ވަގުތީ މެސެޖް އާއި ފޮޓޯ އަދި ވީޑިއޯ ފޮނުވޭ ސޯޝަލް ނެޓްވޯކް "ސްނެޕްޗެޓް" މަރާލަނީ ހެއްޔެވެ؟. ނޫނީ ސްނެޕްޗެޓް ކޮޕީކޮށް، އޭތި ބާކި ކޮށްލަނީ ހެއްޔެވެ؟

މިއީ މިހާރު ގިނަބަޔަކު ކުރާނެ ސުވާލަކެވެ. ސްނެޕްޗެޓް ހަމަ ރަނގަޅަށްވެސް މަރާލަން ތައްޔާރުވެއްޖެއެވެ. އެކަން ކުރުމުގައި އެންމެ ކުރީގައި މި އޮތީ ސޯޝަލް މީޑިޔާގައި އެންމެ ކުރިއަރާފައި ދެ އެޕް ކަމަށްވާ ފޭސްބުކް އަދި އިންސްޓަގްރާމްއެވެ.

އެގޮތުން މިހާރު މި ދެ އެޕްވެސް ސްނެޕްޗެޓްގެ ގިނަ ފީޗާތަކެއް ވަނީ ކޮޕީކޮށްފައެވެ. ކުރިން ހަމައެކަނި ސްނެޕްޗެޓް އިން ކުރެވޭ ބޭނުންތައް މިހާރު ފޭސްބުކް އަދި އިންސްޓަގްރާމް މެދުވެރިކޮށް ކުރެއެވެ.

މިއީ ސްނެޕްޗެޓްގެ ދުވަސްވުއްވާލުމުގެ ބޭނުމުގައި ކުރާކަމެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

މީގެ ކުރިން ފޭސްބުކް އިން ސެނެޕްޗެޓް ގަތުމަށް މަސައްކަތް ކުރިއެވެ. އެހެން ނަމަވެސް އެކަން ކާމިޔާބު ނުވުމުން އެ މީހުން ބޭނުންވީ ސްނެޕްޗެޓްގެ ފީޗާތައް ބޭނުންކޮށް، ސްނެޕްޗެޓްއަށް ވަންނަން ބޭނުންވާ މީހުން މަދުކޮށްލުން ކަމުގައި ވެދާނެއެވެ.

ފޭސްބުކް އަދި އިންސްޓަގްރާމް އިން ސްނެޕްޗެޓް ކޮޕީކޮށް، އެ މީހުންގެ އެޕްތަކަށް ގެނެސްފައި ހުރި ބަދަލުތަކަށް ބަލާއިރު، ވަގުތީ މެސެޖް އާއި ފޮޓޯ އަދި ވީޑިއޯ ފޮނުވޭ ގޮތް މި ވަނީ ފޭސްބުކް އިން ހަދާފައެވެ. އަދި އިންސްޓަގްރާމުންވެސް މި ވަނީ 24 ގަޑިއިރަށް ފޮޓޯ ލެވޭގޮތް ހަދާފައެވެ. ސްނެޕްޗެޓް އާ ވައްތަރުވާނެ މުޅިން އާ ފީޗާއެއް މިދިޔަ އަހަރު ފޭސްބުކް އިން ތައާރަފްކުރިއެވެ.  ފޭސްބުކް ލައިވް ބޭނުންކުރާ ފަރާތްތަކަށް މިހާރު އެޕްލިކޭޝަން ތެރެއިން މޫނު ފިލްޓާރސް ބޭނުންކުރެވޭނެ ގޮތެވެ.

ސްނެޕްޗެޓް އިން މިދިޔަ ބުރާސްފަތި ދުވަހު ބުނިގޮތުގައި، ދެވަނަ ކުއާޓާގައި އެ ކުންފުންޏާށް 443 މިލިއަން ޝެއާސް ވަނީ ގެއްލިފައެވެ. އަދި އެ ކުންފުނީގެ ރެވެނިއު ވަރަށް ބޮޑަށް ދަށަށްދާކަންވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

ފޭސްބުކް އިން ސެނެޕްޗެޓް ކޮޕީކުރާތާ މިހާރު އެތައް ދުވަހެއް ވެދާނެއެވެ.

ADS BY SHEESHA

 

ADS BY ASTERS

4 ކޮމެންޓް

  1. ހަމަ އިގުތިސޯދީ މާހުރުގެ ލޮޖިކު..ދެން ސުޕުރިމް ކޯޜޓުނެތްތަން

  2. އެއްކަލަ ވަގުތު މީހުން ވާނުވާ ނޭނގިގެން އަނެއްކާވެސް މޮޅުވާހަކަ ދައްކަނީ ހެހެހެ ބަލަ ސްނެޕްޗެޓް އާއި އިންސްޓަގްރާމް އާއި ފޭސްބުކް އެއީ އެއްބައެއްގެ އެޕްލިކޭޝަން ތަކެއް. މައުލޫމާތު ރަނގަޅަށް ހޯދައިގެން ހަބަރުތައް ފަތުރާ.

  3. ސަންތިމަރިޔަނބު

    އެ ރަންގަޅު ވާނެ މަރާލިޔަސް!!!!!!

  4. ނޯ!!! ??? އައި ލަވް ސްނެޕް މޯދެން އެފްބީ!???