އާއްމު ރައްޔިތުން ފޭސް މާސްކު ބޭނުން ކުރުމުގެ ސަބަބުން އިންފެކްޝަނެއް އުފެދި، ކޮރޯނާވައިރަސް ޖެހުމަށް މަގުފަހިވުމުގެ ފުރުސަތު ބޮޑު ކަމަށް އިނގިރޭސިވިލާތުގެ އެންމެ މޮޅު އެއް ޑޮކްޓަރު ބުނެފިއެވެ.

އެ ގައުމުގެ ޑެޕިއުޓީ ޗީފް މެޑިކަލް އޮފިސަރު ކަމުގައިވާ ޑރ. ޖެނީ ހެރީސް ވިދާޅުވެފައި ވަނީ މާސްކު އަޅައިގެން އުޅުމުގެ ސަބަބުން ވައިރަސް މާސްކު ތެރޭގައި ހަރުލައި، މީހާގެ ނޭވާލާ ނިޒާމުގެ ތެރެއިން ވައިރަސް ހަށިގަނޑަށް ވަނުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

”މަގުމަތީގައި ހިނގާފައިދާ އާއްމު ރައްޔިތަކަށް އެހައި ރައްކާތެރިއެއް ނުވާނެ އަސްލު ހަގީގަތުގައި މާސްކު އަޅައިގެން އުޅޭކަށް. އެއީ އާއްމުކޮށް އެހެން އުޅޭ އުޅުމުގައި މާސްކު ނަގާނެ، އަދި އެކި ތަންތަނުގައި ބާއްވަފާނެ، ދެން އަނެއްކާ އެ މާސްކު ނަގާފައި މޫނު މަތީ އެޅީމަ ވައިރަސްގެ އަސަރު މާސްކު ތެރޭ ހުރުމުގެ ފުރުސަތުވެސް އޮންނާނެ.“ މިހެން ވެއްޖެކަމުގައި ވަނީނަމަ މާސްކުގެ ސަބަބުން އާއްމު ރައްޔިތުންނަށް ލިބޭ ގެއްލުން ބޮޑުވެދާނެކަމަށް ބުނެ ޑރ. ޖެނީ ހެރިސް ވަނީ މާސްކު ހޯދުމުގެ ބަދަލުގައި މޫނުގައި އަތް ނުހޭކުމަށާއި ގިނަގިނައިން ސައިބޯނި ލައިގެން އަތްދޮވުމަށް ބާރު އަޅާފައެވެ.

އާއްމު ރައްޔިތުންނާއި މާސްކާއި ބެހޭގޮތުން ވާހަކަ ދައްކަމުން ޑޮކްޓަރު އިތުރަށް ވިދާޅުވެފައި ވަނީ މާސްކު އެޅުމަށް ޑޮކްޓަރަކު އިރުޝާދު ދީފައިވާ ފަރާތްތަކުން އެގޮތަށް އަމަލުކުރަން ވާނެ ކަމަށެވެ.

އެންމެ ފަހުގެ ރިޕޯޓުތައް ބުނާގޮތުން އިނގިރޭސިވިލާތުގައި 10،000 މީހުންނަށް ކޮވިޑް-19 ޖެހިފައިވާ ކަމަށް މިހާރު އަންނަނީ ބެލެވެމުންނެވެ. އަދި އެ ގައުމުގެ ބޮޑުވަޒީރު ބޯރިސް ޖޯންސަން ވަނީ އެތައް ބަޔަކު މަރުވަމުންދާ ކަމާއި، މިއީ ފަހުގެ ތާރީޙެއްގައި އެގައުމަށް ކުރިމަތިވި އެންމެ ނުރައްކާތެރި މިފަދަ ވައިރަސް ކަމަށް ވިދާޅުވެފައެވެ.

ވައިރަސް އެންމެ ފުރަތަމަ ފެތުރެން ފެށި ޗައިނާގައި މިހާރު ކުރިއަށް ވުރެން ބޮޑަށް ވައިރަސް ކޮންޓްރޯލް ކުރެވިފައި އޮތް ނަމަވެސް، މިހާރު މުޅި ދުނިޔޭގައި ވަައިރަސް ފެތުރޭ މިންވަރު ވަނީ ކުއްލިއަކަށް އިތުރުވެފައިކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ބަކުރު ބެ

