އަހަރެމެންގެ ހަށިގަނޑު އުފެދި ބޮޑުވުމަށް ކާނާ ބޭނުންވެއެވެ. ކުރިޔާއި ހިލާފަށް މިހާރު ހައި ހޫނުކަން ފިލުވާލުމަށްޓަކައި އެކި ލުއި ކާނާތައް ފިހާރަތަކުގައި ލިބެން ހުރެއެވެ. އަހަރެމެންނަށް ވާގޮތަކީ އަނގަޔަށް މީރު ކޮންމެ އެއްޗެއް ކާލެވެނީއެވެ. އޭއިން ލިބޭ ގެއްލުމެއް ނުވަތަ ފައިދާއަކަށް ނުބަލާ ތަނުގައި އެ އެއްޗަކަށް އަޅާފައި ހުރީ ކޯޗެއްތޯ ބަަލައިލާ މީހުންވެސް ގުނާލެވޭހާ މަދުވާނެއެވެ.

މިގޮތުން ކެވޭ ކޮންމެ އެއްޗެއް ފަސޭހަކަމާއި އެކު ހަޖަމެއް ނުވާނެއެވެ. ސިއްހަތައް ގެއްލުން ހުރި އެއްޗެހި ނޭނގި ތިބެ އަހަރެމެންނަށް ކެވުމުގެ ސަބަބުން ހަޖަމު ކުރުމުގެ ނިޒާމުގެ ބަލިތައް ޖެހެން މެދުވެރިވެއެވެ. އަދި ކެންސަރު ފަދަ ނުރައްކާތެރި ބަލިތަކަށް ވެސް މަގުފަހިވެގެން ދެއެވެ.

ކެންސަރަށް މަގުފަހިވާ ކާއެއްޗެހި:

  1. ދަޅުގައި ބަންދު ކުރެވިފައިވާ މަހުގެ ބައެއް ބާވަތްތައް
  • މި ބާވަތުގެ ތެރޭގައި ހިމެނެނީ ބޭރުން އެތެރެ ކުރާ ގެރި މަސް ފަދަ ބާވަތްތަކެެވެ. މީގެ އިތުރުން ސޮސެޖްގެ ހުރިހާ ބާވަތެއްވެސް ހިމެނެއެވެ.

2. ސޯޓާާ އެކުލެވިފައިވާ ފިޒީ ޑްރިންކްތައް

  • މީގެ ތެރޭގައި އެނާޖީ ޑްރިންކްއާއި ފިޒީ އެކި ޑްރިންކްތައް ހިމެނެއެވެ.

މަތީގައި ފާހަގަކުރެވިފައިވާ ބާވަތަކީ ދިވެހިންގެ ތެރޭގައި އެންމެ އާންމު ދެ ބާވަތެވެ. މި ދެބާވަތް ބޭނުން ކުރުމަކީ މައްސަލައެއް ނޫނެވެ. އެހެން ނަމަވެސް ގަވާއިދުން ކޮންމެ ދުވަހަކު ބޭނުން ކުރުމަކީ ކެންސަރަށް މަގުފަހިވާ ކަމެކެވެ. އެއީ އެ ބާވަތް މާ ގިނައިން ބޭނުންކުރުމުގެ ސަބަބުން ކަމުގައި ވާތީއެވެ.