ކޮންމެ ގޮތަކަށް ކެއުމުގެ ޝެޑިއުލް ގެންގުޅުނަސް ހިކިކޮށް ތިބޭ މީހުން އުޅޭނެއެވެ. މީހުންނަށް ހީވެފައި އޮންނަނީ ޑައިޓްކުރުން ނުވަތަ ފައިދާހުރި ކާނާ ބޭނުންކުރަންޖެހޭނީ ހަމައެކަނި ހިކެން މަސައްކަތްކުރާ މީހުންގެ ކަމެއް ކަމަށެވެ. ނަމަވެސް ކޮންމެ މީހަކީވެސް ފައިދާހުރި ކާނާ ކާންޖެހޭނެ ބައެކެވެ.
ހިކިކޮށް ހުރި ނަމަވެސް އެމީހަކީ ސިއްހަތު ރަނގަޅުމީހެއް ކަމެއް ނުވަތަ ނޫންކަން އިނގެގިން ދާނީ ޑޮކްޓަރީ ރިޕޯޓްތަކުންނެވެ. އެމީހަކީ އެމީހަކު ކާއެއްޗެކޭ ބުނާއަޑު އަހާނެއެވެ. އެއީ ތެދެކެވެ. ސިއްހަތު ރަނގަޅަށް ހުންނާނީ އެމީހެއްގެ ކާއެއްޗެއްގެ ސަބަބުންނެވެ. ތަރުކާރީއާއި މޭވާގެ އިތުރުން ތެޔޮމަދު އެއްޗެއް ބޭނުންކުރުމަކީ އެންމެންވެސް ކެއުމުގައި ހިމަނަންޖެހޭ އެއްޗެއްސެވެ.
ކަސްރަތުކުރުމަކީ ވެސް ހަމައެކަނި ހިކުމަށް ކުރަންޖެހޭނެ ކަމެއް ނޫނެވެ. ހިކިކޮށްތިބި ނަމަވެސް ނިކަމެތި ކޮށް ތިބޭ ކުދިން ގިނަވާނެއެވެ. އެފަދަ ކުދިން ކަށިތަކާއި މަސްތައް ވަރުގަދަކުރުމަށް ކުރެވޭނެ އެންމެ މުހިއްމު ކަމަކީ ކަސްރަތުކުރުމެވެ.
ކޮންމެ ބަލިމަޑު ކަމަކީ ބޭރުފުށުން ފެންނަން ހުންނާނެ ކަމެއް ނޫންކަމަށްވާއިރު ގެއްލުންހުރި ކާނާއެއް ނުވަތަ ކެއުމުގެ ޝެޑިއުލްއިން ގެއްލުން ލިބިގެންދާނީ އަމިއްލަ ނަފްސަށެވެ. އެހެންކަމުން ފަލަނުވާނޭ ބުނެ ކެއުމުގައި ގިނައިން ހަކުރުފަދަ ތަކެތި ބޭނުންކުރުމުން އޭގެ ނޭދެވޭ އަސަރު ފަހުން ކުރުމަކީ ވެދާނެ ކަމެކެވެ.
މިއުޅޭ ގިނަ މީހުންނަށް ހީވެފަ އޮންނަނީ ތިހެން. ހިކި މީހަކު ކަސްރަތު ކޮށްލިޔަސް، ކަލޭވެސް ކަސްރަތު ކުރަނީހޭ ކިޔައި މަލާމާތުގެ ބަސްތަކުން އެމީހާ އެކަން ހުއްޓާލާ ހިސާބަށް ދުއްވާލާނެ. ކުޑަމިނުން ގްރީން ޓީއެއް ބޯލިޔަސް ނިމުނީ. ކޮންމެ މީހަކު އަހާލާނެ ކަލޭވެސްހޭ!
މާޝާﷲ ފައިދާހުރި ލިޔުމެއް
جزاك اللهُ خيرًا