އެންމެ ފުރަތަމަ އިންޑިއާއިން ފެނިފައިވާ ކޮވިޑް-19ގެ ނުރައްކާތެރި 'ޑެލްޓާ ވޭރިއެންޓް' ފެތުރެމުންދާ މިންވަރު އިތުރުވަމުންދާތީ ބައެއް ގައުމުތަކުގައި ކޮވިޑާއި ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަ ކޮށްފިއެވެ.
ޑެލްޓާ ވޭރިއެންޓް މިހާތަނަށް 85 ގައުމަކުން ފެނިފައިވާއިރު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން މި ވޭރިއެންޓް ސިފަކޮށްފައިވަނީ ދުނިޔެއަށް ނުރައްކަލެއްގެ ގޮތުގައެވެ. ޑެލްޓާ ވޭރިއެންޓްގެ ސަބަބުން ނިއުޒިލެންޑާއި، ބަންގްލަދޭޝް، އޮސްޓްރޭލިއާ އަދި ޕޯޗުގަލްގެ ވަކި ސަރަހައްދުތަކެއް ފުރަބަންދުކުރަން ނިންމައިފިއެވެ.
ޑަބްލިއުއެޗްއޯއިން ބުނެފައިވަނީ އިންޑިއާއިން ފުރަތަމަ ދެނެގަނެވިފައިވާ ޑެލްޓާ ވޭރިއެންޓަކީ ފެތުރޭލެއް އަވަސްވެފައި ނުރައްކާތެރި ވޭރިއެންޓެއް ކަމަށެވެ.
ހަލުވިކަމާއެކު ޑެލްޓާ ވޭރިއަންޓު ފެތުރެމުންދާ ގައުމުތަކުގެ ތެރޭގައި ބަންގްލަދޭޝާއި އިންޑޮނޭޝިޔާއާއި އޮސްޓުރޭލިޔާ އަދި އިސްރާއީލް ހިމެނެއެވެ.
އޮސްޓްރޭލިޔާގެ ބޮޑު ސިޓީއެއް ކަމަށްވާ ސިޑްނީގައި ކޮވިޑް ވޭދަނަތައް އިތުރުވާން ފެށުމާއި އެކު ވަނީ ދެ ހަފްތާގެ މުއްދަތަކަށް އިއްޔެއިން ފެށިގެން ފުރަބަންދު ކޮށްފައެވެ. އެ ސިޓީ ފުރަބަންދު ކޮށްފައިވަނީ ޑެލްޓާ ވޭރިއެންޓުގެ ނުރައްކާ ބޮޑުވެފައި ވުމުންނެވެ، މިއީ ޑިސެމްބަރުގެ ފަހުން އެ ސިޓީ ފުރަބަންދުކުރި ފުރަތަމަ ފަހަރަށް ވާއިރު، އެ ގަވާއިދަށް ނިއު ސައުތް ވޭލްސްގައި ވެސް އަމަލުކުރަމުން ދާނެއެވެ.
އޭގެ އިތުރުން ބަންގްލަދޭޝް ވެސް ވަނީ މާދަމާއިން ފެށިގެން ހަފްތާއަކަށް ފުރަބަންދުކުރަން ނިންމާފައެވެ.
އެފްރިކާ ބައްރާއި ރަޝިޔާގައި ޑެލްޓާ ވޭރިއެންޓް އަންނަނީ ހަލުވިކަމާއި އެކު ފެތުރެމުންނެވެ.
ކުރިއަށް އޮތް އޮގަސްޓު މަހުގެ ނިޔަލަށް ވިލާތުގެ ގައުމުތަކުގައި ކޮވިޑް-19 ޖެހޭ މީހުންގެ 90 އިންސައްތަ މީހުންނަށް ޑެލްޓާ ވޭރިއަންޓަށް ވެގެންދާނެ ކަމަށް ސިއްހީ މާހިރުން ލަފާކޮށްފައިވެއެވެ. މި ވޭރިއެންޓުން ރައްކާތެރިވުމަށް ވެކްސިން ޖަހަމުންދާ މިންވަރު އިތުރުކުރުމަށް ޑަބްލިއުއެޗްއޯއިން ވަނީ ގޮވާލައިފައެވެ. ބައެއް ދިރާސާތަކުން ދައްކާގޮތުން ވެކްސިނުން ޑެލްޓާ ވޭރިއެންޓުން ރައްކާތެރިކޮށްދޭ މިންވަރު އެހެން ވޭރިއެންޓުތަކާއި އަޅާ ބަލާއިރު ދަށެވެ. ނަމަވެސް، ދެ ޑޯޒް ޖަހައި ވެކްސިން ފުރިހަމަ ކުރުމުން ޑެލްޓާ ވޭރިއެންޓުން ރައްކާތެރި ކޮށްދޭ މިންވަރު އިތުުރުވާ ކަމަށާއި، މި ވޭރިއެންޓް ފެތުރުން ހުއްޓުވުމަށް ގައުމުތަކުގެ އާބާދީގެ 80 އިންސައްތަ މީހުންނަށް ވެކްސިން ދޭން ޖެހޭ ކަމަށް ސިއްހީ މާހިރުން ބުނެއެވެ.
ގިނަ ގައުމުތަކުގައި ޑެލްޓާ ވޭރިއެންޓްގެ ނުރައްކަލުން ސަލާމަތްވުމަށް ފިޔަވަޅުތައް ވަރުގަދަ ކުރަމުންދާއިރު، ޔޫރަޕުގެ ގައުމުތަކުގައި އަންނަނީ ފިޔަވަޅުތަކަށް ލުއި ދެމުންނެވެ. އެގޮތުން ސްޕެއިންއާއި، އިޓަލީ އަދި ފްރާންސުގައި މާސްކު ނާޅާ އާންމުން އެއްވެ އުޅޭ ތަންތަނަށް ނުކުމެ އުޅުން ހުއްދަކުރަން ވަނީ ނިންމާފައެވެ.
އިންޑިޔާ ވޭރިއަންޓް އެވެ. ފަހުންނަން ބަދަލު ކުރީ އެވެ.
ރާއްޖޭ ސަރުކާރައް އޯކޭ ވާނެ. މުޅި ދުނިޔެ އިންޑިޔާ މީހުން ނައް ބަނދު ކުރިޔަސް . ރާއްޖެ ބަންދު ކުރާކަށް ނުކެރޭނެ..ެެސަރުކާރައް މުހިންމު ވާނީ ރައްޔަތުން ނައްވުރެ އިންޑިޔާ