މި ދުވަސްކޮޅަކީ ސޯޝަލް މީޑިޔާ ވަރަށް ތިޔަގި ދުވަސް ކޮޅެކެވެ. ސޯޝަލް މީޑިޔާގައި އެންމެ ބޮޑަށް ފެނިގެންދާ އެކައްޗަކީ އެއް ބަޔަކު ޖޯކު ޖަހާފައި އަޕްލޯޑް ކުރަމުން އަންނަ ފޮޓޯތަކެވެ.

ADS BY OOREDOO

އެގޮތުން މި ފަހަކުން ނެރުނު "ޕަރީ" ފިލްމްގެ ފުރަތަމަ ފެނިލުންވެސް ވެގެން ގޮސްފައި ވަނީ އެތައް ބަޔަކަށް މަޖާވި ޖޯކަކަށެވެ. އެ ފިލްމްގެ ޕޯސްޓަރެއްގެ ފޮޓޯ ގިނަ ބަޔަކު ވަނީ އެޑިޓްކޮށްގެން ބޭނުން ކުރަން ފަށާފައެވެ.

މިއީ އެއްބަޔަކު ފިލްމް އިތުރަށް ޕްރޮމޯޓް ކުރުމުގެ ގޮތުން ކުރާކަމަށްވެސް ވެދާނެއެވެ.

ޕަރީގެ ފުރަތަމަ ފެނިލުމުންވެސް މި ފިލްމަކީ ބިރުވެރި ފިލްމެއްކަން އެނގެއެވެ. މި ފިލްމް އަންނަ މާރިޗް މަހުގެ ދެ ވަނަ ދުވަހު ބެލުންތެރިންނާއި ހަމައަށް އަންނާނެކަމަށް އެ ފިލްމްގެ ޓީމުން ބުނާއިރު، ޓްވިޓާ މެދުވެރިކޮށް އެއް ބަޔަކު ހަދަމުންދާ ފްރީ އިޝްތިހާރުން މި ފިލްމް އިތުރަށް ޕްރޮމޯޓްވެެގެންދާނެ ކަމަށް އެ ޓީމުން ޤަބޫލުކުރެއެވެ.

އެއް ބަޔަކު ހަދަމުންދާ މީމްތަކުން ފެންނަނީ އަނުޝްކާ ފިރިމީހާ ވިރާތް އަނުޝްކާ އެކީ ހުންނަ މަންޒަރެވެ. އަދި އަނުޝްކާއަށް އެ ފިލްމްގައި ޓީސާގައި ފެންނަ ބަދަލާއެކު ވިރާތްއަށް އަންނަ ބަދަލުވެސް ސޯޝަލް މީޑިޔާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެނެއެވެ. އަދި އަނެއް ފޮޓޯއިން ފެންނަނީ، އެ ފިލްމްގެ ފުރަތަމަ ފެނިލުމުން އަނުޝްކާގެ ފަހަތުގައި ވިރާތް ހުންނަ މަންޒަރެވެ.

މިއީ މިހާރު އާ ކަމަކަށް ނުވާނެއެވެ. އަނުޝްކާ އާއި ވިރާތްގެ ކައިވެނީގެ ފޮޓޯތަކާއި، ހަނީމޫން ފޮޓޯތައްވެސް މި ވަނީ މީމް ހަދައި ސޯޝަލް މީޑިޔާގައި ދައުރުކޮށްފައެވެ.

ADS BY SHEESHA

ޕަރީ ފިލްމަކީ އަނުޝްކާގެ ތިން ވަނަ ޕްރޮޑަކްޝަނެވެ. އަދި ފިލްމުގެ ލީޑް ރޯލުން ފެނިގެންދާނީ ވެސް އޭނާއެވެ. މި ފިލްމުގައި އަނުޝްކާގެ އިތުރުން ފެނިގެން ދަނީ ޕަރަމްބްރަތާ ޗަޓެރްޖީ އާއި ރާޖަތު ކަޕޫރު އަދި ރިތަބާރީ ޗަކްރަބޯޓީ އެވެ. މި ފިލްމުގެ ޕްރޮޑިއުސަރަކީ ޕްރޯސިތު ރޯއިއެވެ.

1 ކޮމެންޓް

  1. ތީ ފިލްމަކުން ޕަރީއެއްގެ ވާހަކަ ގެނެސްދޭތީ ހަޖޫޖަހާ މިންވަރު.ތިއަށްވުރެ މާ ހިނިއަންނަ ޒާތުގެ ކަންކަން އެބަހުރި ވެފަ މިރާއްޖޭގަ.އެއީ ދިވެހިންގެ ތެރޭއުޅޭ ބައެއް މީހުންނަށް ޕަރީން ފެނި އެތަކެއްޗާ ވާހަކަވެސް ދައްކާ ކަމަށްވޭ.އިތުބާރުހިފޭ މީހެެެއްގެ ފަރާތުން އަހަރެންނަށް މިވާހަކައިގެ ތަފްސީލް ކިޔައިދިނީ.އަހަރެން ހީހީ ހަލާކު