ޕްރިޔަންކާ
ޕްރިޔަންކާ

މެއިލްތައް ޗެކް ކުރުމާއި، އެއަށް ރިޕްލައި ކުރުމަކީ ބައެއް މީހުން ވަރަށް ފޫހިވާ ކަމެކެވެ. އެކަން ކުރާހިތް ނުވަތަ ކުރަން ބޭނުން ނުވާ މީހުންވެސް ތިބެއެވެ. ނަމަވެސް ބައެއް މީހުން އެމީހުންގެ މެއިލްތައް ޗެކް ކުރާހިތް ވާތީ އެކަމުގެ ވަޒީފާއަށްވެސް މީހުން ހޯދާފައިވެއެވެ.

އާއްމުކޮށް ގިނަ މަޝްހޫރު ތަރިންވެސް އެ މީހުންނަށް ލިބޭ މެއިލްތައް ކިޔައެވެ. އަދި ބައެއް މެއިލްތަކަށް ރިޕްލައިކޮށްވެސް ހަދައެވެ. ނަމަވެސް މިއީ ތަފާތު ތަރިއެކެވެ. ބޮލީވުޑުން ފިޔަ ޖަހާލި ފަދައިން މިހާރު ހޮލީވުޑްގައި ގިނަ ބަޔަކަށް ކަމުދާ އެއް މޫނު ކަމަށްވާ ޕްރިޔަންކާ ޗޯޕްރާއެވެ.

ދުވާލަކު އެތައް ބަޔަކު އޭނާއަށް މެއިލް ކުރެއެވެ. އާއްމުކޮށް މީހުން މިފަދަ މެއިލްތައް ކުރަނީ އޭނާގެ ފަރާތުން ޖަވާބެއް ލިބިދާނެ ކަމަށް ބަލައިގެންކަމުގައި ވީނަމަވެސް، ވަރަށް ހާއްސަ ބަޔަކަށް ނޫނީ އޭނާ ޖަވާބު ނުދޭކަމަށް ވެއެވެ. ޕްރިޔަންކާ އަސްލުވެސް ވަރަށް ބިޒީއެވެ. ހޮލީވުޑަށް ބަދަލުވެ ކުޅެން ފެށި ކުއެންޓިކޯގެ ފަހުން އޭނާ ގިނަވަގުތު އުޅެމުންދަނީ ޝޫޓިންގތަކުގައި ކަމަށް ހަބަރުތައް ބުނެއެވެ.

އެގޮތުން ދާދިފަހުން ޕްރިޔަންކާއާއެކު ސީރިޒް އިން ފެނިގެންދިޔަ އެލަން ޕޮވެލް މިވަނީ ޕްރިޔަންކާއަށް ލިބޭ މެއިލްތައް އޭނާ ނުކިޔާކަމަށްބުނެ ސޯޝަލް މީޑިޔާގައި ފޮޓޯއެއްވެސް އާންމުކޮށްފައެވެ. އަދި އޭނާ ވަނީ ޕްރިޔަންކާއަށް އީމެއިލް ނުކުރުމަށްވެސް އަންގާފައެވެ. ފޮޓޯއަކާއެކު ހިއްސާކުރި އެ ޕޯސްޓުން ފެންނަގޮތުގައި، އޭނާ ނުކިޔައި ހުރިކަމަށް ބުނާ 257623 މެއިލް އެބަހުއްޓެވެ.

ADS BY SHEESHA

އެ ފޮޓޯއަށް ގިނަ ބަޔަކު ކޮމެންޓް ކުރަމުން ދެއެވެ. އެއް ބަޔަކު ބުނަނަނީ އެ މީހުންވެސް މިހާ ބައިވަރު މެއިލްތައް ނުކިޔާ ހުރެދާނެ ކަމަށެވެ. ނަމަވެސް އެކަން އެއްވެސް މީހަކު ހިއްސާކޮށްފައި ނުވަނީ މަޝްހޫރުވުމުން ނޫންކަމަށް ބުނެ ބައެއް މީހުން ވަނީ ފާޑުކިޔާފައެވެ.

ADS BY ASTERS

1 ކޮމެންޓް

  1. ސުނިޔަންކާ ފޮނުވާ މެއިލް ބަލަޔޯ...!!!