އިނގިރޭސި ވިލާތުގައި ޖިންސީ ގުޅުމެއް ހިންގުމަކާއި ނުލައި 25 އަންހެނަކު ބަނޑުބޮޑުވެ، ބައެއް މީހުން ވިހައިފިއެވެ.

މި އަންހެނުންނަކީ އެމީހުންގެ ހަޔާތުގެ އެއްވެސް ހިސާބެއްގައި ޖިންސީ އަމަލެއް ހިންގާފައި ނުވާ ބައެއް ކަމަށް ޑޮކްޓަރުން ވަނީ ބުނެފިއެވެ.

ޑޮކްޓަރުން ބުނާ ގޮތުގައި މި އަންހެނުންނަށް ޖިންސީ އެއްވެސް އަމަލެއް ހިންގުމަކާއި ނުލައި ކުދިން ލިބިފައިވަނީ އައިވީއެފް (އިން ވިޓްރޯ ފާރޓިލަޒޭޝަން) ގެ ޒަރިއްޔާއިންނެވެ. އައިވީއެފްއަކީ ދަރިމައިނުވުމުގެ މައްސަލަ ހައްލުކޮށް ކުއްޖަކު ލިބުމަށް މަގުފަހި ކޮށްދޭ މަރުހަލާ އެކެވެ.

މި 25 އަންހެނުންނަކީ މީގެ 5 އަހަރުކުރިން މި މަރުހަލާ ކުރިއަށް ގެންދިއުމަށް އިސްނަގާފައިވާ ބައެކެވެ.

މީޑިއާ އަށް މަޢުލޫމާތު ދިން ޑޮކްޓަރު ބުނިގޮތުގައި ޖިންސީ ގުޅުމެއް ހިންގުމަކާއި ނުލައި ކުއްޖަކު ހޯދަން އެމީހުން ބޭނުންވީ މަޔަކަށް ވުމަށް އެމީހުން ތައްޔާރުވެ، އެމީހުންނާއި އެކަށީގެންވާ ބައިވެރިޔަކާއި ދިމާނުވެ އެބަޔަކަށް އިންތިޒާރު ކުރާތީ ކަމަށެވެ.

މިއީ މުސްތަޤުބަލުގައި ބޮޑު ތަރުހީބެއް މިކަމަށް ލިބޭނެ ކަމަށް ބެލެވިފައިވާއިރު ސިއްހީ މާހިރުން ބުނާގޮތުގައި ވަރިވެފައިވާ މައިންނަށް ވުރެ ވަރި ނުވެ އުޅޭ އެކަނިވެރި މައިން މާލީ ގޮތުންނާއި ކުދިން ތަރުބިއްޔަތު ކުރުމުގައިވެސް މާ ރަނގަޅެވެ.

 

ADS BY SHEESHA

 

22 ކޮމެންޓް

  1. ތީއާކަމެއް ނޫން ފިރިހެނުންގެ ދަރިފަނި ނަގައިގެންވެސް ދަރިމައި ކުރެވޭ، ދެންމީ 25 މީހުނައް މަރިޔަމް ގެފާނުގެ މަގާމަށް ދެވުނިއްޔޯ، އާހިރުގަ ނަރަކަ

  2. މައި ތޯޓް

    ޢެމީހުންނަށް ލިބޭ ދަރިންނަށް ބައްޕައެއްގެ ލޯބި ދޭނީ ކާކު؟

  3. ދޮންހިޔަލަ

    ޙުސް ޒިނޭ ކޮށްގެން ހޯދައިފާވާ ދަރިން...

  4. ތީ ހަރާމް ކަމެއް..................

  5. ކިހާ ދެރަކަމެއްތަ ދެން މި އާކަމެއްތަ؟ ދީން ކޮންމެ މައުލޫއަކަށް ގެންނަވަރަށްވުރެ ތަންކޮޅެއް ތަސައްރަފު ފުދެން ވެއްޖެ. ފެންނަން އެބޮތް އަފްގާނިސްތާން އިރާގް ޔަމަން ސޫދާން ސީރިޔާ ފަދަ ކިތަންމެ ތަނެއް. ބޮލެއް ހުރި މީހެއްވިއްޔާ އިހްސާސްވާނެ.

  6. E anhenun tha vihe ee hamaekani egg beynunkohgen baaa...

  7. އަބުރުކަޅޭ

    ފަނި ލައްވައިގެން ދޯ އެކަން އެކުރީ މަށަށް އެގޭ އެކަން.

