ސުޝާންތު ސިންގް ރާޖުޕޫތުގެ މަރަށްފަހު 2020 ވަނަ އަހަރު އެންމެ ގިނައިން ޚަބަރުތަކުގެ ފަލަ ސުރުޚީތަކުން ފެނުނު ސުޝާންތުގެ ކުރީގެ ލޯބިވެރިޔާ ރިއާ ޗަކްރަބޯތީ އެންމެ އަވަހަށް ފެނިގެންދާނީ ފިލުމު ''ޗެހެރޭ'' އިން ކަމަށް އެ ފިލުމުގެ ޑައިރެކްޓަރ ރޫމީ ޖެފްރީ ބުނެފިއެވެ.

އާނަންތު ޕަންޑިތު ޕްރޮޑިއުސްކޮށް ރޫމީ ޖެފްރީ ޑައިރެކްޓްކުރާ މި ފިލުމުން ރިއާގެ އިތުރުން ދެން ފެނިގެންދާނީ އަމީތާބު ބައްޗަންއާއި އިމްރާން ހަޝްމީއެވެ.

ފިލުމު ''ޗެހެރޭ'' އަޅުވާނީ ތިއޭޓަރުތަކުގައި ކަމަށް ވެސް ފިލުމުގެ ޕްރޮޑިއުސަރާއި ހަވާލާދީ ޑައިރެކްޓަރ ރޫމީ ބުނެފައިވެއެވެ. ނަމަވެސް މި ފިލުމު އަޅުވާނެ ވަކި ތާރީޚެއް އަދި ކަނޑައެޅިފައިނުވާ ކަމަށް ވެސް އިންޑިޔާގެ ނޫހެއް ކަމުގައިވާ މިޑް ޑޭއަށް ދިން އިންޓަވިއުއެއްގައި ޑައިރެކްޓަރ ރޫމީ ޖެފްރީ ބުނެފައިވެއެވެ.

2020 ވަނަ އަހަރު ރިއާއަށް ކުރިމަތިވި ކަންތައްތަކުގެ ސަބަބުން އޭނާގެ ކެރިއަރއަށް ވަރަށް ބޮޑަށް އަސަރު ކޮށްފައިވާ ކަމަށާއި އަދި އެ އުދަނގޫ ވަގުތު ކޮޅުން ރިއާ އަރައިގަންނާނެކަން ޔަގީންވާ ކަމަށް ވެސް ޑައިރެކްޓަރ ރޫމީ ބުނެފައިވެއެވެ.

ރިއާގެ އެންމެ ދަތި އުދަނގޫ ވަގުތުގައި ވެސް ރިއާއަށް ހިތްވަރުދީ އޭނާއާއި އެކު ތިބި އެންމެންނަށް ވެސް ރޫމީގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކުރާ ކަމަށް ވެސް ބުނެފައިވެއެވެ.

ރިއާއާއި އޭނާގެ ކޮއްކޮ ޝޯވިކް ޗަކްރަބޯތީ ވަނީ މިދިޔަ ހަފުތާ ތެރޭގައި މުމްބާއީ އެޕާޓްމަންޓެއް ހޯދުމަށް ނިކުމެފައެވެ. އަދި މިދިޔަ ހޯމަ ދުވަހު ރިއާއާއި ޝޯވިކް ވަނީ އެމީހުންގެ ހާޟިރީ ދިނުމަށް އެންސީބީއަށް ވެސް ހާޟިރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ..

    ތިޔަ ފިލްމް ވާނީ މުޅި ހިސްޓްރީގަވެސް ނިކުތް އެންމެ ބޮޑު ފްލޮޕް އަށް

    3
    1