މަޝްހޫރު ރިއަލިޓީ ޝޯގެ ތަރި އަދި އެމެރިކާގެ އެންމެ އުމުރުން ހަގު މިލިއަނަރު ކައިލީ ޖެނާ އޭނާގެ ސަޕޯޓަރުން މިފަހަރު ހައިރާން ކޮށްފައިވަނީ އޭނާގެ ތުންފަތް ބޮޑުކުރަން ލައްވާފައި ހުރި ލިޕް ފިލާ ނެގިކަން އިއުލާން ކޮށްފައެވެ. އޭނާގެ އަބަދުވެސް ރީތި، އެކި ކަހަލަ ހެދުންތައް އަޅައިގެން ހުންނަ ފޮޓޯތައް އިންސްޓަގްރާމްގައި ހިއްސާކޮށް އުޅެއެވެ.

ކައިލީ ޖެނާ އޭނާގެ އިންސްޓަގްރާމްގައި ހިއްސާކުރަމުން ދާ ފޮޓޯތަކުން އޭނާއަށް ސަޕޯޓުކުރަމުން ދާ މީހުންގެ ސަމާލުކަންް ދަނީ ވަރަށް ބޮޑަށް ލިބެމުންނެވެ. އޭނާ ދަނީ އެކިގޮތްގޮތަށް ނަގާފައި ހުރި އޭނާގެ ޗާލު ފޮޓޯތަކުން އާންމުންނަށް ހިތްތައް ކަތިލަމުންނެވެ

ކައިލީ ފެނިގެންގޮސްފައިވަނީ ހެލޮވީންގައި ކިންގް ކޯބްރާ އެއް ގޮތަށް ހެދުންއަޅާފައި ހުއްޓައެވެ. އަދި އޭގެ ފަހުން އޭނާގެ ތުންފަތް ބޮޑުކުރަން ލައްވާފައި ހުރި ލިޕް ފިލާ ނެގިވާހަކަ ވަނީ ފަލަ ސުރުހީތަކަށް އަރާފައެވެ.

2015 ވަނަ އަހަރު މޭ މަހުގައި ޖެނާ ވަނީ ތުންފަތް ބޮޑުު ކުރުމަށްޓަކައި އެޑްމިޓްކުރެވިފައެވެ.

'' އޭރު އަހަރެންގެ އުމުރުން 15 އަހަރު އަދި އަހަރެންގެ ތުންފަތާއި މެދު އަަހަރެން ހިންހަމަ ނުޖެހޭ'' ކައިލީ ބުންޏެވެ.

ކައިލީއަށް މިހާރު ވަނީ އަންހެން ދަރިއަކު ވެސް ލިބިފައެވެ. އޭނާގެ ދަރިފުޅު ސްޓޯމީގައި ޖަަހަނީ އެކުއްޖާގެ ބައްޕަ ވައްތަރު ކަން އޭނާ ވަނީ ބުނެފައެވެ. ކައިލި ބުނެފައިވަނީ އޭނާ އަށް ލިބިފައިވަނީ އެންމެ ފުރިހަމަ ތުންފަތް ކަމުގައެވެ.

މީސްމީޑިއާގައި އެންމެ މަތީގައި ފޮލޯވަރުންތިބި ލިސްޓުގެ 10 ވަނައިގައި އޮންނަ ކައިލީގެ އިންސްޓަގްރާމްގައި 100 މިލިއަން ފޮލޯވަރުން ތިބެއެވެ.