ކޮންމެ މީހަކީ އެންމެ ފުރިހަމަ މީހަކަށް ނުވެދާނެއެވެ. އެގޮތުން  ބައެއް މީހުންނަކީ އުފެދުމުގައި ނުކުޅެދުންދެރި ކަން ހުންނަ މީހުންނެވެ. ގިނަ މީހުން މިފަދަ މީހުންނަށް ދޭ އަހަންމިއްޔަތުކަން ކުޑައެވެ. ކަންމިހެން ހުރުމުގެ ސަބަބުން މިފަދަ މީހުން ގިނަފަހަރަށް މުޖުތަމައުން ބާކީވެ އެކަހެރި ވާ ގޮތް މެދުވެރިވެއެވެ.  އަދި މިކަމުގެ ސަބަބުން މިފަދަ މީހުންނަށް ނަފްސާނީ ގޮތުން ވަރަށް ބޮޑު ގެއްލުން ތަކެއް ކުރެއެވެ.ކަންމިހެން ހުރިކަމުގައި ވިޔަސް މިފަދަ މީހުންނަކީ މުޖްތަމައަށް ބެނުންތެރި ބަޔަކަށް ހެދިދާނެއެވެ. އެގޮތުން ދުނިޔޭގެ އެތަށް ބަޔަކު ނަމޫނާ އަކަށް ބަލާ ނިކް ވުޖިސިކް އަކީ ފާހަގަ ކޮށްލެވޭ މީހެކެވެ.

އުފެދުމުގައި އަތްފައި ނެތް ނިކް އަކީ މިހާރު ދުނިޔޭގެ ނަން މަޝްހޫރު ލަވަ ކިޔުން ތެރިއެކެވެ. އަދި ހަމައެހެންމެ ކާމިޔާބު ވިޔަފާރިވެރިއެއް ވެސް މެއެވެ. މިކަމުގެ ސިއްރަކީ އޭނާގެ ވަރުގަދަ އަޒުމާއި ހިތްވަރެވެ.

"އަހަރެން ގަބޫލު ކުރާ ގޮތުގައި ނުކުޅެދުންތެރި މީހަކަށް ވުމަކީ  އެއްވެސް ހާލެއްގައި  މުޖްތަމައުން ބާކީވެ ކުރިއަށް ދެވޭނެ މަގު ބަންދު ވާކަމެއް ނޫން" ނިކް ބުންޏެވެ.

ނިކް ބުނި ގޮތުގައި އޭނާ ފަދަ  ކޮންމެ ނުކުޅެދޭ މީހަކީ  މުޖްތަމައު ބަލައިގަންނަ  މީހަކަށް ވެވިދާނެއެވެ. މިކަމަށް ބޭނުން ވަނީ ހިތްވަރާއި ވަރުގަދަ އަޒުމެކެވެ. ލިބިދާނެ ގެއްލުމަކަށް ބިރުން ތިމާ ކުރިއަށް ދެވެން އޮތް ދޮތުގައި އަމިއްލަ އަތުން  ތަޅު ނޭޅުމަށް ވެސް ނިކް ވަނީ ބުނެފައެވެ.

މިހާރު  ކައިވެންޏެއް ކޮށް ކުއްޖަކުވެސް ލިބިފައިވާ ނިކް ބުނީ އޭނާ އަކީ ނުކުޅެދުންތެރި ކަން ހުންނަ މީހެއް ކަމަށް  އޭނާއަށް  އިހްސާސް ނުކުރެވޭ ކަމަށާއި އޭނާގެ މަގުސަދަކީ އޭނާފަދަ މީހުންނަށް ނަމޫނާ އަކަށް ވުން ކަމުގައެވެ.

ނިކްގެ އާ ލަވަ އަލްބަމެއް  28 ޖެނުއަރީ 2018 ގައި ނެރުމަށް ހަމަޖެހިފައި ވާއިރު އޭނާގެ  ލަވަތަށް މިހާރުވެސް އޭނަގެ ސައިޓްތަކުން ލިބެން ހުންނާނެއެވެ.

 

 

 

 

 

3 ކޮމެންޓް

  1. އަޅެ އޭނާގެ ރީތި ލަވައެއް ގެނެސްދީބަލަ

  2. ނިކް ތިބޭނެ 2 ކުދިން މިހާރު . ރަގަޅު މައުލޫމާތު ހިމެނުން މުހިއްމު

  3. ތީ މުސްލިމެއްތަ؟ ތިކަހަލަ މުސްލިމެއް ދައްކަ ބަލަ ލޯބިން ފުރިފަ ހުރި