ގިނަ ބައެއްގެ ސަމާލުކަން ހޯދި " އޯމް ޝާންތި އޯމް" އަށް މިއަދު 12 އަހަރު ފުރިއްޖެއެވެ.

2007 ގައި ނެރުނު ފިލްމް " އޯމް ޝާންތި އޯމް" އަކީ ބޮލީވުޑް ފިލްމް ތަކުތެރެއިން މިހާތަނަށް އެންމެ މަގްބޫލް އަދި އެންމެ ގިނަމީހުންގެ ތަރުހީބު ލިބުނު ފިލްމް ތަކުތެރެއިން އެއް ފިލްމް އެވެ. ފަރާހް ޚާން ޑައިރެކްޓް ކުރި މި ފިލްމް އަކީ އޭނަގެ ވެސް އެންމެ ފުރިހަމަ އެއް ފިލްމެވެ. އެ ފިލްމަށް މިއަދު 12 އަހަރުވީ އިރުވެސް ގިނަބަޔަކު ފޫހިކަމެއްނެތި ބަލާކަން ފާހަގަ ކޮށްލެވެއެވެ.

ބޮލީވުޑުގެ ކާމިޔާބު އެކްޓަރު ޝާހު ރުކް ހާން އެފިލްމްގެ ލީޑްރޯލް އިން ފެނިގެން ދިޔައިރު އޭގެ އިތުރުން ދީޕިކާ ޕަޑުކޯން ވެސް ފެނިފައިވެ އެވެ. މިހާރު ފިޔަޖަހަމުން އަންނަ ދީޕިކާ ޕަޑުކޯން ބޮލީވުޑަށް ތައާރަފްވި މިފިލްމަކީ މިހާރުވެސް ގިނަ ބައެއް ހިތްތަކުގައި ލިސްޓުގެ ކުރީގައި ޖާގަ ދީފައިވާ ފިލްމެކެވެ.

އެގޮތުން މިފިލްމުގައި ޝާހު (އޯމް) ފެނިގެންދަނީ ޖޫނިއާ ފިލްމު އާޓިސްޓެއްގެ ރޯލުންނެވެ. އަދި ދީޕިކާ(ޝާންތީ) ފެނިގެންދަނީ މަޝްހޫރު ފިލްމީ ތަރިއެއްގެ ރޯލުންނެވެ. ދިޕިކާ ބޮލީވުޑް އަށް މައްޝޫރުވި މި ފިލްމްއަކީ ދިޕިކާ އަށް މިދާއިރާގައި ލިބުނު އެންމެ ރަނގަޅު އެއްފުރުސަތެވެ.

ފިލްމް އަށް ޝޫޓްކުރި 11 މަންޒަރެއްވަނީ ފިލްމް ޕްރިމިއާ ކުރުމުގެ ކުރިން ނަގާފައިވެއެވެ. އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި އެ މަންޒަރުތައް ފިލްމުން ނަގާފައިވަނީ ފިލްމު ދިގުވާތީ އެވެ. އެ މަންޒަރުތައް ފިލްމުގައި ހިމެނިނަމަ ފިލްމަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެ ކަމަށް ބައެއް މީހުން ބުނި ނަމަވެސް އެ މަންޒަރުތައް ފިލްމުގައި ނެތަސް ފިލްމު ވަރަށް ރީތި ކަމަށް ގިނަ ބަޔަކު ބުނެފައިވެ އެވެ.

މި ފިލްމް ގައި ހިމަނާފައިވާ ލަވަތަކަކީ ވެސް ބަލާ ފޫހިނުވާ އެހައިވެސް ރީތި ފުރިހަމަ ލަވަތަކެއްކަން ގިނަބަޔަކު ބުނެއެވެ. އެގޮތުން ފިލްމުގެ ބައެއް ލަވަތަކުގެ ތެރޭގައި "އާކޯ މެ ތެރީ" އާއި "މޭ އަގަރް ކަހޫން" އާއި "އޯމް ޝާންތީ އޯމް" އަދި "ޖަގް ސޫނާ ސޫނާ" ހިމެނެ އެވެ.

"އޯމް ޝާންތި އޯމް" އަށް ވަނީ ގިނަ އެވޯޑުތަކެއް ލިބިފަ އެވެ. އެގޮތުން ފިލްމު ފެއާގެ ގިނަ އެވޯޑުތަކެއްގެ އިތުރުން ޒީ ސިނަމާ އަދި އައިފާ އެވޯޑު ޝޯގައި ވެސް އެފިލްމަށް ވަނީ ގިނަ އެވޯޑުތަކެއް ލިބިފައިވާކަން ފާހަގަ ކޮއްލެވެ އެވެ. މިއީ މި ފިލްމް ގެ ފުރިހަމަކަން ހާމަ ކޮއްދޭކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު