ބޮލުން ހަންފޮޅުމަކީ ވަރަށް ގިނަ މީހުންނަށް ކުރިމަތިވާ އާންމު މައްސަލައެކެވެ. އާންމުކޮށް ބޮލުން ހަންފޮޅެން މެދުވެރިވަނީ ހަންގަނޑު ހަލާކުވުމުންނާއި ހަންގަނޑު މާ ބޮޑަށް ހަރުވެ ހިކުމުންނެވެ. ބައެއް ފަހަރު އެލާޖީއެއްގެ ސަބަބުންވެސް ހަންފޮޅެން މެދުވެރިވެއެވެ. ހަންފޮޅުން އާންމުކަމަކަށް ވެފައިވާއިރު ބޮލުން ހަންފޮޅުން ހުއްޓުވުމަށް ކުރެވިދާނެ އެތަކެއް ކަމެއް އެބަހުއްޓެވެ. އެގޮތުން ބައެއް ކަންތަށް ތިރީގައި އެވަނީއެވެ.

ބޭކިން ސޮޑާ: ބޭކިން ސޮޑާއަކީ ހަންފޮޅުން ހުއްޓުވުމަށް ބޭނުން ކުރެވިދާނެ އެއްޗެކެވެ. އެއީ ބޭކިން ސޮޑާއަކީ ޖަރާސީމު ފިލުވުމުގެ ޤާބިލްކަން ލިބިފައިވާ އެއްޗަކަށްވާތީއެވެ، އެހެންކަމުން ބޮލުގައި ފެންލުމަށްފަހު ބޭކިން ސޮޑާ ބޮލުގައި ރަނގަޅަށް ހޭކުމުންވެސް ހަންފޮޅުން ހުއްޓުމަށް އެހީވެދެއެވެ.

އޮލިވް އޮއިލް: މިއީ ބޮލަށް އެންމެ ބޮޑަށް ފަރުވާކުރުވަނިވި ތެލެވެ. މިގޮތުން ބޯ ދޮންނަ އިރު ޝޭމްޕޫއާއިއެކު މި ތެޔޮ ބޭނުން ކުރުމަކީ ރަނގަޅު ގޮތެކެވެ. އެހެނީ އެތެލުގައި ހަންގަނޑަށް ފައިދާ ލިއްބައިދޭ މާއްދާތަށް ގިނަ އަދަދަކަށް އެކުވެލިވެންވާތީއެވެ.

ކާށި ތެޔޮ: 
ކާށިތެލަކީވެސް ހަންފޮޅުން ހުއްޓުވުމަށް ބޭނުންކުރެވިދާނެ އެއްޗެކެވެ. އެއީ ކާށިލެތަލީ ހަންގަނދުގެ ދުޅަހެޔޮކަށް އުނގުޅުން މުހިންމު ތެލެކަށް ވާތީއެވެ، އެހެންކަމުން ބޯ ދޮވުމުގެ ކުރިން ކޮންމެ ދުވަހަކު ކާށިތެތެލުން ބޮލުގައި ރަނގަޅަށް ހާކާށެވެ.

ލުނބޯ: ލުނބޯގައިވެސް ކޮންމެ ދުވަހަކު ލުނބޯ ހުތް ފެނަށް އަޅައިގެން ބޯ ރަނގަޅަށް ދޮންނާށެވެ. މިކަމުގެ ސަބަބުން ހަންގަނޑުގައިވާ ޖަރާސީމު ނެތިގެން ގޮސް މަރުވެފައިވާ ހަންގަނޑުގައި މަރުވެފައިވާ ސެލް ތަކުގެ އަދަދު މަދުކޮށްދެއެވެ.

ވިނިގަރ: މިއީވެސް ހަންފޮޅުވުމުން ދުރުކޮށްދޭ އެއްޗެކެވެ. މީގައި އެންމެ އެދެވޭ ގޮތަކީ ފެނާއި އެއްކުރުމަށްފަހު ބޮލަށް އެޅުމެވެ. އަދި 15 މިނިޓް ވަންދެން ބެހެއްޓުމަށްފަހު ރަނގަޅަށް ބޯ ދޮވުމެވެ. މިގޮތަށް ދުވާލަކު ދެއިރު ކަންތަށް ކުރުމުން ވަރަށް އަވަހަށް ބޮލުން ހަންފޮޅުން ހުއްޓިގެންދެއެވެ.

ކިޔުންތެރިންގެ ހިޔާލު