ބުޝަން ކުމާރާއި ޖޫނޯ ޗޯޕްޅާ ޕްރޮޑިއުސް ކުރާ ކުރީގެ ހިންދީ ފިލްމު "ޕަތީ ޕަތުނީ އޯރް ވާ" ގެ ލަވަ "ދީމޭ ދީމޭ" އަށް ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.

"ދީމޭ ދީމޭ" ލަވަ ކިޔާފައިވަނީ ޓޯނީ ކައްކަރު އާއި ނީހާ ކައްކަރުއެވެ. އެދެމިހުންނަކީ އެއް އާއިލާއެއްގެ ދެމީހުންކަން ފާހަގަ ކޮއްލެވެއެވެ. އެ ލަވައިން ފެނިގެންދަނީ ފިލްމުގައި ލީޑު ރޯލުން ފެނިގެންދާ ކާތިކް އާރިޔަން އާއި ބޫމީ ޕަޓްނޭކަރް އަދި އަނަންޔާ ޕާންޑޭއެވެ. މިލަވަ އަށް ބޮޑު ތަރުހީބެއް ލިބި ގިނަ ބަޔަކަށް އެލަވަ ކަމުގޮސްފައިވެއެވެ. އަދި މި ލަވަ 2 މިލިއަންއަށް ވުރެ ގިނަ މީހުން ވަނީ މިހައިތަނަށް ބަލާފައެވެ.

މި ލަވަ އަކީ މީގެ 40 އަހަރު ކުރިން ނިކުތް "ޕަތީ ޕަތުނީ އޯރް ވޯ" ގެ ލަަވައެކެވެ. އަދި މި ފިލްމުގެ ލީޑު ތަރިންގެ ގޮތުގައި ހަރަކާތްތެރިވެފައި ވަނީ ސަންޖީވް ކުމާރާއި ވިދިޔާ ސިންހާ އަދި ރަންޖީތާ ކޯރު އެވެ. އަދި ރިޝީ ކަޕޫރު ވެސް އެ ފިލްމުން ފެނިގެންދެ އެވެ.

https://www.instagram.com/p/B4t0PBfp8Uh/?utm_source=ig_embed

މި ފިލްމް އަކީ އެހެން ފިލްމްތަކާ ވަރަށް ތަފާތު ފިލްމެކެވެ. އަދި ގިނަބައެއްގެ ސަމާލުކަންވެސް ހޯދާފައިވެ އެވެ. ފިލްމް "ޕަތީ ޕަތުނީ އޯރް ވާ" އަކީ ފިރިއަކު އޭނާގެ ސެކްރެޓަރީ އާ ކައިވެނީގެ ބޭރުން ހިންގާ ގުޅުމެއްގެ ސަބަބުން ދިމާވާ ކަންތައްތަކެއް ސިފަކޮއްދޭ ފިލްމެކެވެ.

މި ފިލްމުގައި މިފަހަރު ސަންޖީވްގެ ރޯލުން ފެންނިގެންދާނީ ކާތިކް އެވެ. އަދި އޭނާގެ އަންހެނުން ވިދިޔާ ސިންހާގެ ރޯލް ކުޅޭނީ ބޫމީ ފެނިގެންދާއިރު ސަންޖީވާ ސިއްރު ލޯބީގެ ގުޅުމެއް ބާއްވާ ސެކެރެޓަރީގެ ރޯލުން ފެންނާނީ އަނަންޔާއެވެ. މި ފިލްމް ނެރުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަ ވަނަ ދުވަހުއެވެ. އިންޑިއާގެ ބައެއްނޫސްތަށް ބުނާގޮތުގައި މި ފިލްމްގެ ޝޫޓިންތަށް ދިޔައީ ވަރަށް ފުރިހަމަކޮއްކަމަށާއި އަދި މި ފިލްމްގެ ޑައިރެކްޓާރ މި ފިލްމަށް ވަރަށް ބޮޑެތި އުންމީދުކުރާ ކަމަށްވެސް ބުނެފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު