ބޮލީވުޑްގެ މަޝްހޫރު ތަރި ސަލްމާން ހާން ފަސް އަހަރަށް ޖަލަށްލާން ހުކުމް ކޮށްފިއެވެ.
ސަލްމާން ފަސް އަހަރަށް ޖަލަށްލާން ހުކުމްކުރީ ހިމާޔަތް ކޮށްފައިވާ ފުއްލާއެއް މަރާލި މައްސަލައާ ގުޅިގެންނެވެ. މިކަން ހިނގާފައިވަނީ 1998 ވަނަ އަހަރު ފިލްމެއްގެ ޝޫޓިން އަށް އިންޑިއާގެ ރާޖަސްތާނުގައި ސަލްމާން ހުރިއިރުއެވެ.
ފަސް އަހަރަށް ޖަލަށްލުމުގެ އިތުރުން އިންޑިއާގެ ޖޮދްޕޫރު ކޯޓުން ވަނީ 10،000 ރުޕީސް އިން ސަލްމާން ޖޫރިމަނާ ކުރަން ވެސް ނިންމާފައެވެ.
ސަލްމާން އަށް ހުކުމް ކުރުމާއެކު ސަލްމާންގެ ދައްތަ ދިޔައީ ކޯޓު ރޫމު ތެރޭގައި ރޮމުންނެވެ. އަދި އެވަގުތު ދައްތަ އަށް ހިތްވަރުދެމުން ސަލްމާން ދިޔަ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މި ހުކުމް އިސްތިއުނާފް ކުރުމުގެ މަސައްކަތް ސަލްމާންގެ ވަކީލުން މިހާރު ދަނީ ކުރަމުންނެވެ. މިއަދު އިންޑިއާ ގަޑިން ހަވީރު 5 ގެ ކުރިން މައްސަލަ އިސްތިއުނާފް ކުރެވި އަދި ކޯޓުން ސަލްމާން ކަފާލާތުގެ ދަށުން މިނިވަން ނުކޮށްފިނަމަ މިރޭ ސަލްމާން ވަގުތު ހޭދަކުރަން ޖެހޭނީ ޖަލުގައެވެ. ސަލްމާން ގެންދާނެ ޖަލު ވެސް މިހާރު ވަނީ ކަނޑައަޅާފައެވެ.
ފަސް އަހަރަށް ޖަލަށްލާން ހުކުމް ކުރި ނަމަވެސް ސަލްމާން އަންނަނީ އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކަށް އިންކާރު ކުރަމުންނެވެ. އެގޮތުން މިދިޔަ އަހަރު އިނގިރޭސިވިލާތުގެ ނޫހަކަށްދިން އިންޓަވިއުއެއްގައި ސަލްމާން ވަނީ އޭނާ އަކީ "ތަރި" އަކަށް ނުވި ނަމަ މި މައްސަލަ ނުޖެހުނީސް ކަމަށް ބުނެފައެވެ.
ހަމަ މި މައްސަލާގައި ސަލްމާންގެ މައްޗަށް މީގެ ކުރިން އެހެން ދައުވާއެއްވެސް ކޮށްފައިވެ އެވެ. އެ ފަހަރު އޭނާގެ މައްޗަށް ކޮށްފައި ވަނީ ފުއްލާ މަރާލުމަށް މަނާ ހަތިޔާރު ގެންގުޅުނު ކަމަށް ބުނެ ކުރި ދައުވާ އެވެ. ނަމަވެސް ސާބިތު ހިފޭވަރަށް ހެކި ހުށަހަޅާފައި ނުވާތީ ސަލްމާންގެ މައްޗަށް އެ ދައުވާ ސާބިތުވެފައެއް ނުވެއެވެ.
ސަލްމާން އަށް ހުކުމް ކުރުމުން "ބިޝްނޯއީ" ޖަމާއަތުގެ މީހުން ދަނީ ކޯޓު ބޭރުގައި އުފާފާޅު ކުރަމުންނެވެ. "ބިޝްނޯއީ" އަކީ ދީނީ ގޮތުން ވަކި ގޮތެއް ގަބޫކުރާ ޖަމާއަތެކެވެ. ނަމަވެސް މި ހުކުމާ ގުޅިގެން ބޮލީވުޑްގެ ތަރިން އަންނަނީ މީސް މީޑިޔާ (ސޯޝަލް މީޑިޔާ) ގައި ނުރުހުން ފާޅުކުރަމުންނެވެ.
އެގޮތުން ބައެއް ތަރިން ބުނަމުންދަނީ އިންޑިއާ އަކީ މާބޮޑެތި މައްސަލަތައް ހުރި ގައުމެއް ކަމަށާއި ރޭޕް ކުރާ މީހުންނާއި މީހުން މަރާ މީހުންނަށް އަދިވެސް ހުކުމް ނުކޮށް އެބަތިބި ކަމަށެވެ. އަދި ސަލްމާންގެ ކުށެއް ނެތްކަމުގެ 100 ޕަސެންޓް ޔަގީންކަން އެބައޮތް ކަމަށާއި ޗެރިޓީ އަށް ބޮޑު ހޭދައެއް ކުރާ މީހަކު އިންސާފެއް ނެތް ގޮތަށް ޖަލަށްލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް ބައެއް ތަރިން އަންނަނީ ބުނަމުންނެވެ.
މިމައްސަލައިގައި އިތުރު ތަރިންތަކެއްގެ މައްޗަށް ވެސް ދައުވާ އުފުލިއެވެ. ނަމަވެސް ސަލްމާން ފިޔަވައި އެހެން މީހެއްގެ މައްޗަށް ދައުވާ ސާބިތުނުވާ ކަމަށް މިއަދު ކޯޓުން ވަނީ ނިންމާފައެވެ.
އަހަރެންމީ ސަލްމާންނަމަ ތިވަގުތު ކޮޅު ހޭދަކޮށްލާފައި، އެތަޖުރިބާގެ މައްޗަށް ފިލްމެއްހެދުމާއެކު، ޗެރިޓީއަށް ކުރާ ހޭދަތައް، ވަކިން ޚާއްޞަކޮށް އިންޑިޔާގެ ހިންދޫންނަށް އެއްޗެސް އެއްޗެއްލިބޭގޮތަށް ދަރުމަޔަށްކުރާ ހުރިހާ ކަމެއް ހުއްޓާލާނީ. އިންޑިޔާ ނައު ދިސަރވްސް ދަޓް!!!!!
ޗިލީ ބީފް ކައިގެން އިންސާނުން މަރާއިރު ވެސް މާބޮޑުކަމަކަށް ނުވޭ.. ކައްޕަޅި ޖަނަވާރެއް މަރައިގެން 5 އަހަރު ޖަލު.. ކޮންކަހަލަ ހުކުމެއް.. ރީންދުލޭމެން ކީކޭބާ ބުނަނީ މިކަމާ.. އިންޑިޔާ އޯކޭބާ؟ ކޯޓް އޯކޭބާ؟
ސަލްމާނު ނެތް ދުނިޔެއެއްގާ މަ އުޅޭކަށް ބޭނުމެއްނޫން.
ސަލްމާން ދެން ކުޅޭ ފީލުމައް ކީޔަންވީ ގައީދީ އޭ.. ނުވަތަ މޭރާ ގައީދީ.. މީހެންނެވެ.