ބަޑި ޖެހުމުން ޒަހަމްވި ރޫބީ
ބަޑި ޖެހުމުން ޒަހަމްވި ރޫބީ

އިންޑިއާގެ އުއްތަރަޕްރަދޭޝްގައި އޮންނަ އަވަށެއް ކަމަށްވާ ސަމްބާލްގައި އުމުރުން 18 އަހަރުގެ އަންހެނަކު އޭނާގެ އާއިލާ އިން ދެކޮޅު ހަދަމުން ދަނިކޮށް މީހަކާއި ކައިވެނި ކުރަން އުޅުމުން އޭނާގެ ބައްޕަ އާއި ބޭބެގެ އަނިޔާތަކާއި ކުރިމަތިލާން ޖެހިއްޖެއެވެ.

ރޫބީ ކިޔާ މިއަންހެން މީހާ އާއިލާ އިން ގަބޫލު ނޫން މީހަކާއި ކައިވެނި ކުރަން އުޅުމުން ރޫބީގެ ބައްޕަ އާއި ބޭބެ ވަނީ ރޫބީގެ ގައިގައި ތަޅާ އެތައް އަނިޔާއެއް ކުރުމަށް ފަހު އެންމެ ފަހުން އޭނާގެ ގަޔަށް ދެފަހަރަށް ބަޑި ވެސް ޖަހާފައެވެ.

ރޫބީގެ ގަޔަށް ބަޑި ޖެހީ މިދިޔަ ހަފްތާގެ އެއްރެއެއްގެ ފަތިހު 04:00 ޖަހާ ކަންހާއިރުއެވެ. ބަޑި ޖެހި އަޑަށް އަވައްޓެރިން ނިކުމެ ބެލި އިރު ރޫބީ އޮތީ އޭނާ ދިރިއުޅޭ ގޭގެ ކައިރީ މަގުމަތީގައެވެ. އޭނާގެ އާއިލާ މެންބަރުން އެތަނުގައި ތިބި ނަމަވެސް ރޫބީ އަށް އެހީވާން އާއިލާ މެންބަރުން އެއްވެސް ކަމެއް ނުކުރެއެވެ.

މައްސަލަ ފުލުހުންނަށް ރިޕޯޓް ކުރީ އަވައްޓެރިންނެވެ. ފުލުހުން އެސަރަހައްދަށް ގޮސް ރޫބީ ހޮސްޕިޓަލަށް ގެންދިޔަ ކަމަށް ރިޕޯޓްތައް ބުނެއެވެ. މިހާރު އޭނާ އަށް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދާއިރު އަދިވެސް އޭނާގެ ހާލު ސީރިއަސްއެވެ.

ރޫބީ އަށް ހަމަލާ ދިން މައްސަލައިގައި މިހާރު އޭނާގެ ބައްޕަ އާއި ބޭބެ ވަނީ ހައްޔަރު ކޮށްފައެވެ.

8 ކޮމެންޓް

  1. ޑިސްގަސްޓިންގް ލޮލް🙍🙍🙍🙍

  2. ތިޔަމިހާރު އާމު ކަމެއް ހިތހުން މަސްހޫރުވާން އުޅުނީ ދެންތިބޭ ޖަލުގަ ގޮރު ހެނޑިފަ

  3. ތިވާނި ބޭބެޔާ ބައްޕަވެސް ެދުމެއް އޮތީކަމައް

  4. އިންޑިޔާ މީހާ

    ތިވާނީ ފޭކަކަށް. އިންޑިޔާ މީހުންނަކީ އެއްވެސް އިރެއްގަ އެހެން އުޅުނު ބައެއް ނޫން.

  5. މި ހަބަރުން އޭނައަށް ލިބުނު އްނިޔާގެ ތަފްޞީލެއް ނުއެއް އިނގޭ

  6. ނުބައި ނުލަފާ ބަޔެއް މީ އިންޑިއަންސް

  7. ޢައްސުތަ

  8. އައްސަދު މުހައްމަދު

    އެމީހަކު ކައިވެނި ކުރާނެ މީހަކު އެނގޭނީ އެމީހަކަށް. ލޯބިވުމަކީ ކުށެއް ނޫން. ރަގަޅު މައިން ބަފައިންނަމަ ދަރިން ގޯސްމަގުން ދާނަމަ ދޭނީ ނަސޭހަތް. އަނިޔާއެއް ނުދޭނެ.