ރާއްޖޭގެ ފިލްމީ ފިލްމީ ތަރި އަދި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެތައް ބައެއްގެ މަގުބޫލުކަން ހޯދި ޖުމައްޔިލް ނިމާލް، އޭނާގެ ދެބައިންގެ ދެ ދަރި އަންހެން ކޮއްކޮ ރޭޕް ކުރި ކަމަށް ބުނާ މައްސަލައިގައި އެއްވެސް ކޮމެންޓެއް ކުރަން ބޭނުމެއް ނުވިއެވެ.
ޖުމައްޔިލްއާ ބެހޭ ގޮތުން ރޭޕްގެ ބޮޑު ތުހުމަތެއް ކުރީ ޒަހޫ ނަމުގައި ޓުވިޓާގައި ހުޅުވާފައިވާ އެކައުންޓަކުންނެވެ. އެ ޒުވާނާ ބުނި ގޮތުގައި ޖުމައްޔިލްގެ އަނިޔާގެ ޝިކާރައަކަށްވި އިރު، އޭނާގެ އުމުރުން އެންމެ 17 އަހަރެވެ. އެކަމެއް ހިނގީ ޒަހޫ ބުނާ ގޮތުގައި ޑިސެމްބަރު، 2016ގައެވެ.
މި ތުހުމަތާ ގުޅިގެން މީސްމީޑިއާގައި އޭނާ އަށް އަމާޒުވަމުން އަންނަ ފާޑުކިޔުންތަކަށް މިހާތަނަށް އައިއިރު ޖަވާބުދާރީވެފައެއް ނުވެއެވެ.
ޖުމައްޔިލަށް ތުހުމަތުކުރާ މި ސީރިއަސް މައްސަލަ ތަހުގީގުކޮށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވެއެވެ. އެކަމަކު، ޖުމައްޔިލްގެ މައްޗަށް ދައުވާކުރަން ނުފޮނުވާ އޮތީ ކޯޓުގައި އެކަން ސާބިތުކުރުމަށް އެކަށީގެންވާ ހެކި ނެތިގެން ކަމަށް ބުނެއެވެ.
ޖުމައްޔިލް، އަންހެން ކޮއްކޮ ރޭޕް ކުރި ކަމުގެ ބޮޑު ތުހުމަތެއް!
ޖުމައްޔިލްއާ މެދުގައި މިވަރުގެ ބޮޑު ތުހުމަތެއް މިއައީ ރާއްޖޭގައި އުޅޭ ކެންޔާ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ހޫނުވެ، ރޭޕް ކުރާ މީހުންނަށް ދެކޮޅަށް އަޑު އުފުލަމުން އަންނަ ދުވަސްވަރެއްގައެވެ. ޒަހޫ ނަމުގައި ޓުވިޓާގައި ހިޔާލު ފާޅުކުރި ޒުވާނާ ވަނީ މީގެ ހަތަރު އަހަރެއްހާ ދުވަސް ކުރިން ޖުމައްޔިލްގެ ފަރާތުން ލިބުނު ކަމަށް އަނިޔާގެ ވާހަކަތައް ވަރަށް ތަފްސީލްކޮށްދީފައެވެ.
އަދި އެކަމުގައި އިންސާފު ހޯދަން ހިނގަން ޖެހުނު ކޮންމެ މަގަކުން ހިނގަން އެ ޒުވާނާ ހުރީ ތައްޔާރަށެވެ.
ޖުމައްޔިލަށް ތުހުމަތުކޮށް އަންހެން މީހާ ކުރި ޓުވީޓުތަކާ ގުޅިގެން ޕްރޮސެކިއުޓަ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވީ އެ މައްސަލަ އަށް ވެފައި އޮތް ގޮތް ބައްލަވައި އޭގެ ތަފުސީލު އޮޅުންފިލުއްވައި އެއްވެސް އެހީތެރިކަމެއް ވެދެވެން އޮތްތޯ ބައްލަވާނެ ކަމަށެވެ.
ޖުމައްޔިލްގެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި "ވާށޭމަށާ އެކީ" އާއި "މީ ލޯތްބަކީ" އާއި "ގޮއްރާޅު" އަދި "މާމުއި" ފަދަ ފިލްމުތައް ހިމެނެއެވެ. ޖުމައްޔިލް ނިމާލަކީ ޑާކްރެއިން އިންޓަޓައިންމަންޓްގެ އެންމެ މުހިންމު އެއް ބައިވެރިޔާއެވެ. އެކަމަކު، ޑާކްރެއިން އިން ވަނީ ޖުމައްޔިލްގެ މައްޗަށް ރޭޕްގެ ތުހުމަތު ކުރެވިފައި ވާތީ، އެ ތަނުން ނެރޭ ފިލްމުތަކުގައި ބައިވެރި ނުކުރަން ނިންމައިފައެވެ.
ޖުމައްޔިލްގެ މައްޗަށް މިހާ ބޮޑު ތުހުމަތެއް މިއައީ ފިލްމު "ނޮވެމްބަރު"، "ނީނާ" އަދި "ޕްލޭން ބީ" ގެ މުހިންމު ރޯލްތަކުން އޭނާ ޖާގަ ދީފައި އޮއްވައެވެ. އެ ފިލްމުތަކުގެ ބައެއް ޝޫޓިންތައް ނިމިފައިވާ އިރު، ޝޫޓިންތަކުގައި ޖުމައްޔިލް ބައިވެރިވެފައިވެއެވެ.
