ނިދުމަކީ އެކަމުން ވަރަށް ގިނަ ގުނަ ފައިދާ ތަކެއް ކުރާ ކަމެކެވެ. މި ފައިދާތަށް ބިނާ ވެފައި އޮންނަނީ އެމީހެއްގެ ނިދުމުގެ އާދަ ތަކުގެ މައްޗަށެވެ. އެގޮތުން ނިދިން އަވަހަށް ހޭލާ މީހުން  ނުވަތަ ފަތިސްގަޑީގައި ނިދިން ހޭލާ ދަރިވަރުންގެ އެކެޑެމިކް ނަތީޖާ ރަނގަޅުވާ ކަމަށް ދިރާސާއަކުން ވަނީ ދައްކައިފިއެވެ.

ޓެކްސަސް ޔުނިވާސިޓީގެ މި ރިސާޗަރުންގެ ޓީމުން ކުރި މި ދިރާސާއިން ދައްކާ ގޮތުގައި ފަތިހާ  ހޭލާ ކުދީންގެ ކިޔެވުމަށް ދޭ އަހަންމިއްޔަތުކަން  އެހެނިހެން ކުދިންނަށް ވުރެއް ބޮޑެވެ.

އެގޮތުން މި ރިސާޗަރުންގެ ޓީމުން ވަނީ އެ ޔުނިވާސިޓީގައި ތައުލީމު ހާސިލް ކުރަމުން ގެންދާ ގިނަ ދަރިވަރުންގެ ނިދުމުގެ އާދަތަށް ދެނެގަނެފައެވެ. 6 މަސް ދުވަހު އެ ކުދީންގެ ނިދުމުގެ އާދަތަށް ދެނެގަތުމަށް ފަހު މި ރިސާޗަރުންގެ ޓީމުން ބުނެފައި ވަނީ ފަތިސް ގަޑީގައި ހޭލާ ކުދީންގެ އެކަޑެމިކް ޕާފޯމެންސް އެނެން ކުދީންނަށް ވުރެން ރަނގަޅު ކަމަށެވެ.

މި ރިސާޗަރުންގެ ޓީމުން އިތުރަށް ބުނެފައިވާ ގޮތުގައި އަވަހާ ހޭލާ ކުދީންނަކީ އެހެން ކުދީންނަށް ވުރެއް ޒިންމާދާރު ކުދީން ކަމަށެވެ. އެގޮތުން އެކުދީން މަސައްކަތުގެ މާހައުލުގައި ވެސް ހަރުދަނާ ކުދީންތަކަށް ވުމީ އެކަށީގެންވާ ކަމެއް ކަމަށް ވެސް  ގިނަ ސައިންސްވެރީން އެކުލެވޭ މި ޓީމުން ވަނީ ބުނެފައެވެ.

އަދި އަވަހަށް ހޭލާ މީހުންނަކީ އުފެއްދުންތެރި ބަޔަކަށް ވުމަށް އެހީވެދޭ ކަމެއް ކަމަށް ވެސް މި ޓިމުން  ބުނެއެވެ.

ކަންމިހެން ހުރުމުގެ ސަބަބުން އަވަހަށް ނިދައި އަވަހަށް ހޭލުމުގެ ރީތި އާދަ އަޅުގަނޑުމެން ގެ ތެރޭގައި ހަރުލައްވަން އެބަ ޖެހެއެވެ.

Comments are closed.