ބަތޮލާ ކާޖޮލްމި ފަހަކުން ވަނީ ޝާހް ރުކް ޚާން އާއެކު ސްޕެޝަލް އެޕެއަރެންސްއެއްގެ ގޮތުގައި ފިލްމް "ޒީރޯ" ގައި ޝޫޓިންގތައް ނިންމާލާފައެވެ.

އެ ފިލްމްގައި ލީޑް ރޯލުން ފެނިގެން ދާނީ އަނުޝްކާ ޝަރްމާ އާއި ކެޓްރީނާ ކައިފްއެވެ. އެ ފިލްމްގައި ހާއްސަ އެޕެއަރެންސެއްގެ ގޮތުގައި ފެނިގެން ދާނީ ރާނީ އާއި ކާޖޮލްއެވެ.

ކާޖޮލްއެންމެ ފަހުން ޝާހް ރުކްއާއެކު ފެނިގެން ދިޔައީ ދިލްވާލޭ އިންނެވެ. ކާޖޮލް ބުނިގޮތުގައި، އޭނާ ޒީރޯގައި ޝޫޓްކޮށްފައި ވަނީ އެއްގަޑިއިރާއި 30 މިނިޓަށެވެ. ނަމަވެސް ޝާހް ރުކްއާއެކު މަސައްކަތް ކުރަން ލިބުމުން އޭނާ ހުރީ ވަރަށް އުފަލުންނެވެ.

"ޝާހްއާއެކު ފިލްމެއް ކުޅެން ލިބުމުން ވަރަށް އުފާވޭ. އެ މަސައްކަތަކީ ވަރަށް ރަނގަޅު މަސައްކަތަކަށް ވާނެ. ޝާހްއާއެކު މަސައްކަތް ކުރުމަކީ ވަރަށް ކުރާހިތތްވާކަމެއް. އޭނާގެ ކޮންމެ މަސައްކަތަކަށް އޭނާ 300 ޕަސެންޓް ދޭނެ". ކާޖޮލް ބުންޏެވެ.

ކާޖޮލްއަކީ މީގެ 30 އަހަރު ކުރިން ފެށިގެން ފިލްމީ ދާއިރާގައި އުޅޭ މޮޅު ފަންނާނެކެވެ. އަދި އޭނާއަކީ ފިލްމްތައް ކުޅުމުގައި ގިނަ ވަގުތުތައްވެސް ހޭދަ ކުރި މީހެކެވެ. އަދި ކޮންމެ މަސައްކަތެއް ކުރިޔަސް އެ މަސައްކަތް ސީރިއަސް މަސައްކަތެއްގެ ގޮތުގައި ކުރުމަށް ކާޖޮލް ވަނީ އެދިފައެވެ.

ކާޖޮލް އިތުރަށް ބުނީ، ރީތި އަހުލާގެއްގެ ވެރިމީހަކަށްވުމުގެ އިތުރުން، މަންމަގެ ފަރާތުން އޭނާއަށް ގިނަ މަސައްކަތްތަކެއް އެނގުނު ކަމަށެވެ. އަދި މަސައްކަތް ކުރުމަކީ ކުރަން ޖެހޭކަމެއް ކަމަށް މަންމަ އަންގާފައިވާކަމަށްވެސް ކާޖޮލް ބުންޏެވެ.

"އަހަރެން ކުޑައިރު މަންމަ އަހަރެން ލައްވާ ގޭތެރޭގެ މަސައްކަތް ކުރުވާ. އެގޮތުން ގޭތެރެ ކުނިކެހުމާއި، ފާހަނަ ސާފުކުރުމަކީ ވެސް އެއީ ޢާންމުކޮށް އަހަރެން ކުރާ ކަންކަން. މަންމަ ބުނީ، ގޭތެރޭގައި މަސައްކަތް ކުރުމަށް މީހަކު ނުހުންނަ ނަމަ އެ ޒިންމާ ނަގަން ޖެހޭނީ ގޭގައި އުޅޭ ބައެއް ކަމަށް". ކާޖޮލް ބުންޏެވެ.

އޭނާ އިތުރަށް ބުނީ، އެކަމުން މަސައްކަތުގައި ޝާމިލްވެ އުޅޭ ހިތްވާ ކަމަށެވެ. އަދި ކޮންމެ މަސައްކަތެއް ކުރި މީހެއް ނަމަވެސް އެ މީހަކަށް އިހުތިރާމް ކުރަން ޖެހޭކަމަށް އޭނާ ވަނީ ބުނެފައެވެ. އަދި ކާޖޮލް ބުނީ އޭނާ، އޭނާގެ އަމިއްލަ ދަރިން ލައްވާވެސް ގޭތެރޭ މަސައްކަތްތައް ކުރުވާ ކަމަށެވެ.

5 ކޮމެންޓް

  1. ދެން ކޮބާތަ މައްސަލައަކީ.އެހެން މީހުން ނުކުރާ ކަމެއް ވިއްޔަ ދޯ...

  2. ޢަަރެމެން މިހާރުވެސް ކުރަނީ. މާމޮޅު ކަމެއް ކުރެވިގެން ތިއުޅެނީ.

  3. ޢަަރެމެން މިހާރުވެސް ކުރަނީ. މާމޮޅު ކަމެއް ކުރެވިގެން ތިއުޅެނީ.

  4. ވަކަހަންގަނޑު

    ބޮޑުކަމު ދިޔައީމަ ދޮއްވަނީ އެހެންމީހަކުބާ؟ އެވާހަކަވެސް ޖަހާލާ

  5. އަހަރެން މިހާރުވެސް ތިކަންކަން ކުރަން