އޮސްޓްރޭލިއާގެ ސައިންސްވެރިއަކު ހުރިހާ ވައްތަރެއްގެ ކެންސަރަކާއި ހަނގުރާމަކުރެވޭ ވަރުގެ ވައިރަހެއް އުފައްދައިފިއެވެ.

މި ވައިރަސް އުފައްދާފައި ވަނީ އޮސްޓްރޭލިއާގެ ބައޮޓެޗް ކޮމްޕެނީ އިމިއުޖީންގެ ޔުމަން ފޮންގެ ނަމަކަށް ކިޔާ އެމެރިކާ އަށް ނިސްބަތްވާ ސައިންސްވެރިއެކެވެ. އޭނާ އާއި ހަވާލާދީ "ދަ ޑެއިލީ ޓެލެގްރާފް" ނަމަކަށް ކިޔާ ބޭރުގެ ނޫހަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ވައިރަސް އެންމެ ފުރަތަމަ ތަހުލީލު ކޮށްފައި ވަނީ މީދަލެއް ބޭނުންކޮށްގެނެވެ. އެ ތަހުލީލުގައި ސީއެފް-ތްރީ ވައިރަސް އަކީ ކޮންމެ ކެންސަރެއްގެވެސް ފަރުވާކަން އެނގިފައިވާކަމަށް ޕްރޮފިސަރ ފޮންގް ވަނީ ބުނެފައެވެ.

އޭނާ އާއި ހަވާލާދީ ނޫސަތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެވައިރަސް އަންނަ އަހަރުގެ ތެރޭގައި ޓެސްޓުކުރެވިގެން ދާނެ އެވެ. އަދި އުންމީދަކީ މިއަންނަ އަހަރުގެ ތެރޭގައި އުރަމަތީގެ ކެންސަރު ހުންނަ މީހުންނަށް މި ވައިރަސްގެ ޒަރިއްޔާއިން ފަރުވާ ކުރުން ކަމަށާއި 2021 ވަަނަ އަހަރުގައި އެހެން ކެންސަރުތައް ހުންނަ މީހުންނަށް ފަރުވާ ދިނުމެވެ.

ޕްރޮފެސަރ ފޮންގް މިވަގުތު މަސައްކަތް ކުރަމުން ދަނީ އޮސްޓްރޭލިއާގެ ކްލިނިކް ތަކުގައި ކެންސަރަށް ފަރުވާ ކުރަމުންދާ ބަލިމީހުންގެ ބަލި ދިރާސާ ކުރުމަށެވެ. ފޮންގް ގެ މައިގަނޑު އަމާޒަކީ ގޮހޮރުގެ ކެންސަރާއި، އުރަމަތީ ކެސަރު ފަދަ ނުރައްކާތެރި ބަލިތަކަށް ފަރުވާ ކޮށްދިނުމެވެ.

އެހެން ނަމަވެސް މީދަލަށް ތަހުލީލު ކުރެވުނު ނަމަވެސް އަދި އިންސާނުންނަށް އެވައިރަސް ބޭނުންކޮށްގެން ފަރުވާ ދެވދާނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތެވެ. އެހެން ނަަމަވެސް ޕްރޮފެސަރ ފޮންގް ބުނެފައި ވަނީ އެވައިރަސް ބޭނުންކޮށްގެން އިންސާނުންނަށް ފަރުވާ ދެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށެވެ. އެމެރިކާގެ ސައިންސްވެރިން ބުނެފައި ވަނީ އެވައިރަސް އަކީ އެންމެ ކުޑަ ރޯގަލަކުން ފެށިގެން ސިކުނޑީގެ ބަލިތަކަށްވެސް ފަރުވާއެއް ކަމަށް ދެކޭ ކަމަށެވެ.