މޫނު ތެޔޮވެފައި ހުރުމަކީ ފަސޭހަކަމެއް ނޫނެވެ. އާންމުކޮށް އަންހެން ކުދިންނަކީ މޫނު ތެޔޮވުމުގެ ސަބަބުން ގިނަ އަދަދަކަށް މޭކަޕް ބޭނުންކުރާ ބައެކެވެ. ނަމަވެސް މިއީ ގިނަ މޭކަޕްތަކެއް ނުކޮށްވެސް ހައްލެއް ގެނެވޭނެ ކަމެކެވެ. ޖެހޭނީ ބައެއް ކަންކަން ރަނގަޅުކޮށްލާށެވެ.

ބައެއް މީހުންނަށް ހީވެފައި އޮންނަނީ މޫނު ތެޔޮވުމުން އަބަދު މޫނުދޮވުނީމަ، ތެޔޮވުން ކުޑަކޮށްދޭ ކަމަށެވެ. އެކަމަކު އެއީ ކުށްހީއެކެވެ. މޫނު ދޮވުމުން އިތުރަށް ތެޔޮވާނީ އެވެ. އަދި އަބަދު މޫނު ދޮވުމުން ހަންގަނޑު ކުރަކިވާން ފަށައެވެ. ސިއްހީ މާހިރުން ބުނާގޮތުގައި މޫނު ދޮންނަންވާނީ ދުވާލަކު 2 ނުވަތަ 3 ފަހަރު އެވެ.

މޮއިސްޓްރައިޒާ އަކީ ހަމައެކަނި މޫނު ކުރަކިކޮށް ތިބޭ މީހުން ބޭނުންކުރަންޖެހޭ އެއްޗެށް ނޫނެވެ. ކޮންމެ މީހަކުވެސް ގަވާއިދުން މޮއިސްޓްރައިޒް ކުރަން ޖެހޭނެއެވެ. ހަންގަނޑު ތެޔޮކޮށް ހުރުމަކީ މޮއިސްޓްރައިސްވެފައި ހުރުމެއް ނޫނެވެ. މޮއިސްޓަރައިޒް ކުރުމަކީ މޫނުގެ ތެޔޮކަން ކުޑަކޮށްދޭ ކަމެކެވެ.

ގިނައިރު އަވީގައި އުޅުމުން ދުރުވާށެވެ. ގަދަ އަވިން ހަންގަނޑު ހަލާކުކޮށްލާ ތެޔޮކަން އިތުރުކޮށްދެއެވެ. އަދި އަތްވަށް ނިކުންނައިރު އެކަމަށް ހާއްސަ ކުރީމްއެއް ބޭނުންކުރާށެވެ. ސަންސްކުރީމް ބޭނުންނުކުރާނަމަ މޫނު ތެޔޮވުމުގެ އިތުރުން އެކި ހަމުގެ ބައްޔަށް މަގުފަހިވެއެވެ. އަދި ކުރީމްއެއް ބޭނުންކުރާއިރު މޫނު ތެޔޮ މީހުންނަށް ހާއްސަ ކުރީމްއެއް ހިޔާރުކުރާށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަހަރެން

    ސިއްހީ މާހިރުން ބުނާގޮތުގައި މޫނު ދޮންނަންވާނީ ދުވާލަކު 2 ނުވަތަ 3 ފަހަރު އެވެ
    ދެން ދުވާލަކު ފަސްފަހަރު ވުޟޫ ކުރަނީ ކިހިނެއް؟؟