ވާރޭ ވެހޭ ގަޑީގައި ވާރޭޔާ ތެމުމަކީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ މީހުން ކޮށްއުޅޭ ކަމެކެވެ. ގިނަ މީހުން ވާރޭޔާ ތެމެނީ މަޖާކޮށްލުމުގެ ގޮތުންނެވެ. ނަމަވެސް ކަމާބެހޭ މާހިރުންގެ ނަޒަރުގައި ވާރެޔާ ތެމުމަކީ އެކަމުން އެތަކެއް ފައިދާތަކެއް ކުރުވާ ކަމެކެވެ. އެގޮތުން ކުރާ ބައެއް ފައިދާތަށް ތިރީގައި އެވަނީ އެވެ.

ހަންގަނޑު ރީތިކޮށްދިނުން

ވާރެއަކީ އޭގައި ހަންގަނޑުގެ ރިތިކަން ދެމެހެއްޓުމަށް އެހީވެދޭ ގިނަ އަދަދެއްގެ ވިޓަމިންސް އަދި މިނަރަލްސް އޭގައި އެކުލެވިގެން ވާ އެއްޗެކެވެ. އެގޮތުން ވާރެޔާތެމުގެ ސަބަބުން ހަންގަނޑު ފަޅައިގެން ދިޔުމުން ދުރުކޮށްދެއެވެ. އަދި ކުރަކިވުމުން ވެސް ދުރުކޮށްދެއެވެ. އެހެން ކަމުން ހަންގަނޑުގެ ރީތިކަން ދެމެހެއްޓުމަށް ވާރެޔާ ތެމުމަކީ ވަރަށް މުހިންމު ކަމެކެވެ.

ސްޓްރެސްއިން ދުރުކޮށްދިނުން

ވާރެޔާ ތެމުމަކީ ސްޓްރެސް އާއި ދުރުކޮށްދޭ ކަމެކެވެ. ސަބަބަކީ ވާރެޔާ ތެމުމުން ސިކުނޑީގެ ލޭ ދައުރުވުން އަވަސް ކޮށްދެއެވެ. މިކަމުގެ ސަބަބުން ބޭކާރު ހިޔާލުތަކާއި ދުރުކޮށްދީ ހިތަށް ހިތްހަމަ ޖެހުން ލިބިދެއެވެ.

ނޭވާލާ ނިޒާމަށް ފައިދާ ކުރުން

ވާރޭ ވެހޭ އިރު ޖެހޭ ވަޔަކީ އޭގައި ވަރަށް ގިނަ އަދަދެއްގެ ފައިދާތަކެއް އެކުލެވިގެން ވާ ސާފު އަދި ތާޒާ ވަޔެވެ. އެހެން ކަމުން ވާރެޔާ ތެމުމުގެ ސަބަބުން ނެވާލާ ނިޒާމުގައި ހުންނަ ޖަރާސީމުތަށް ބޭރުކޮއްދީ ނޭވާލާ ނިޒާމަށް ކުރިމަތިވާ ތަފާތު މައްސަލަތަކުން ސަލާމަތް ކޮއްދެއެވެ.

ކަންމިހެން ހުރުމުގެ ސަބަބުން ވާރޭޔާ ތެމުމަކީ ކުރުން ވަރަށް އެދެވިގެންވާ ކަމެކެވެ.

 

3 ކޮމެންޓް

  1. ޢާނ...ވެދާނެ

  2. ރޯގަލާއި ހުން އައުމަށް މަގުފަހިވުން ވެސް ޖަހާލިނަމަ! ސިކް ލީވް އެއްވެސް އޭރުން ދޯ ނެގޭނީ

  3. ޥެދަަނެ ....