ސަތޭކަ އަހަރުވެފައިވާ ފުރުޓު ކޭކެއް ހަލާކުނުވެ އޮއްވައި އެންޓާރިކާއިން ފެނުމާއި އެކު މީގެ 100 އަހަރު ކުރިން ވެސް އެންޓާޓިކާ އަށް އިންސާނުން ދަތުރުކޮށް އެސަރަހައްދުގައި ދިރިއުޅުނު ކަމަށް ގަބޫލު ކުރެވޭ ހެއްކަކަށް އެކޭކް ވެއްޖެއެވެ.

"އެންޓްރެކްޓިކް ޓުރަސްޓްއިން" ބުނާ ގޮތުގައި މި ކޭކު ފެނިފައިވަނީ އެންޓާޓިކާގެ އަޑެއާ އިން ނެވެ. މި ކޭކް ފެނިފައިވަނީ ފޭމް އެކްސްޕލޯރާއެއް ކަމައްވާ ރޮބާޓް ފަލްކޮން ސްކޮޓް ޓީމް އަށެވެ. ކޮންޒަވޭސާ ފޯރ ޓުރަސްޓުން ބުނި ގޮތުގައި މި ކޭކްގެ ދަޅުވަނީ ހަލާކުވެފައެވެ.

ނަމަވެސް ކޭކް އެހާ ބޮޑަށް ހަލާކުނުވެ ކުނި ނުވާ ކަމަށް އޭނާ ބުނެއެވެ. މި ކޭކް ހަދާފައިވަނީ ބުރިޓިޝްގެ ބިސްކޯދު ހަދާ ކުންފުންޏެއް ކަމުގައިވާ ހަންޓްލޭ އެންޑު ޕަރުމާސް އިން ކަމަށް ރިޕޯޓްތައް ބުނެއެވެ. އެންޓާޓިކާއިން މި ފެނުނު ކާން އެކަށީގެންވާ ކަމަށް އާރޓިފެކްޓްސް ގެ ޕްރޮގްރާމް މެނޭޖާރ ލިޒީ މިލްކްސް ބުންޏެވެ. "މިކަހަލަ ކުނި ނުވާ މޮޅު ފުރުޓު ކޭކެއް ހަލާކު ވެފައިވާ ދަޅެއް ތެރޭން ފެނުމަކީ އަސްލު ވަރަށް ހައިރާން ވާންވީ ކަމެއް" މީކް ބުނެފައި ވެއެވެ.

މިކަހަލަ އައިޑިއަލް މަތި ހަކަތައެއް ހުންނަ ކާތަކެތި އެންޓާޓިކާގައި ކެއުމައް ބޭނުންކުރުމަކީ އެންމެ ރަގަޅުގޮތް ކަމައް ވެއެވެ. އަދި ގިނަ ސައިންޓިސްޓުންނަށް އެންޓާޓިކާގައި ކެއުމައް އެންމެ ކަމުދަނީ މިކަހަލަ ތަކެތި ކަމުގައި ރިޕޯޓްތައް ބުނެއެވެ.

ADS BY THE PIZZA MANIA

އެންޓްރެކްޓިކް ޓުރަސްޓްއިން ހޯދުނު މި ކޭކް އާ ބެހޭ ގޮތުން އެ މީހުން ބުނެފައި ވަނީ ގަނޑު ފެންތަކު ތެރޭ އެހާ ފިނި ސަރަހައްދެއްގައި ކޭކް އޮތުމުން އެއީ އެ ކުނި ނުވެ އެހާ ދުވަހު ސަލާމަތުން އެ އޮތުމައް ދިމާވި ސަބަބުކަން ޔަގީންވާ ކަމުގައެވެ. ސަބަބަކީ އެހާ ފިނީގައި ބެކްޓީރިއާ ފަދަ ކާތަކެއްޗައް ގެއްލުންދޭ އެއްޗެހި އެ ސަަރަހައްދުގައި އުޅުމަކީ ދަތިކަމަަކަށް ވާތީ ކަމައް މި ޓީމުން ބުނެއެވެ.

2 ކޮމެންޓް

  1. ކޮންމެ ކަމެއްވެސް ވެރިކަމާ ގުޅުވަން ވޭތަ؟

  2. ދުވާފަރު މީހާ

    ތިކަހަލަ ކޭކެއް މި ގައުމުގެ ވެރިންނަށް ދީ ދިގުވެރިކަމެއް ކުރެވޭނެ ގޮތެއް ނުވާނެތަ...