ޗެންނާއީގެ އެލިއޮޓް ބީޗާއި ކައިރި ހިސާބެއްގެ މަގުމަތީގައި ބަހައްޓާފައި ހުންނަ ފްރިޖެއްގެ ސަބަބުން އެހިސާބުގަނޑުގައި އުޅޭ ފަގީރުންގެ ބަނޑުހައި ހޫނުކަން ފިލުވުމަށް ފަސޭހަތަކެއް ލިބިއްޖެއެވެ.

ޗެންނާއީ އަށް ނިސްބަތްވާ އަންހެން ޑޮކްޓަރެއް ކަމުގައިވާ ޑރ.އިއްސާ ފާތިމަތު ޖޭސްމީން ބެހިއްޓި މި ފްރިޖަކީ ކާނާ އުކައި، އިސްރާފް ކުރުމުގެ ބަދަލުގައި ފަގީރުންނަށް އެމީހުންގެ ބަނޑުހައި ހޫނުކަން ފިލުވައިދޭން އޭނާ ބެހެއްޓި ފްރިޖެކެވެ.

ޑރ.ޖޭސްމިން ވަނީ އެހިސާބުގަނޑުގައި އުޅޭ ހުރިހާ ގެ އެއްގެ މީހުން ކައިރީގައި އެގޭގެއިން ބާކީވާ ކާނާ އުކާލުމުގެ ބަދަލުގައި ތައްޓަކަށް އަޅާފައި އެ ފްރިޖަށް ލުމަށް އެދިފައެވެ.

ޑރ ޖޭސްމިންގެ މި އެދުމުގެ މަތިން އެ އަވަށު މީހުން މިގޮތަށް ކަންތައް ކުރަށް ފަށާފައި ވާއިރު، އެ އަވަށުގެ ފަގީރުން، ޙާއްސަކޮށް ކުޑަކުދިން އަންނަނީ އެ ފްރިޖްގެ ބޭނުން ކުރަމުންނެވެ.

މިވަރުގެ ކަމެއް އެ ފަގީރުންނަށް ކޮށްދިނުމުން އެމީހުންނަށް ލިބޭ ފައިސާ އިތުރުވެ، ދުވަސްކޮޅަކުން އެ ފަގީރުން އިތުރަށް ސަލާން ޖަހަން ނުޖެހޭނޭ ކަމަށް ޑރ ޖޭސްމިން އުއްމީދު ކުރެއެވެ. އެއީ އެމީހުން ސަލާން ޖަހައިގެން ލިބޭ ރުފިޔާ އިން ކިރިޔައި ކައިބޮއި ހަދައިގެން އުޅެވޭ އިރު، މީގެ ސަބަބުން ކެއުން ބުއިމަށް ދާ ޙަރަދު އެއްކޮށް ކެނޑިގެން ދާނެތީއެވެ.

އިންޑިއާގައި އެ ޤައުމުގައި އުފައްދާ ކާނާގެ 50% އަކީ އިސްރާފަށް ދާ ކާނާއެވެ. މިފަދަ ފްރިޖް ތައް ގިނަ ކުރުމުގެ މަސައްކަތް އެ އަވަށު މީހުން ކުރަމުން އަންނަ އިރު، އެ ފްރިޖުން ކާނާ ހުސްވަނީ މަދު ފަހަރަކުއެވެ. މީގެންވެސް އިސްރާފްވާ ކާނާ ގިނަކަން އެނގިގެން ދެއެވެ.

ފަގީރުން އައިސް ތަށިތަށިން ކާނާ ނަގައިގެން އެމީހުންގެ އަމިއްލަ ތައްޓަށް އަޅައިގެން އެނބުރި ދާއިރު، މިފަދަ ފްރިޖްތައް ކައިރީ އެއްވެސް މީހެއް ފޯރިމަރާ، ނުވަތަ އެއީ ހަގީގަތުގައިވެސް ފަގީރުން ތޯ ޗެކް ކުރާކަށް މީހަކު ނުހުރެއެވެ.

3 ކޮމެންޓް

  1. ކޮބާ ފުރިޖު؟

  2. ދިސް އިޒް ރިއަލީ ގުޑް