އަބަދުވެސް އެހެން މީހުންނާއި ތަފާތުކޮށް ކަންތައް ކުރަން ބޭނުންވާ މީހުން އުޅެއެވެ. އެއީ މިހާރު އާއްމުކަމަކަށްވާއިރު، އެ ތަފާތު އެންމެ ބޮޑަށް ފެންނާނެ އެއް ކަމަކީ ކައިވެނީގެ ހަފްލާތަކާއި، ޕާޓީތަކެވެ.

ބައެއް މީހުން، އެ މީހުން ފުޓުބޯޅަ ކްލަބަކަށް އޮންނަ ލޮތްބެއްގެ ބޮޑުކަމުން އެ މީހުންގެ ޕާޓީ ފުޓުބޯޅަ އާއި ގުޅުންހުރި ތީމަކަށް ތައްޔާރުކުރެއެވެ. މަދުން ނަަމަވެސް އެފަދަ ޕާޓީތަައް ބާއްވާއިރު، އެއްވެސް ހާލެއްގައި ފުޓުބޯޅަ ކުޅޭއިރު، އަޅާ ކަހަލަ ހެލްމެޓެއް އަޅައިގެން ކައިވެނީގެ ހަފްލާ ބާއްވައި އެ ހެލްމެޓާއެކު ފޮޓޯތައް ނަގާފާނެކަމަށް ހީނުކޮށްފާނެއެވެ.

ނަމަވެސް މިއީ ތަފާތު، އަދި އެތައް ބައެއްގެ ސަމާލުކަން ލިބިގެންދިޔަ ކައިވެނީގެ ހަފްލާއެކެވެ. އިނގިރޭސިވިލާތަށް ނިސްބަތްވާ މީހާއަކީ މިއާމީ ޑޯލްޕިން ފުޓްބޯޅަ ކްލަބްގެ ވަރަށް ބޮޑު ފޭންއެކެވެ. އެެހެންކަމުން އޭނާ އޭނާގެ އަނބިމީހާ އޭނާއަށް ގަނެދިނީ ޑޯލްފިން ހެލްމެޓެކެވެ.

މި ފިިރިހެން މީހާ ވަނީ، އޭނާގެ ކައިވެނީގެ ހަފްލާގައި އެ ހެލްމެޓާއެކު ފޮޓޯ ނަގައި ޓްވީޓްވެސްކޮށްފައެވެ.

އޭނާ ބުނެފައިވަނީ، މިއީ ސަގާފަތް ބަދަލު ކޮށްލުމުގެ ނިޔަތުގައި އޭނާ ކޮށްފައިވާ ކަމެއް ނޫންއިރު، މި ފޮޓޯއިން ދައްކުވައިދިނީ ޑޯލްފިން ފުޓުބޯޅަ ކްލަބަށް ހިތުން ދެވިފައިވާ ދަރަޖަ ކަމަށެވެ.

މި ކައިވެނީގެ ހަފްލާގެ ފޮޓޯތައް މިހާރު އިންޓަނެޓުގައި ދައުރުވަމުންދާއިރު، މިއީވެސް ގިނަ ބައެއްގެ ސަމާލުކަން ލިބިގަތުމަށްޓަކައި އެދެމީހުން ކޮށްފައިވާ ކަމެއްކަމަށް ގިނަބަޔަކު ބުނެއެވެ. އަދި އަނެއް ބަޔަކުވަނީ މިހާތަނަށް މިއީ ކައިވެނީގެ ހަލްފާއަކުން ފެނުނު މިފަދަ ފުރަތަމަ މަންޒަރުކަމަށް ބުނެ އެމީހުނަށް ތައުރީފުވެސް ކޮށްފައެވެ.

Comments are closed.