އެކި ގޮތްގޮތުން 13 އަހަރުގެ އަންހެން ދަރިފުޅަށް އަނިޔާކޮށް އިހާނަތެކޮށް ހިތި މަންމައަކާއި، ދޮން ބައްޕަޔަކާއި ދެކޮޅަށް ގިނަ މައްސަލަތަކެއް ފެންމަތިވެއްޖެއެވެ.

ގްވިނެޓް ކައުންޓީ ޑިސްޓްރިކްޓް އެޓާނީ އޮފީހުގެ އޮފިޝަލުން ބުނިގޮތުގައި، މިއީ ދަރިފުޅަކާއި ދޭތެރޭ އެންމެ އިހާނެތިކޮށް ހިތި އެއް ދެމަފިރިން ކަމަށެވެ. އެ މައްސަލައާ ގުޅިގެން ބޮޑު ޖަލު ހުކުމެއް އައި މި ދެމަފިރިންނަކީ ރިމޯން ލެވިސް އާއި އެންޖެލާ ސްޓްރޮތާސްއެވެ.

ސްޓްރޮތާސްވަނީ އޭނާގެ 13 އަހަރުގެ ދަރިފުޅުގެ ގައިގާ ތަޅާ، އޭނާ ހަޑިމުޑުދާރު ކަންމަތީގައި ބަހައްޓާފައެވެ.

މިކަމާއި ގުޅިގެން ލެވިސްގެ މައްޗަށް 15 ދައުވާއެއް ކުރުމަށް ވަނީ ނިންމާފައެވެ. އެ ކުއްޖާއަށް ކޮށްފައިވާ އަނިޔާތަކުގެ ތަފްސީލަށް ބަލާއިރު، މޭޒުގެ ފައިންނައި، ބެލްޓެއް ބޭނުންކޮށްގެން އެ ކުއްޖާގެ ގައިގާ ތަޅާފައި ވެއެވެ.

އަދި ބަސްނާހާ އުޅުނުކަމަށް ބުނެ، އެ ދެމަފިރިން ވަނީ، އެ ކުއްޖާ އެއްޗެހި ދޮންނަ ތަނަށް ލައި ތަޅުލާފައިވެސް ބަހައްޓާފައެވެ. އަދި ބަސްނާހާތީ އޭނާއަށް ޑިޓާޖެންޓްވެސް ބޯންދިން ކަމަށް ވެއެވެ.

މި ކަންކަން ފަޅާއަރާފައި ވަނީ. ސްކޫލްގެ ކައުންސެލާއަށް އެ ކުއްޖާގެ ހަށިގަނޑުން އަނިތާކުގެ އަސަރުތައް ފެނި އެކަން ޕޮލިހަށް މިދިޔަ މާރިޗް މަހު ގުޅާފައި އެންގުމުންނެވެ.  މިހާރު އެ ކުއްޖާ އާއި އޭނާގެ އާއިލާގެ އިތުރު ކުދިންނަށް ތިބީ ހިމާޔަތް ލިބިފައެވެ.

އަދި މިއީ ލެވިސް ކުއްޖަކަށް އަނިޔާކުރި ފުރަތަަމަ ފަހަރު ނޫންކަންވެސް އެނގިފައެވެ. އަދި އަނެއްކާވެސް އޭނާ ޖަލަށް ލުމަށް ވަނީ ހުކުމްކޮށްފައެވެ.

ADS BY SHEESHA

މި މައްސަލަގާއި ހިމެނޭ ސްޓްރޮތާސްއަށް ވަނީ 11200 ޑޮލަރުގެ ބޮންޑަކާއެކު ދޫކޮށްލާފައެވެ.

1 ކޮމެންޓް

  1. ކޮން ޤައުމެއްކަމެއް ނޭނގެ ދެއްތޯ މި ޚަބަރަކުން. ގްވިނެޓް ކައުންޓީ އަކީ ކޮން ޤައުމެއް ކަމެއް އެންމެނަކަށް ނޭނގޭނެ ނޫންތޯ.