ހޮންކޮންގ އަކީ ދުނިޔޭގެ އެންމެ "އެކްޓިވް" މީހުން އުޅޭ ގައުމު ކަމަށް ދިރާސާ ތަކުން ދައްކައެވެ. ނަމަވެސް ދުނިޔޭގައި އެންމެ ގިނައިން ކަންނެތް މީހުން އުޅެނީ ކޮން ގައުމެއްގައި ތޯ އެއީ އުފެދޭ ސުވާލެކެވެ.

"ނޭޗާ" ޖާނަލްގައި ޕަބްލިޝް ކޮށްފައިވާ ދިރާސާ އެއްގައި ސްޓޭންފޯޑް ޔުނިވާސިޓީގެ ސައިންސްވެރިން ވަނީ 68 މިލިއަން ދުވަހާއި އެއްވަރަށް މިނެޓަކުން މިނެޓަކުން ދުނިޔޭގައި މީހުން އަޅާ ފިޔަވަޅުގެ ޑޭޓާ އެއްކޮށަފައެވެ.

މިގޮތުން ދުވާލެއްގެ މައްޗަށް އެންމެ ގިނަ ފިޔަވަޅު އަޅަނީ ހޮންކޮންގ މީހުންނެވެ. އެ ގައުމުގެ މީހުން ދުވާލެއްގެ މައްޗަށް އެވްރެޖުކޮށް 6880 ފިޔަވަޅު އަޅައެވެ.

މި ލިސްޓުގެ އެންމެ ފުލުގައި ވަނީ އިންޑޮނޭޝިއާ އެވެ. އެ ގައުމުގެ މީހުން އެވްރެޖުކޮށް ދުވާލެއްގެ މައްޗަށް އަޅަނީ އެންމެ 3513 ފިޔަވަޅެވެ. އެހެންކަމުން އެގައުމު ފާހަގަވެފައިވަނީ ދުނިޔޭގެ އެންމެ ކަންނެތް މީހުން ގިނަ ގައުމުގެ ގޮތުގައެވެ.

މި ޑޭޓާ ނަގާފައި ވަނީ 700،000 މީހުންގެ އަތުގައި އޮންނަ ސްމާޓް ފޯނުގެ އެޕެއް ކަމަށްވާ 'އާގަސް' އެކްޓިވިޓީ މޮނީޓަރިންގެ އެހީގައެވެ.

މި ދިރާސާގައި އިސްކޮށް ހަރަކާތްތެރިވި ސައިންސްވެރިއެއް ކަމަށްވާ ސްކޮޓް ޑެލްފު ބުނީ މި ދިރާސާ އަކީ މީގެ ކުރިން ކޮށްފައިވާ ދިރާސާތަކަށް ވުރެ 1000 ގުނަ ބޮޑު ދިރާސާއެއް ކަމަށެވެ.

މި ދިރާސާ އިން އެނގުނު ގޮތުގައި ފަލަވުމަކީ ކަންނެތް ވުމަށް ވުމަށް މަގުފައިވާ ކަމެއް ނޫނެވެ. އެޔާ ހިލާފަށް ކަންނެތް ވުމަކީ ހަށިގަނޑު ފިޓް ވުމާއި ގުޅުން ހުރި ކަމެއް ކަމަށެވެ.

3 ކޮމެންޓް

  1. މިރާއްޖޭގެ މީހުން ދުވާލަކަށް އަޅަނީ 2 ފިޔަވަޅު. ދެން ހުސް ސައިކަލުގަ.އޭގެއިންވެސް ފައިބަނީ އެނދުކައިރިޔަށް

  2. ކަންނެތް މީހުން އެންކެ ގިނައީ ރާއްޖޭގައި...

  3. ތިޔަކަހަލަ އެޕުން ރެކޯޑްކުރާނެ ފިޔަވަޅުއަޅަނީ ކަމަށް، އުޅަނދު ދުއްވިއަސް.. ދެން ތިޔަ ކިހިނެއް ގަބޫލްކުރާނީ.