ހުޅުމާލޭގައި ހުރި ފްލެޓްތަކުގެ ކުއްޔަށް ލުޔެއް ހޯދާ ދިނުމަށް ސަރުކާރުގައި ދަންނަވާފައިވާނެ ކަމަށް ހުޅުމާލޭ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޝުޖާއު "ވަގުތަށް" ވިދާޅުވީ ރައްޔިތުންނާއި ބައްދަލުކޮށް ދެކެވޭ ވާހަކަތަކުން ރައްޔިތުންނަށް މިހާލަތުގައި ދިމާވާ އެންމެ ބޮޑު އެއް ދަތިކަމަކީ ތަންތަނުގެ ކުލި ދެއްކުން ކަން އެނގޭ ކަމަށެވެ. އެހެންކަމުން އެކަމަށް ހައްލެއް ހޯދާ ދިނުމަށް ސަރުކާރުގައި އެދިފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ސަރުކާރުގެ ސަމާލުކަމަށް އެ މައްސަލަ ގެނައުމަށް ޕެޓިޝަނެއްވެސް ހުށަހަޅާފައިވާ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވަނީ މިދިޔަ ހަފްތާގައި ވެސް ރައްޔިތުންނާއި ބައްދަލުކުރައްވާފައެވެ. އެގޮތުން ބައްދަލު ކުރި ރައްޔިތުންގެ ގިނަ ޝަކުވާތަކެއް ހުރިކަމަށް އޭނާ ވިދާޅުވިއެވެ.

"މި ހާލަތުގައި ރައްޔިތުންގެ ނެތް ކުލި ދައްކާ ވަރެއް. އެއީ ވަރަށް ހާލަތު ދަށް. ސަރުކާރަށް ވާނީ ރައްޔިތުންގެ ސޮޔާއި އެކު ޕެޓިޝަނެއް ހުށަހަޅާފައި. އުންމީދު ކުރަން ހުޅުމާލެ ސިޓީ އަޅުގަނޑުމެންނަށް އަވަހަށް ހަވާލުކޮށްދޭނެ ކަމަށް. އެބަ ހުރި ޝަކުވާ އެމްބިއުލާންސް އެއްޗެހި ނެއިބަރހުޑް އަށް ނުވަދެވޭ މައްސަލަ ކަހަލަ. އެކަންކަން ވެސް ހައްލުކޮށްދޭން މަސައްކަތް ކުރާނަން." އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ކުނީގެ މައްސަލައިގައި ވެސް ގިނަ ޝަކުވާތަކެއް ރައްޔިތުންގެ ހުރި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް ހުކުރު އަދި ހޮނިހިރު ދުވަހު އާއްމުންނާއި ބައްދަލުކޮށް ރައްޔިތުންގެ ޝަކުވާ އައްސަވާނެ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ހުޅުމާލެ ދާއިރާގެ ކައުންސިލަރަކަށް ހޮވިވަޑައިގެންނެވި ފަހުން، އޭނާ ގެންދަވަނީ ދާއިރާގެ ރައްޔިތުންނާއި ގުޅުން ހުރި ގިނަ ކަންކަން ހައްލުކޮށްދެވޭތޯ މަސައްކަތް ކުރައްވަމުން ކަމަށް އޭނާ ވިދާޅުވެއެވެ. އަދި ކުރިން ވެވަޑައިގެންނެވި ވައުދުތައް ފުއްދޭތޯ މަސައްކަތް ކުރައްވާ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

މީގެ އިތުރުން މީގެ ދުވަސްކުރިން ހުޅުމާލޭ ޒުވާނުންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވުމަށް ޝުޖާއު ވަނީ ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފު އާއި ބައްދަލުކުރައްވާފައެވެ.

އެގޮތުން ކަނބަލުން އެދުނު (ބަށި، ނެޓްބޯޅަ، ހޭންޑް ބޯޅަ) ކޯޓު ހުޅުމާލޭގައި ތަރައްގީ ކޮށްދެއްވުމަށް މަހްލޫފް އަރިހުގައި ދެންނެވި ކަމަށް ޝުޖާއު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ހަސަނު

    މިހާރު ސަރުކާރުން އެތަނަށް ދައްކަންބުނާ ކުއްޔަކަށް އެތަނެއްވޯތެއްނޫން. އެޓްލީސް 4 ކޭ ޓް 5 ކޭ އޯކޭ. ތަނުގެ ކުރެހުމަކާ ފިޒިކަލް މިންތަކަކާ ދިމަނުވޭ. 7500 ޕްލަސް 1000 އަކަށް އެއްގޮތަކަށްވެސް ވޯރތެއްނޫން.

