އެއް ގަޑި ދެގަޑި އިރު ހާ ގިނަ ވަގުތު އިށީނދެ އިނުމަކީ އަވަހަށް މަރުވުމަށް މަގުފަހި ކުރާ ކަމެއް ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

އިށީންދެ އިންނަ ގަޑި އިތުރުވުމާއެކު ދުވާލު އިށީނދެ އިންނަ ވަގުތުގެ ސަބަބުންވެސް ގެއްލުން ވެއެވެ. މިދިރާސާއިން ހާމަވާ ގޮތުގައި އެއްގަޑި ދެގަޑި އިރު ވަންދެން ނުގުޑި އިނުމަކީ ރަނގަޅު ކަމެއް ނޫނެވެ. ނަމަވެސް ދޭތެރެ ދޭތެރެއިން ބްރޭކް ނެގުމަށް ފަހު އިށީންނަ ނަމަ އަވަހަށް މަރުވުމުގެ ފުރުސަތު ކުޑަ ކޮށްދޭ ކަމަށް ދިރާސާއިން ހާމަވެއެވެ.

"މަދު ފަހަރެއްގަ އިށީނދެ އިދެ ގިނަ ވަގުތު ހޭދަކުރުމާއި, ގިނަ ފަހަރު ނަމަވެސް މަދު ވަގުތު އިށީންދެ އިނދެ ހޭދަކުރުމުން ސިއްޚަތަށް ކުރާ އަސަރު ތަފާތުވޭ" ކޮލަމްބިއާ ޔުނިވާސިޓީ މެޑިކަލް ސެންޓަރުގެ ރިސާޗް ސައިންޓިސްޓް, ކެއިތް ޑަޔާޒް ވަނީ ބުނެފައެވެ.

ދިރާސާކުރާ މީހުން ވަނީ ހަރަކާތެއް ނުކޮށް މީހުން އުޅޭ ގަޑިތައް އެކްޓިވިޓީ މޮނީޓަރު ބޭނުން ކޮށްގެން ބަލާފައެވެ. އެގޮތުން އެކިނަސްލުގެ 45 އަހަރުން މަތީ 7985 މީހުން ވަނީ މިދިރާސާގައި ބައިވެރި ވެފައެވެ. މިމީހުން ދުވާލުގެ 77% އިންނަނީ އިށީނދެ ކަމަށް މިދިރާސަައިން ހާމަވެއެވެ. ދިރާސާ ފެށުނުތާ 4 އަހަރު ދުވަހުގެ ތެރޭގައި އެތަނުން 340 ބައިވެރިން ވަނީ މަރުވެފައެވެ.

ދިރާސާއިން ދައްކާ ގޮތުގައި 13 ގަޑިއިރަށްވުރެ އިތުރަށް އިށީނދެ އިދެ ހޭދަ ކުރާ މީހުން އެހެނިހެން މީހުންނަށްވުރެ މަރުވުމުގެ ފުރުސަތު ދެގުނައަށް ބޮޑެވެ. އަދި 30 މިނެޓަށްވުރެ މަދުން އިށީންނަ މީހުންނަކީ އަވަހަށް މަރުވުމުގެ ފުރުސަތު އެންމެ ކުޑަ މީހުން ކަމަށް ދިރާސާ ކުރި ފަރާތްތަކުން ހާމަ ކުރެއެވެ.

ADS BY SHEESHA

"ގިނަ ވަގުތު އިށީނދެ އިންނަން ޖެހޭ މަސައްކަތެއް ނޫނީ ވަޒީފާއެއް އަދާ ކުރާނަމަ ކޮންްމެ 30 މިނެޓަކުން ބްރޭކެއް ނެގުމަށް އަހަރެމެން ލަފާދެން. މިއީ އަވަހަށް މަރުވުމުގެ ފުރުސަތު ކުޑަ ކޮށްދޭނެ ކަމެއް" ޑަޔާޒް ލަފާދެއެވެ.

ADS BY ASTERS

Comments are closed.