ޝާހް ރުކް ޚާންގެ ކުރިއަށް ނެރެން ހަމަޖެހިފައިވާ ފިލްމްގެ ޓީޒަރ ހޮލީވުޑްގެ ތަރި ބްރެޑް ޕިޓްއަށް ދައްކާފައިވާކަމަށް އިންޑިއާ ބައެއް ނޫސްތަކުން ބުނަން ފަށައިފިއެވެ.

ADS BY OOREDOO

ބްރެޑް ޕިޓް އިންޑިއާއަށް ގޮސްފައި ވަނީ މިދިޔަ އަހަރުގެ މޭއި މަހުގެ ތެރޭގައެވެ. އެއީ އޭނާގެ ފިލްމެއް ޕްރޮމޯޓް ކުރުމަށެވެ. އެފަހަރު ޕިޓް ގިނަ އަދަދެއްގެ ބޮލީވުޑް ތަރިންނާއި ބައްދަލުކުރިއެވެ. އޭގެ ތެރޭގައި ޝާހްވެސް ހިމެނެއެވެ.

ޝާހް އާއި ޕިޓް އާއި ދެ މީހުންގެ ބައްދަލުވުގައި ބައެއް ފިލްމްތަކުގެ ވާހަކަތައް ދެކުވުނުއިރު، އެއިރު ޝާހް ކުރު މީހެއްގެ ގޮތުގައި ފެނިގެންދާ ފިލްމް ޒީރޯގެ ޓީޒަރ ޕިޓްއަށް ދެއްކި ކަމަށް ވެއެވެ.

މި ދެ ތަރިން އެކުގައި އިވެންޓަކުންވެސް ފެނުނެވެ. އަދި ޕަބްލިކްއަށް ޒީރޯގެ ޓީޒަރ ދެއްކުމުގެ ކުރިން ޕިޓްއަށް އެ ފިލްމްގެ ޓިޒަރ ދައްކާފައި ވަނީ ފޯން މެދުވެރިކޮށް ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. ބައެއް ރިޕޯޓްތައް ބުނާގޮތުގައި، ޕިޓްއަށް އެ އެ ޓީޒަރ ދެެއްކުމުން އެކަމަށް ވަރަށް ޝުކުރު އަދާކުރިއެވެ. އަދި ޝާހްގެ ނެށުމުގެ ހުނަރާއި ގުޅޭ ގޮތުން ވާހަކަދެއްކި ކަމަށް ވެއެވެ.

ޝާހް ވަނީ އެ ފިލްމްގެ ޓައިޓަލްއަކީ ކޮބައިކަން ވަރަށް ފަހުން ނެރުނު ވީޑިޔޯއެއްގައި ހާމަކޮށްފައެވެ. ފިލް ޒީރޯގައި ޝާހްގެ އިތުރުން، ކެޓްރީނާ، އަނުޝްކާވެސް ފެނިގެން ދާނެއެވެ.

ADS BY ASTERS

Comments are closed.