ބޮލީވުޑްގެ ކުޅަދާނަ ބަތަލާ އަނުޝްކާ ޝަރުމާގެ ސިފައަށް ހަދާފައިވާ ވެކްސް ސްޓެޗޫއެއް ދާދި ފަހުން ސިންގަޕޫރުގައި ބޭއްވި މަޑާމެ ޓުސޯޑްސްގައި ދައްކާލައިފައިވާ އިރު، އެ ސްޓެޗޫ ފެނި ގިނަ ބަޔަކަށް ހައިރާންކަން ލިބިއްޖެއެވެ.

އިއްޔެ ސްޓެޗޫ ފުރަތަމަ ފަހަރަށް ދައްކާލާފައިވާއިރު އެ ސުޓެޗޫއާއެކު އަނުޝްކާ ވަނީ ފޮޮޓޯ ނަގާފައެވެ. އަދި އެ ސުޓެޗޫ އަނުޝްކާ އާ ވަރަށް ބޮޑަށް ވައްތަރު ކަމަށް ގިނަ ބަޔަކު ބުނެފައިވާއިރު ހުދު އަނުޝްކާވެސް ވަނީ އެކަމަށް އެއްބަސްވެފައެވެ.

އަނުޝްކާގެ ސްޓެޗޫގައި އޭނާ ފޯނުން ސެލްފީއެއް ނަގަން ހުރި އިރު، ސްޓެޗޫގެ ކައިރީގައި އަނުޝްކާ ނަގާފައިވާ ފޮޓޯ މީސް މީޑިއާގައި ވަނީ ހިއްސާކޮށްފައެވެ. އަދި އެ ފޮޓޯއިން ގިނަ މީހުންނަށް އަސްލު އަނުޝްކާ ފާހަގަކުރަން ވަނީ ދަތިވެފައެވެ.

އަނުޝްކާ އެންމެ ފަހުން ފެނިގެންދިޔައީ އާމިރު ހާންގެ 'ސަންޖޫ' އިންނެވެ. އޭނާ ދެން ފެނިގެންދާނީ ޝާހުރުކް ހާނާއި، ކެޓްރީނާ ކައިފާއެކު 'ޒީރޯ' އިންނެވެ. އެ ފިލްމު ރިލީސް ކުރުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ. އަނުޝްކާއަކީ "ޕީކޭ" އާއި "ސުއިދާގާ" ފަދަ މަޝްހޫރު ފިލްމުތަކުގެ ލީޑު ރޯލުތަށް ކުޅެދީފައިވާ މަގުބޫލު ފަންނާނެކެވެ

ކިޔުންތެރިންގެ ހިޔާލު