  8. ތިވާނި ރަނގަޅަށް ކައިގެން ދުފާލީ ކަމަށް

  9. "މި އަންހެނުންނަކީ އެމީހުންގެ ހަޔާތުގެ އެއްވެސް ހިސާބެއްގައި ޖިންސީ އަމަލެއް ހިންގާފައިނުވާ ބައެއް" " ޖިންސީ އަމަލު ހިންގުމަކާނުލާ ކުއްޖަކު ހޯދަން އެމީހުން ބޭނުންވީ އެކަށީގެންވާ ފިރިހެނަކާ ދިމާނުވެ އިންތިޒާރު ކުރަންޖެހޭތީ" މިއީ ކަނޑައެޅިގެން ބޮޑުދޮގެއް. ދިވެހިންގެ ތެރޭގައި މިއުޅޭ ސެކިއުލަރ ވިސްނުމުގެ މީހުން މިކަން ގަބޫލުކުރިޔަސް މި އަންހެނުންނަކީ ޖިންސީ ގުޅުމަކާނުލާ ދަރިން ހޯދުމަށް ކުރާ ތަހުލީލުތަކަށް އަމިއްލައަށް ވޮލަންޓިއަރ ކޮށްގެން ފައިސާގެ ބޭނުމުގަ އުޅޭބައެއް. މުސްލިމުން މިކަމަށް ހޭއަރާތުބޭތި.

  10. ނޮން ރިއަލިޓީ

    ކޮމެނަޓުކުރާ މީހުން ދީން މިތަނަށް ގެނައީ މިކަމާ ބެހޭގޮތުން މުސްލިމުން ހޭލުންތެރި ކުރުވުމަށް ކަމަށް ލަފާކުރެވެނީ.
    އެއީ ރިއަލިޓީ މާ ރުޅިއަންނަން ޖެހޭ ކަމެއް ނޫން.

    • މިހެންގޮސް ބައްޕަޔާ ދަރިފުޅު ނޫނީ މަންމަޔާ ދަރިފުޅު އިންދެވޭއިރުވެސް ނޭގި ދަރިފަސްކޮޅު އޮޅި ވަލު ޖަނަވާރުންގެ ސްޓއިލަށް.

  11. ދީނޭ ދީނޭ ތި ކިޔަނި އެއީ މުސްލިމުންތަ؟ އެމީހުންގެ ދީނާ ޤާނޫނުތަކުގަ ހުއްދަވީމަ އެމީހުންކުރާނެ ކައިވެނިކުރާއިރު ދަރިންވެސް ލިބިފަ އެމީހުންނަށް ތިބެނި... މިކަންކަނއ ހުއްދަ ނުވާނި އަހަރެމެން މުސްލިމުންނަށް... އެއީހުންއެއީ އިސްލާމްދީނުގަ އޮންނަ އެއްޗެއް ބަލާބައެއް ނޫން.. ދެރައީ ދުވަހެއް އޮތްކަން އެވެރިންނަށް ނޭނގޭތީ

    • ދެރަކަމަކީ މިފަދަ ލިޔުންތައް ލިޔެ މުޖުތަމަޢުއަށް ފޯރުކޮށްދޭތީ. ހިތާމަހުރި، ނޫސްވެރިކަމުގެ މިނިވަންކަމޯ

  12. ދީނީ ގޮތުން މިކަން ހުއްދަ ނުވާނެ.. ކޮންމެ ގޮތެއްވިޔަސް އެދަރިފަނި އެއީ ހިލޭ ފިރިހެނެއްގެ ދަރިފަނި.. އަދި ނަސްލު އޮޅުމަށް ވަރަށް ބޮޑަށް މަގުފަހިވާނެ މިކަންކަމުން..

  13. ނައިފަރުމީހާ

    ދީނީ ގޮތުންރަގަލުކަމެއްނޫން ކޮންމެވެސްފިރިހެނެއްގެ އެދުންވެރިކަންނުލާމިކަންނުވާނެވެ ގަބޫލްނުކުރާތި އޭރުންދީނުންވެސްބޭރުވެދާނެ

  14. ފިރިހެނުން ގެ ބޭނުން ކެނޑުނީދޯ ދެން

  15. މިރާއްޖޭގެ ޓްވިޓަރޭ މެން ތިހެން ނުވެއްޖެނަމަ ދެން ރަނގަޅޭ މަމެން ބުނަން ނެތީމުދޯ. އޮއޮއޯ ދެން ކޮންމެހެން ތަމެން ރުޅި އަންނާނެ ކަމެއް ނެތް އިނގޭ.

    • ހައްޤުބަސް

      ދީނުގަ މިކަން ހުއްދަ ކުރެވޭ ހާލަތެއް އޮވެދާނެ ދެމަފިރިންނަށް ޖިންސީގުޅުމުން ދަރިން ނުލި ބޭފަދަ ސިއްހީ ނުވަތަ އެނޫންވެސް މައްސަލައެއް ހުރެގެން ފިރިމީހާގެ ދަރިފަނި ބޭނުން ކޮށްގެން މިކަން ކުރެވިދާނެކަމަށް ފެނޭ އެކަމަކު ނުދަންނަ ހިލޭ މީހެއްގެ ދަރިފަނި ބޭނުންކޮށްގެން މިކަން ކުރުން ހުއްދަ ނުވާނެ އެއްވެސް ހާލަތެއްގައި އިސްލާމްދީނަކު

  16. ޒިނޭ

  17. ދީނީ އުސޫލުން މިއީ ކޮންކަހަލަ ކަމެއްބާ؟

  18. ަަަަަަައަލީ އަސަދު

    ރަނގަޅު