ކެނެޑާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާއާ ޑޭޓް ކުރަން ބޭނުންވާނެ ކިތަންމެ މީހަކު އުޅޭނެއެވެ. އެއްބަޔަކަށް އޭނާ ކިތަންމެ ކަމުދިޔަކަމުގައި ވިޔަސް އޭނާގެ އުޅުން ހުންނަ ގޮތުން ބައެއް މީހުން އޭނާއަށް ނަފްރަތުކޮށް ފޫހިވެއެވެ.

އެގޮތުން މިފަހަކު ބީބާ ވަނީ އިންސްޓަގްރާމް އިން ކުއްޖެއް ފެނިގެން އެ ކުއްޖާ "ސެޓް" ކުރަން މަސައްކަތްކޮށްފައެވެ. ސީދާ އޭނާ އެގޮތަށް ބުނެފައި ނުވި ނަމަވެސް، ޓްވިޓާގައި އެ އަންހެން މީހާގެ ވާހަކަ ހުރި ގޮތުން ހީވަނީ އެހެންނެވެ.

ބީބާ ހިތުގައި އަޅައިގަތްކަމަށް ބުނާ އަންހެން އަންހެނާއަކީ ޖޯޖިއާގެ ބްރޮގްޓަންގައި ހުންނަ ޖިމެއްގެ ރިސެޕްޝަންގައި މަސައްކަތް ކުރަމުން އަންނަ އަންހެނެކެވެ. ޖެސީ ނަމަކަށް ކިޔާ އެ އަންހެން މީހާ ޖިމް ފަދަ ތަންތާގައި ބޭނުންކުރާ އެނާޖީ ޑްރިންކެއްގެ އިޝްތިހާރަކުން ފެނިގެން، ބީބާ އޭނާ ސެޓް ކުރަން އުޅުނީ، އެ ޖިމްގެ އިންސްޓަގްރާމް މެދުވެރިކޮށް ކަމަށް ވެއެވެ. އެގޮތުން އޭނާ ވަނީ އެ އަންހެނާއަކީ ކާކުތޯ ބަލައިދިނުމަށް އެދިފައެވެ.

އޭގެ ޖަވާބަކަށް ވަރަށް "ޖެއްސުން" ބޮޑުގޮތަކަށް އެ އަންހެން ކުއްޖާގެ ރިޕްލައި ވަނީ ލިބިފައެވެ. އަދި ޖެސީ ވަނީ އޭނާގެ ލޯބިވެރިޔާކަމަށް ބުނާ މީހަކާއި އެކު ފޮޓޯ ނަގާފައި އިންސްޓަގްރާމްކޮށްފައެވެ. އަދި ބީބާ ކައިރިން ވަނީ އެހެންފަހަރަކުން "ޓްރައި" ކުރުމަށް ބުނެފައެވެ.

 

ADS BY ASTERS

Comments are closed.