލޭ ލިބޭ އިރު މޯލްޑިވްސް ފައިނޭންސް ލީޒިން ކޯޕަރޭޝަން (އެމްއެފްސީއެލް) މެދުވެރިކޮށް އިންސްޓޯލްމެންޓަށް ވެސް މި ފޯނު ނެގޭނެ އެވެ.

ސޮއްޓިބިޒް ހުންނާނީ ޗާންދަނީ މަގު ޖަލާލުއްދީން މިސްކިތުގެ މައި ދޮރު ކުރިމަތީގައެވެ.

ސޮއްޓިބިޒް އިން ސަތޭކަ ޕަސެންޓް ޖެނުއިން އުފެއްދުންތައް ލިބޭ އިރު މާލޭގެ ހުރިހާ ސަރަހައްދަކަށް އެފިހާރައިން ވިއްކާ ތަކެތި ޑެލިވަރީ ވެސް ކޮށްދެއެވެ. އަދި ބޯޓުތަކަށް ވެސް ޑެލިވަރީގެ ހިދުމަތް އެފިހާރައިން ދެއެވެ. ޑެލިވަރީ ކުރަން ބޭނުންވާ ފަރާތްތަކުން 7750004 އަށް ނުވަތަ 7449955 އަށް ގުޅައިގެން ކުރިއަށްގެންދެވޭނެއެވެ.