ނ.އަތޮޅު ޅޮހީގައި ކަރަންޓީންގައި ނެތް ބަޔަކު ކޮވިޑް-19 އަށް ފައްސިވުމުން އެރަށް މޮނިޓަރިންގެ ހާލަތައް ގެނެސް ރަށަށް އަރައި ފޭބުން މަނާކޮށްފިއެވެ.

ޅޮއްސަށް އަރައި ފޭބުން މިހާރު މަނާކޮށްފައިވާކަން އެރަށު ސިއްހީ މަރުކަޒުގެ މެނޭޖަރު ވަނީ "ވަގުތު" އަށް ކަށަވަރު ކޮށްދީފައެވެ.

ޅޮހި މޮނިޓަރިންގެ ހާލަތައް ގެނެސް އެރަށަށް އަރައި ފޭބުން މަނާކޮށްފައި ވަނީ ކަރަންޓީންގައި ތިއްބާ ކޮވިޑަށް ފައްސިވި ތިން މީހަކާއި ގާތުން ބައްދަލުވި ތިން މީހަކު ކޮވިޑަށް ފައްސިވުމުންނެވެ.

އދ.ފެންފުށި ވެސް ވަނީ މިރޭ މޮނިޓަރިންއަށް ލާފައެވެ. އެރަށް މޮނިޓަރިންއަށް ލާފައި ވަނީ ފްލޫ ކްނިކަށް ދެއްކި މީހަކު ކޮވިޑް-19 އަށް ފައްސިވުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢާމިނަތު

    ރަށް އޮތީ ކޮމިޔުނިޓީ ސްޕްރީޑަކަށް ގޮސް މީހުން ޕޮޒިޓިވް ވަމުން ދަނީ... ސައްހަ އަދަދު ނުވެސް އިނގޭ 7 މީހުން ޔަގީން. ނޫސްވެރިން ވެސް މާ ފަހަތުގައި