ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަމީތާބް ބަޗަން މުމްބާއީގެ ރޯޑް ސޭފްޓީ ވީކްގެ 28 ވަނަ އެޑިޝަން އިފްތިތާހްކޮށްދެއްވައިފިއެވެ.

ADVERTISEMENT

ޓްރެފިކް ސޭފްޓީގެ ޕެނަލް ޑިސްކަޝަންގައި ބައިވެރިވެގެން ވާހަކަދައްކަމުން އަމީތާބް ބުނީ އޭނާގެ ފޯނަށް މިހާރު ޓްރެފިކް ޕޮލިސް އެޕް އަޅާފައިވާކަމަށާއި، މީހަކު ޓްރެފިކް ގަވާއިދާ ހިލާފްވާތަން ފެނިއްޖެނަމަ އެ މީހެއްގެ ފޮޓޯ ނަގައިގެން ގޮސް މައްސަލަ ޖައްސާނެކަމަށެވެ.

އަދި އޭނާ ބުނީ ބައެއް ފަހަރު ސައިކަލް ދުއްވާ މީހުންވެސް މަޝްހޫރު މީހުންނާއެކު، ސެލްފީ ނެގުމަށްޓަކައި ފަހަތުންދާކަމަށާއި، މިއީ ވަރަށް ނުރައްކާތެރިކަމެއް ކަމަށެވެ.

މިއަހަރުގެ ރޯޑްސޭފްޓީގެ ސްލޯގަންއަކަށް ނަގާފައިވަނީ "ރައްކާތެރިކަމަކީ ބޭނުންތެރި ކަމެއް. އެކްސިޑެންޓަކީ ވޭން ހުރި ކަމެކެވެ".އަދި މި އަހަރު ފޯކަސްކޮށްފައި ވާނީ ހެލްމެޓް އަޅާއިގެން ސައިކަލް ދުއްވުމަށާއި، އަދި ސީޓް ބެލްޓް އެޅުމަށެވެ.

ސީނިޔާ ޓްރެފިކް އޮފިޝަލަކު ބުނީ ވަރަށް އަވަހަށް ހާއްސަ ޑްރައިވިންގއެއް މީހުން ހޭލުންތެރި ކުރުވުމުގެ ގޮތުން ކުރިއަށް ގެންދާނެކަމަށެވެ. އަދި މަޑުކުރަން ޖެހޭ ތަންތަނަށް މަޑުކުރުމާއި، ކަންކަން ކިޔާދޭނެކަމަށްވެސް އޭނާ ބުންޏެވެ.

ADS BY MONARK

Comments are closed.