ރާއްޖޭގެ މަޝްހޫރް ޓިކްޓޮކް ތަރިންގެ ވާހަކަ ދައްކާ ކަމަށް ވާނަމަ ނަމަ ގދ.ރަތަފަންދޫ އަށް އުފަން މުހައްމަދު އިޝްފާންގެ ވާހަކަދައްކާ ނުލާ ދެވޭކަށް ނެތެވެ. އޭނާ އަކީ ފާޑުކިޔުމަށް ބެލުމެއް ނެތި އެންމެ ފުރަތަމަ ކެރިގެން ޓިކްޓޮކް ކުޅެން ފެށި އެއް ފަންނާނެވެ. އިޝްފާން އެހާ އަވަހަށް މީހުންގެ ލޮލުގައި އަޅައިގަތް އެއް ސަބަބަކީ އޭނާގެ ތަފާތު ނެށުމާއި ގުދުރަތީ އެކްޓިންއެވެ. މަޝްހޫރު އެތައް ޓިކްޓޮކް ތަރިންނަކާއި އެކު އިޝްފާންގެ ފަރި ހަރަކާތްތައް އޭނާ ވަނީ ދައްކާލާފައެވެ.

އަދި ފިލްމީ ދާއިރާގެ ބައެއް އުފެއްދުންތަކުން އޭނާ ދަނީ ފެންނަމުންނެވެ. އިޝްފާން އާއި މެދު މީހުންގެ މެދުގައި ހުރި ޝައުގުވެރިކަން އޭނާގެ ޒަވާޖީ ހަޔާތާއި މެދުގައި ވެސް އެބަހުއްޓެވެ. އޭނާ ހުރީ ހުސްހަށިބައިކޮށްތޯ ނުވަތަ އޭނާ ރައްޓެހިވެގެން އުޅެނީ ކާކާތޯ ބަލަން ބޭނުންވާ މީހުން މަދެއް ނޫނެވެ. އަދި މީސްމީޑިއާގެ ބައެއް ޕްލެޓްފޯމުތަކަށް އިޝްފާނުގެ ހުށަހެޅުންތައް ލުމުން ބައެއް އަންހެން ކުދިން އެ ސުވާލުކޮށްފައިވެސް އެބަހުއްޓެވެ.

އިޝްފާން އާއި ފިލްމީ ތަރި އާޝާ އާއި ރައްޓެހިވެގެން އުޅޭ ކަމަށް ވެސް ދޭތެރެއަކުން އަޑު ފެތުރުނެވެ. އޭގެ ފަހުން ފިލްމީ ތަރި އަދި ޓިކްޓޮކް ތަރި ޝިފާ އާއި އޭނާ އާއި ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް ވެސް އަޑު ފެތުރުނެވެ. އެހެންނަމަވެސް އެ ތަރިން ވަނީ އެއީ ހަމައެކަނި ގާތް ރަހުމަތްތެރިންކަމާއި އެފަދަ ގުޅުމެއް އެމީހުންގެ މެދުގައި ނެތްކަން ފާހަގަކޮށްފައެވެ.

ރޭ ވީޓީވީގެ "ލޭޓް ނައިޓް ޝޯ ވިތް އައްފު އެންޑް ޖައްބު"ގައި އިޝްފާން ވަނީ އޭނާ ހުރީ ހުސްކޮށްކަން ޔަގީންކޮށްދީފައެވެ. އެހެންނަމަވެސް އޭނާ މިވަގުތު ބައިވެރިޔަކު ނުހޯދާ ކަމަށް ވެސް އިޝްފާނު ވަނީ ބުނެފައެވެ. އެހެންކަމުން ހުސްހަށިބައި ވިޔަސް އިޝްފާން އަށް ލޯބި ހުށަހެޅުމުގެ މާބޮޑު ފުރުސަތެއް މިވަގުތަކު ނެތެވެ.

ފުރުސަތު ބޭނުންވާ މީހުން މަސައްކަތް ނުކޮށް ތިބޭނެ ކަމެއް ނެތެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އަހުމަދު

    ކިހާ ދެރަ ކަމެއް؟ ލިޔާނެ ނުލިޔާނެ އެއްޗެއް ހަމަ ނޭނގެނީތަ؟

    42
    1
  2. އައިސް

    ބޯ ހީވަނީ ހަމަ މުހައްމަދު ރަސޫލްﷲ ޕޮރޮގުރާމަގަ ދައްކާ މީހެއްގެ ބޯ ހެން އަޅެ ބޯ ރީތިކޮށް ކޮށާލަބަލަ

    34
    4
  3. އަލި

    ޝައުގެއް ނެތް... ތީ ކާކުތޯ ބަލާކަށްވެސް... ޓިކްޓޮކް ކުޅުނީމަ ތިއޮތީ ހުރިހާ ކަމެއް ހަމަވެފަ...

    36
    3
  4. ދޮ ން ތުއްތު

    ޓިކު ޓޮކުން އިނދެވޭނެތ؟

    19
    3
  5. ބާފޮތިބުޅާ

    އަހަރެމެން ކުރިން އުޅުނު ގޭގެ ކުރިމަތީގަ އުޅޭ ބުޅާތަކުން ކުރެ ބައެއް ބުޅާތއްވެސް ތިބީ ހުސްކޮށް.އޭގެތެރޭގަ ވ.ރީތި ދޮން ބުޅަލާއި ބާފޮތިގަނޑެއްހެން ހީވާ ބުޅާވެސް އެބަތިބި...

    29
    1
  6. ހުސޭނުބޭ

    ކޮއްކޯ އިގިރޭސި ރާނީ ހުރީ ހުސްކޮށް! ހަދާންކޮށްލަދިނީ މި! ކޮބައި ގަނޭތޯ އެންގަނޑެއް އެއްލާބަލަ!

    13
  7. ރަދީފް

    މީނޫން ވާހަކައެއް މި ރޯދަމަހު ލިޔެބަލަ ޕްލީޒް.

    11
  8. ސަރުމީލާ

    ކައި ވެސް ހުރީ ހުސްކޮށް. މިދެމީހުން ވަރަށް ގުޅޭނެ ތޯއްޗެއް

    3
    2