ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ އެތެރޭގައި ކޯޅުން ބޮޑުވެފައިވަނިކޮށް މިއަދު ބާއްވަން ތާވަލުކުރި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކެންސަލްކޮށްފިއެވެ.
މަޖިލީހުގެ އިދާރާއިން މައުލޫމާތު ދެއްވި ގޮތުންނަމަ ޖަލްސާ ކެންސަލް ކޮށްފައި މި ވަނީ، ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެނެވެ. އިތުރު ތަފްސީލެއް މަޖިލީހުގެ އިދާރާއިންނެެއް ނުދެއެވެ.
ޓެކްނިކަލް މައްސަލައެއް ކަމަށް ބުނެ މަޖިލީހުގެ ޖަލްސާ ކެންސަލް ކޮށްފައިވާއިރު، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ މެންބަރުންގެ މެދުގައި ދަނީ ބަހުގެ ހަމަލާތައް ރައްދު ކުރައްވަމުންނެވެ.
އެމްޑީޕީގެ އެތެރޭގެ މަސްރަހު ހޫނުވެފައި މިވަނީ، އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި މައްސަލައެއް މަޖިލީހުގެ އިމްތިޔާޒު ކޮމިޓީން ބޭރުކޮށްލުމުންނެވެ.
ނަޝީދު އެ ކޮމިޓީއަށް ހުށަހެޅުއްވި މައްސަލައަކީ ޑިފެންސް މިނިސްޓްރީގެ ނައިބު ހަސަން ޒަމީލް މަޖިލީހުގެ އިމްތިޔާޒުތަކަށް އަރައިގަތް ކަމަށް ތުހުމަތުކޮށް ހުށަހެޅި މައްސަލައެކެވެ.
އެ ގޮތަށް ތުހުމަތު ކުރީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އަށް ސިފައިންގެ 40 ބޭފުޅަކު ވަކިވަކިން ހާޒިރުކޮށްދޭން އެ ކޮމިޓީން އެދުމުން އެ ކަން ނުވާނެ ކަމަށް އަންގައި މަޖިލީހަށް ފޮނުވި ލިޔުމުގައި ޒަމީލްގެ ސޮއި އޮތުމުންނެވެ.
ސިފައިންގެ 40 ބޭފުޅަކު ވަކިވަކިން އެ ކޮމިޓީއަށް ފޮނުވަން އެދުނީ ރައީސް ނަޝީދުގެ ސެކުއިރިޓީ ފޫއަޅުވާލި ގޮތުގެ މައްޗަށް އެ ކޮމިޓީން ހިންގަމުންދާ އިންކުއަރީއަށް ބޭނުންވާ މައުލޫމާތު ހޯދުމަށެވެ.
އިމްތިޔާޒު ކޮމިޓީން އެ މައްސަލަ ބޭރުކޮށްލަން ހުށަހެޅުއްވީ ޖުމްހޫރީ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) އެވެ. ނާޒިމްގެ އެ ހުށަހެޅުއްވުމަށް އެމްޑީޕީގެ ހަތަރަކު މެންބަރު ވޯޓު ދެއްވާފައިވެއެވެ.
މައްސަލަ ބޭރުކޮށްލަން ވޯޓު ދެއްވި އެމްޑީޕީގެ މެންބަރުންނަކީ ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިޝާމާއި، ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފްއާއި، ކޮމަންޑޫ ދާއިރާގެ މެންބަރު ހުސައިން ވަހީދާއި، މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާއެވެ.
މި ހަތަރު މެންބަރުން މި ގޮތަށް ވޯޓް ދެއްވަން ލޮބީ ކުރެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ޅިޔަނު އަދި އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހަސަން (ބިގޭ) ކަމަށްވެއެވެ. ބިގޭ މި ގޮތަށް ހުށަހެޅުއްވީ ރައީސް ސޯލިހް އަންގަވައިގެން ކަމަށް ރައީސް ނަޝީދުގެ އަރިސް ބޭފުޅުން އެބަ ވިދާޅުވެއެވެ.
މި ކަމާ ގުޅިގެން ރައީސް ނަޝީދާއި އެމަނިކުފާނުގެ ދެބެއިންގެ ދެދަރި ކޮއްކޯފުޅު އަދި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސް އެޕް ގްރޫޕްގައި ރައީސް ސޯލިހަށާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ މެސެޖްތަކެއް ވެސް ކުރައްވައިފައެވެ.
ރައީސް ނަޝީދަށް ދެއްވި ހަމަލާއަށް ފަހު އެމަނިކުފާނު އިތުރު ފަރުވާއަށް ވަޑައިގެންނެވި ގޮތަށް އަދިވެސް ހުންނެވީ ޖަރުމަނުގައެވެ. އެމަނިކުފާނުގެ ހަށިކޮޅަށް ލިނިވަޑައިގެންނެވި ޒަޚަމްތަކަށް އޭޑީކޭއިން ވެސް ހަފުތާއެއްހާ ދުވަހު ފަރުވާ ހޯއްދެވިއެވެ. އަދި ގިނަ އޮޕަރޭޝަންތަކެއް ވެސް ކުރިއެވެ.
ބަލަ އެސިޓީއަކީ ޒަމީލްފޮނުވިސިޓީއެއްނޫން އެއީ ޑިފެންސްމިނިސްޓްރީން ފޮނުވިސިޓީއެއް ދެންޒަމީލްއާ ޖެހިގަނެގެންއުޅުމައްވުރެމާރަނގަޅުވާނެދޯ މާރިއާގެންގޮސް ސުވާލުކުރިއްޔާ މިނިސްޓްރީގެކަންކަމުގަ ޖަވާބުދާރީވާންޖެހޭނީ މިނިސްޓަރުނޫންބާ ދެންއަވަހައް ހުރިހާކުދިން އައްޗިގޮތްދޫކޮށްލާފަ ޕާޓީކޮށްލާ
އަމިއްލަ އެދުން ބޮޑުވީމާ ވާނެ ގޮތް ތިވަނީ، ތިބައިގަޑު ބައިބައިވެ ކޯޅި ކޯޅި ތިބޭ ދެން !
މަސްހުނިގަނޑު އެބަފައްކާވޭ
ނަޝީދަށް ރަގަޅު އެއްގޮތެއްވެސް ނެތް. ވެރިކަން ދިނީމަވެސް ވެރިކަމުން ބޭލީމަވެސް އެހެން ޕާޓީ އަކަށް ވެރިކަން ލިބުނީމަވެސް އަމިއްލަ ޕާޓީއަށް ވެރިކަން ދިނީމަވެސް ގައުމަށް ހަމަޖެހުމެއް ނެތެވެ.
މާތްﷲ އަށް ހަމްދުހުރި
މީހުންނަށް ލިބިފައިވާ ހިޔާވަހިކަން ފޭރިޤަނެ، މާތްﷲއާއި އެކަލާންގެ ރަސޫލާއަށް ފުރައްސަރަކޮށް ގަދަބަސް ބުނެ އުޅުނު މީހުންގެ ނިކަމެތިކަމާއެވެ. އެބައިމީހުންެގ އަމިއްލަ ދުލާއި އަތްފައިން ހަލާކުވެ އެދަނީ ދިރިތިބީންނަށް ދިރި ހުރި މިސާލެއްގެ ގޮތުގައެވެ. ކެތްރެިންނަށް އޮތީ ހާސް ނިޢުމަތެވެ.
މިބައިގަޑު ގެ ނިމުން އަވަސް ކުރައްވާންދޭވެ.