    15
    2
  2. ރައްޔިތުންގެ އަޑު

    -/5500ރ އަށް ވުރެ ބޮޑީޔާ ބޮޑު ތަނުގެ ފެންވަރާ ސްޕޭސް އަށް ބަލަފަ އެތަން ތަންވަރަސް ކުޑަ އެއަގަސް ވޯތު ސޯސަލް ހައުސްތަކެށް އޯގާތެރި ސަރުކާރަކިއްޔާ ރައްޔިތުންނަށް ހެޔޮއެދޭނެ މިތަންލިބުނު ހުރިހަ އެން މެން ނިކު މެ މިކަ މާ އަޑު އުފުލަން ޖެހޭ އެން މެ ބޮޑޔ ވިއަސް -/6000 ވުރެ ބޮޑު ވެގެން ނުވަނެ މަށަކަށް ނުލިބެ ފުލެޓެއް އެތަން ދެކުނިން 2ފަހަރކު އެތަނަށް ޒިޔާރަތް ކުރު މުގެ ފުރުސަތު ލިބުނު ރައީސަށް ވެދުނސަލާމް މް އަށް ފަހު ދަންނަވަން

    8
    1
  3. ކިޔު

    ކުރިން ފްލެޓްތައް ދިފައި ހުރި އަގުތަކާ އަޅާ ބަލާއިރު، މިތަންތަނުގެ އަގު ބޮޑުކަމަށް ގިނަ ބަޔަކު ގަބޫލުކުރަނީ. ކުރިން 3 ކޮޓަރި 7000 ރުފިޔާއަށް. މިފަހަރު 2 ކޮޓަރި (2 ލައްކައެއްހާ ރުފިޔާގެ މަސައްކަތް ނުނިންމައި) 8500 ރުފިޔާއަށް. ވ. ދެރަ.

    9
    1
  4. އޯގާތެރި ސަރުކާރު

    ފުލެޓްޓްގެ ކުލި 5000 ރުފިޔާއަށް ކުޑަކޮށްދެއްވާފައި ތަން ހެދުމުގެ ޚަރަދު ޕެންޝަންފަނޑުން ލިބޭ ގޮތް ހައްދަވައި ދެއްވީމާ ނޫންތޯ އޯގާތެރިސަރުކާރަކަށް ވާނީ. އެހެން ނޫނަސް ސަރުކާރުގެ ދޯހަޅިކަމުން ވާގެއްލުމުގެ ބަދަލު ރައްޔިތުމީހާ އަތުން ހޯދުމަކީ ވަރަށް ތާކުންތާކު ނުޖެހޭކަމެއް.

  5. ކުމުންޒާނިބބބ

    މީ ސަރުކާރެއް ރައްޔިތަކަށް ކުރާނެ އެންމެ ބޮޑު ޖެއްސުން.

    6
    1
  6. ގައުމީމަސްއަލަ ދިރާސާކުރާބެ

    މިކަމަކިީ އެދިގުރާސްތަ 30 އަހަރުފެއްޓިކުޅިއެއް މާލޭހިޔާގެނަމުގަ ފުލެޓް ވިއްކުން މިހާރު އެތަންތަން އެހެރީ ވީރާނާވަނީ ކޮބާތޯ އެތަންތަން ގަނެގެން އުޅޭމީހުން އެތަނުން ނިކުމެގޮސް ވަންނާނެތަނެއް މީހުރިހާސަރުކާރުތަކުންވެސް ސަގާފަތަކައް ހަދައިގެން ރައްޔިތުން އަޅުވެތިކޮއް ފަސޭހަކަމާއެކު ވޯޓްހޯދަން ގިނަދުވަހު ވެރިކަމުގަ އަރާމްގަތިބެން އެހެންވީމަ ގޯތި ދޫނުކުރަނީ އޭރުން ރައްޔިތުންކުލިނުދައކާ ލިބޭ ރުފިޔާކޮޅުން އަރާމްގަ އުޅެފާނެތީ މިހާރު ކުލިދައްކާފަ އިތުރުކަމެއް ކުރާނެ ރުފިޔާއެއް ނުހުރޭ ބޭރުގައުމުތަކުގެ މީހުންނައް ދޭނެބިން ހުރޭ ފައިސާވެރިންނައް ފުލެޓް އަޅަންދޭނެބިންހުރެފައި ނިކަމެތި ރައްޔިތަކައް ދޭނެބިމެއްނެތީމަ ހެއްވާދޯ