އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 31 ސްކޫލަކަށް ހަމަލާ ދީފައިވާ ކަމަށް 'ސޭވް ދަ ޗިލްޑްރެން' އިން ބުނެފިއެވެ.
މީޑިއާ ރިޕޯޓްތަކުން ބުނާ ގޮތުގައި މި 31 ސްކޫލްތަކުގައި 24،000 ކުދިން ތައުލީމު ހާސިލު ކުރަމުންދެއެވެ.
އިސްރާއީލް ސިފައިންނާއި ފަލަސްތީނުގެ މުޖާހިދުންނާއި ދެމެދު ބަދަލު ކުރަމުންދާ ހަމަލާތަކުގައި މިހާތަނަށް ގެއްލުން ވެފައިވަނީ އިސްރާއީލްގެ އެއް ސްކޫލަކަށެވެ.
އަލިފްދާލުން އިން ބުނެފައިވަނީ އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުގެ 4 ސްކޫލަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. އަދި ޣައްޒާގެ 200 އަށްވުރެ ގިނަ ގެތަކަށް ގެއްލުން ލިބިފައިވާ ކަމަށް ވެސް އަލިފްދާލުން ވަނީ ބުނެފައެވެ.
މީގެ އިތުރުން، އުތުރު ޣައްޒާގެ 250،000 މީހުންނަށް ސާފު ބޯފެން ނުލިބޭއިރު، ޣައްޒާ ސިޓީ އާއި ޚާން ޔޫނިސްގެ 230،000 މީހުންނަށް ސާފު ބޯފެން ނުލިބޭ ކަމަށް އަލިފްދާލުން ބުނެފައިވެއެވެ.
އަލިފު ދާލު މަހަށް ދޭބަލަ ކަލޭމެން. ކަމެއް ނުކުރެވެންޏާ ކޮންހާ ވާހަކައެއް ދައްކާކަށްތަ