ނެދަލޭންޑްސްގެ ހަތަރު ސަރަހައްދެއްގައި ހުރި ޖަލެއްގެ ކުށްވެރިން ބަންދުކޮށްފައި ހުންނަ ތަނުގެ ދަޅުދަނޑި އެ މީހުުން އަތަށް ދީފިއެވެ.

މިގޮތަށް ކުށްވެރިންގެ އަތަށް އެ މީހުން ތިބޭ ގޮޅިތަކުގެ ތަޅުދަނޑި ދީފައި މި ވަނީ އެ ގައުމަކީ ކުށްކުރާ މިންވަރު މަދު ގައުމަކަށްވެފައި އެ ސަރަހައްދުތަކުގައި ހުންނަ ޖަލުތަކުގައި ތިބޭ ކުށްވެރިންނަށް މިނިވަންކަމާއި އެކު ހަރަކާތްތެރިވުމުގެ ފުރުސަތު ދިނުމަށެވެ.

ރިހެބިލިޓޭޝަން ޕްރޮގްރާމެއްގެ ދަށުން ކުށްވެރިންގެ ތަޅުދަނޑިދިންއިރު، އެކަމާއި ޕްރިޒަން އޮފިސަރުން ތިބެނީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައެވެ. އަދި އެކަމާއި އެ މީހުން ދަނީ ޝަކުވާތައްވެސް ކުރަމުންނެވެ. އެ މީހުން ބުނަނީ، މިގޮތަށް ކަންތައް ކުުރުމުގެ ސަބަބުން އެ ކުށްވެރިން ކުށްކުރާ ވަރު ގިނަ ވާނެކަމަށެވެ. އަދި ކުށްވެރިން ކުރާ ކަންތައް މޮނީޓާ ކުރުމަށްވެސް ވަރަށް ބޮޑަށް ދަތިވާކަމަށްވެސް އެ އޮފިސަރުން ބުންޏެވެ.

މި ޕްރޮގްރާމްގެ ދަށުން ކުށްވެރިންނަށް ބޭރުގައި އުޅެވޭނީ ރޭގަނޑު 9:30 ގެ ކުރިންނެވެ. 9:30 ގައި އެނބުރި އެމީހުންގެ ގޮޅިއަށް ވަންނަން ޖެހޭނެއެވެ، އަދި އެ ކުށްވެރިންނަށް މީހުންނާއި ބައްދަލުކޮށް ހެދޭއިރު، ކާން ބޭނުންވާ އެއްޗެހިވެސް ގެނެވެއެވެ.

ނެދަލޭންޑްސްގެ ޖަސްޓިސް ޑިޕާޓްމަންޓުން ބުނީ، އެ ސްކީމްގެ މަގްސަދަކީ ކުށްވެރިންނަކީ ޒިންމާދާރު ބަޔަކަށް ހެދުން ކަމަށެވެ.

ނެދަލޭންޑްސްގެ ގިނަ ޖަލުތަކެއް ކުށްވެރިން ނެތުމުގެ ސަބަބުން މިދިޔަ އަހަރުން ފެށިގެން ބަންދުކޮށްފައިވެއެވެ.

ADS BY SHEESHA

 

1 ކޮމެންޓް

  1. މީ ތެދެއްކަމަށް ޤަބޫލު ކުރަން ވަރަށް ދަތި. އެމްސްޓެޑަމް އަކީ ފަތުރުވެރިންނަށް އެންމެ ނުރައްކާތެރި އެއް ސިޓީ. ދެން ކިހިނެއް މިޤައުމުގަ ކުއްވެރިން މަދޭ ބުނާނީ. ޑެންމާކް ކަހަލަ ޤައުމެއްނަމަ ޤަބޫލްކުރެވުނީސް