ޖުމައްޔިލް ވަނީ މީގެކުރިން އެތައް ގިނަ އެވޯޑުތަކެއް ހާސިލްކޮށްފައެވެ. އޭގެ ތެރޭގައި ފިލްމީ ދާއިރާ އިން އެންމެ މޮޅު އެކްޓަރުގެ ގައުމީ އެވޯޑާއި އެންމެ މޮޅު ނިއު ކަމާގެ ގައުމީ އެވޯޑް ހިމެނެއެވެ.
ތި ފިލްމީ ދާއިރާގަ ސަހަލު އެކަތިވެސް އުޅޭނެ ހެނެއް ހިޔެއް ނުވޭ ދެ ޖިންސު މައްސުނިވެ ގައި ގޮޅި ވިމަކީ އިސްލާމީ އަޚްލާގް އާ ފުށުއަރާ ކަމެއް
100%
އޭގެ މާނައަކީ އޭޙަޤީޤަތެކޭ.
ކަމާބެހޭ އިދާރާތައް ފިޔަވަޅު އަޅުއްވާ.
އެއުޚްތާއަށް އިންސާފު ހޯއްދަވާ ދެއްވާ! ވަކިމީހަކަށް ނުބަލާ ޢަދުލުވެރިކަމާއި އިންސާފުވެރިކަމާއި އެކު ކުށަށް އަދަބު ދީގެން މެނުވީ ހަމަޖެހުން ޤާއިމް ނުވާނެ. ސަފާރީއަކަސް އޮފީހަކަސް ގެއަކަސް މަގުމަށްޗަކަސް ކިޔާނެކަމެއްމެތް. ކުށްކޮށްފިއްޔާ ވަނީ ކުށަކަށް . އަދަބު ދޭންޖެހޭ
ބައެއްފަހަރު ތިމާގެ ޓާގެޓަށް ނުދެވުނީމާ ފިރިހެންކުދިން ބްލެކްމެއިލް ކުރަން މަސައްކަތްކުރާ އަންހެންކުދިންވެސް އުޅޭ! ރޭޕްކުރުމާ މަދެކޮޅު.
ކޮމެންޓެއް ބޭނުމެއްނުވެ. އަވަހަށް ހައްޔަރުކުރޭ.
އެންމެ މޮޅު ރޭޕިސްޓުގެ އެވޯޑުވެސް ޙައްޤު
މީހަކު ހަމައެކަނި ތުހުމަތެއް ކޮށްލައިގެން ތިވަރު އަރުވާލާކަށް ނުވާނެ އޭނާއަށް. އޭނާ މައްޗަށް އެކަން ސާބިތުވީތަ
މީހަކު ހަމަ ތިމަންނަ މިވެނި އެވެނި މީހަކު ރޭޕް ކޮއްފިއޭ ބުނާ އިރަށް ކަމުގެ ހަގީގަތް ނުބަލާ ކީއްވެ މީހާގެ އަގު ވައްޓާލަނީ...މިކަން ދޮގަކައް ވިއްޔާ ކިހާ ދެރަ.. އަބުރު ވެއްޔާ މޮޑެ ނިންމާލައިފި މިހާރު..
މަވެސް ރޭޕާ ދެކޮޅު!
ބަލަ މީހަކު މަރާފަ އެ މީހަކު އެއްބަސްވޭތަ.
އެހެން ވެގެނޭ ބުނަނީ ހަގީގަތް ހޯދާށޭ...އެއަށް ފަހު ކިޔާ އެއްޗެއް ކިޔާނީ
ތިޔަބުނާ ކަމެއް ހިނގިއިރު ޖުމައްޔިލައްވާނީ 18 ވަރަކައް އަހަރު ނޫންތޯ؟ 18 ފުރުން ކަމެއްވެސް ނޭނގެ! ސޯ އެކުދިން ވަރައް ޅަވާނެ އެއްނު އޭރު ލައިކް ހެޔޮނުބައި ކިރިޔާ ވަކިވާނީ, ނޫންތަ؟؟ ?
ފިލްމީ ދާއިރާގައި އުޅޭ އެއްޖިންސުން ގުޅުން ހިންގާ މީހުން ކޮބާ؟
މާތްކަލާކޯ ފިލްމީ ދާއިރާގައި އުޅޭތަ އެއްޖިންސުން ގުޅުން ހިންގާމީހުން. ޕިސް ޕިސް ކީކޭ ބުނާނީ ލަދުން ބޯހަލާކު
ރާއްޖޭގައި ފިލްމުކުޅުން ހުއްޓާލާ........ މީގެން އިވޭ އަޑުތަކަކީ ރަގަޅު އަޑެންނޫން، އެބުނާހެން ސަހަލު މީހެއް މަދު، ފިލްމީ ދާއިރާގައި..... އަވަހަށް ފިލްމު ކުޅުން ހުއްޓާލާފައި، ރަގަޅު މަގަށް ދިމާކުރޭ.
މާތްްﷲ މިވެރިންއަށް ރަގަޅު މަގުދައްކަވާންދޭ.
މަވެސް ޓޭޕާއި ދެކޮޅު.