މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރި މީހެއް ތަހުގީގުގައި ސުވާލު ކުރަމުންދަނިކޮށް މާ ގިނައިން ފޮޑި ޖަހާތީ ތަހުގީގު މެދުކަނޑާލަން ޖެހިއްޖެއެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އެމެރިކާއަށް އުފަން ޝޯން ސީކްސް ޖޭއާރް ނަަމަކަށް ކިޔާ މީހެކެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަސް ތެރޭގައެވެ.

މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ކޮކެއިން ވިއްކަން އުޅުނުކަމުގެ ތުހުމަތުގައި އޭނާ ހައްޔަރުކޮށް ތަހުގީގު އިންޓަވިއު ތެރޭގައި އޭނާ އެއްވެސް ވަރަކަށް ފުލުސް އޮފިސަރު ކުރަމުންދިޔަ ސުވާލަށް ޖަވާބެއް ދީފައެއް ނުވެއެވެ. އެ ސުވާލުތަކަށް ޖަވާބުދިނުމުގެ ބަދަލުގައި އޭނާ ފޮޑިޖަހަމުންދިޔައިރު، އެ މައްސަލަ ކުރިއަށް ގެންދެވޭ ގޮތް ވަނީ ނުވެފައެވެ.

އެގޮތުން އޭނާގެ ފަރާތުން ތަހުގީގަށް އެއްބާރުލުން ލިބިފައެއް ނުވެއެވެ. އެހެންކަމުން އޮފިސަރުން ނިންމީ އޭނާ ދޫކޮށްލުމަށެވެ.

ނަމަވެސް އޭނާ މިހާރު އަލުން ވަނީ ހައްޔަރުކޮށްފައެވެ. މިފަހަރު އޭނާ ހައްޔަރުކޮށްފައި ވަނީ ވަގަށް ނަގާފައިވާ ފިސްތޯލަކާއި، މަރުޖަނާ، ކްރޮކް ކޮކައިނާއި އެކުގައެވެ. އެ މައްސަލައާ ގުޅިގެން މިހާރު އޭނާ އޮތީ ޖަލުގައެވެ.

 

ADS BY ASTERS

1 ކޮމެންޓް

  1. ފޮގުބާގެ ކާފަ

    ތިކަން މަނާކުރުމަށް އުނގުރިއެއް ޖެހުމުން މައްސަލަ ހައްލުވާނެ.