    ދެން އެމީހުން ނެރޭނެ ވައިރަސް ނުހިފާ މާސްކު

  2. ބްރޯ

    ތިޔަވަހާކަ ރަނގަލެއްނޫން މާސްކްގެ ސަބަބުން ކްރޯނަ ވައިރަސްއަށް މަގުމަތި ހިގުމުގަ ރައްކާތެރިކަން ލިބިދޭ . އަތް އުގުޅާ އަތްހާކާ ނަގާފަ އެހެންތަނެއްގަ ބާއްވާފަ އެޅުމުން ވައިރަސް ޖެހުނަކަސް އެއީ މާސްކުގެ ސަބަބުން ޖެހުނީކީނޫން . ރައްކާތެރިކަމައެކު މާސްކް ނޭޅުމުން ބަލިޖެހުނީ ނޭފަތާ އަނގަޔާ ހާމަކޮށްހުރެ ނެވާލުމުން ނޭވާލުމުގެ ނިޒާމްގެތެރެއަށް ވަންނަ ކުދިކުދި ޒައްރާތަކާ ކުނި ބުންޏާ ވައިރަސް ނޭވާލުމުގެ ނިޒާމަށް ވަނުމަށް މާސްކުން ހުރަސްއަޅާނެ ކޮންމެ ކަމެއްވެސް ރަނގަޅުގޮތުގަ ބޭނުން ނުކޮށްފިނަމަ އެކަމުންލިބެ މަންފާ ނުފެންނާނެ ވީ މާ އެއީ މާސްކްގެ ސަބަބުން ބަލިޖެހެނީކީ ނޫން. މާސްކުގެ ސަބަބުން ލިބެނީ ރައްކާތެރިކަން.

    23
    4
    • ރަންނަ

      އެކަން އެގޭ ދިވެހިންނަށް ފަސޭހައިން މާސްކް ގަނެވުނު ދުވަސްކޮޅު. މުޅި މަގުމަތީ އިތީ މާސްކު. ނާތަހުޒީބު ވިޔަސް ބޮޑުވަރު

  3. ބްރޯ

    ތިޔަވަހާކަ ރަނގަލެއްނޫން މާސްކްގެ ސަބަބުން ކްރޯނަ ވައިރަސްއަށް މަގުމަތި ހިގުމުގަ ރައްކާތެރިކަން ލިބިދޭ . އަތް އުގުޅާ އަތްހާކާ ނަގާފަ އެހެންތަނެއްގަ ބާއްވާފަ އެޅުމުން ވައިރަސް ޖެހުނަކަސް އެއީ މާސްކުގެ ސަބަބުން ޖެހުނީކީނޫން . ރައްކާތެރިކަމައެކު މާސްކް ނޭޅުމުން ބަލިޖެހުނީ ނޭފަތާ އަނގަޔާ ހާމަކޮށްހުރެ ނެވާލުމުން ނޭވާލުމުގެ ނިޒާމްގެތެރެއަށް ވަންނަ ކުދިކުދި ޒައްރާތަކާ ކުނި ބުންޏާ ވައިރަސް ނޭވާލުމުގެ ނިޒާމަށް ވަނުމަށް މާސްކުން ހުރަސްއަޅާނެ ކޮންމެ ކަމެއްވެސް ރަނގަޅުގޮތުގަ ބޭނުން ނުކޮށްފިނަމަ އެކަމުންލިބެ މަންފާ ނުފެންނާނެ ވީ މާ އެއީ މާސްކްގެ ސަބަބުން ބަލިޖެހެނީކީ ނޫން.

    15
    5
    • ގިރާވަރު ދޮހޮހޮއްކޮ

      ބްރޯ ކަރޭ ތީ ކާކު؟

      6
      1
  4. ޑެން

    ތިޔަ ހުރިހާ ކަމަކީ ވެސް ވިޔަފާރި އަށް ކުރާ ކަން ކން. ބައެއް ކަންކަން ކޮންޓްރޯލުން ނެއްޓި ކަމާ ނުބެހޭ އާންމުން ނުރައްކަލުގެ ތެރެއަށް ވެއްޓިގެން ދަނީ. މިއީ ގައުމު ތަކުގެ ވެރިންނާއި މަތީ މަޤާމް ތަކުގަ ތިބޭ ބާރުވެރިން އެބައި މީހުންގެ އަމިއްލަ ޖީބު ފުރުމާއި މުއްސަނދި ދިރިއުޅުމަށް ބޫތު ކައިފަ ތިބޭ ވަރުބޮޑުވީމަ ވާ ގޮތް.