ޖަޕާންގެ ޒުލަކުން ދެ ހަފްތާކުރިން ފިލި ކަހަނބެއް 140 މީޓަރު ދުރުން ފެނިއްޖެއެވެ.

ޖަޕާންގެ އޮކަޔަމާ ޕިފެކްޗަރަ ގެ ސިބުކަވާ ޖަނަވާރު ޒުލުން, އަބުއް ނަމަކައް ކިޔާ 35 އަހަރުގެ އަންހެން ކަހަނބުގެ ދިގު މިނުގަ 3 ފޫޓް ހުރެއެވެ. އޯގަސްޓް މަހުގެ  ކުރީކޮޅު މި ކަހަނބު އޮތީ ޒުލުގަ އެއްވެސް ހުރަހެއް ނެތި ހިނގާފައި އުޅެން ދޫކޮއްލާފައެވެ.

ކަހަނބު ގެއްލިގެން ހޯދާ ނުފެނުމުން ޒޫ ހިންގާ ފަރާތްތަކުން ވަނީ "އަބުއް" ހޯދުމައް 4,500 އެމެރިކާ ޑޮލަރު ކަހަނބު ހޯދާ ފަރާތަކަށް ދޭނެ ކަމަށް އިއުލާން ކޮއްފައެވެ.

ބަރުދަނުގައި 55 ކިލޯ ހުންނަ މި ކަހަނބަކީ ޖަޕާންގެ އޮކަޔަމާ ޕިފެކްޗަރަ ގެ ސިބުކަވާ ޖަނަވާރު ޒުލަށް ޒިޔާރަތް ކުރާ ގިނަ ކުޑަކުދިންގެ މެދުގައި ވަރަށް މަގުބޫލް އެއްޗެކެވެ.

މިއީ މި ކަހަނބު ގެއްލުނު ދެވަނަ ފަހަރެވެ. މީގެ ކުރިން މިމަސް ތެރޭވެސް އަބުއް ވަނީ ގެއްލިފައެވެ. ޒޫ ބަލަހައްޓާ ފަރާތް ތަކުން ދަނީ މިކަން ތަކުރާރު ވިޔަ ނުދިނުމަށް ފިޔަވަޅު އަޅަން ނިންމާފައެވެ.

ކަހަބަކީ ވަރަށް އުމުރު ދިގު ނަމަވެސް އެހާމެ މަޑުން ހިގާ ޖަނަވާރެކެވެ.

 

ADS BY ASTERS

1 ކޮމެންޓް

  1. މިރަށުޖަލުގައި އޮތް "ކަހަނބު" ފިލަން ކައިރިވީ....