ހަލުވިކަމާއި އެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮވިޑް-19 ވައިރަސް ފެތުރެމުން އަންނައިރު، ސައިންސްވެރިންނާއި ވެކްސިން އުފައްދާ ބަޔޯޓެކް ކުންފުނިތަކުން ދަނީ ހުއްޓުމެއް ނެތި ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ. ދާދި ފަހުން އެ ފަރާތްތަކުން މިވަނީ އުފާވެރި ހަބަރެއް ދީފައެވެ.

އޮސްޓްރޭލިއާގެ ބަޔޯޓެކް ކުންފުންޏެއް ކަމުގައިވާ ނޮވަވެކްސް އިން އިއްޔެ ހާމަ ކޮށްފައިވާ ގޮތުގައި އެ ކުންފުނިން ކޮވިޑް-19 އަށް އުފައްދާފައިވާ ވެކްސިން އަންނަ މެއި މަހުގެ މެދު ތެރޭ ފުރަތަމަ ފަހަރަށް އިންސާނަކަށް ޓެސްޓު ކުރެވިގެން ދާނެ ކަމަށާއި އަދި ވެކްސިން ފުރަތަމަ ފަހަރަށް ބޭނުންކުރާނީ އޮސްޓްރޭލިއާ އިން އެކަމަށް އިސް ނަގާ މީހަކަށް ކަމަށެވެ.

އާއްމު ގޮތެއްގައި މިފަދަ ވެކްސިނެއް އުފައްދަން އެތައް އަހަރުތަކެއް ނެގި ނަމަވެސް، ވަައިރަސް ހުއްޓުވަން މަޖުބޫރުވެފައި ވުމުން ބަޔޯޓެކް ކުންފުނިތަކުން ދަނީ ވީހައިވެސް އަވަހަށް ނަތީޖަ ފެންނަ ވެކްސިނެއް އުފެއްދުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ.

ނޮވަވެކްސްގެ އިތުރުން ދުނިޔޭގެ އެތައް ކުންފުނިތަކަކުން ވެކްސިނެއް ހޯދުމުގެ މަސައްކަތް ކުރަމުން ދާއިރު، ބައެއް ކުންފުނިތަކުން މިހާރު ވަނީ އިންސާނުންނަށް އެމީހުންގެ ވެކްސިން ދީ، އޭގެން ވައިރަހަށް ފަރުވާ އެއް ލިބޭތޯ ބެލުމުގެ މަސައްކަތް ފަށާފައެވެ.

މިފަދަ ކުންފުނިތަކުން ވަައިރަހަށް ވެކްސިނެއް އުފެއްދި ނަމަވެސް، އެންމެ އަވަހަށްވެސް އާއްމުންނާއި ހަމައަށް ވެކްސިން އަންނަން އަަހަރެއްހައި ދުވަސް ނަގާނެކަމަށް ސިއްހީ މާހިރުން ދަނީ ބުނަމުންނެވެ. މިފަދަ ވެކްސިނެއް އަހަރެއްގެ ތެރޭގައި އުފެއްދުނު ނަމަވެސް އެކަން ވެގެން ދާނީ ވަރަށް ބޮޑު ކުރިއެރުމަކަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބޮޑު ވިޔަފާރިއެއް

    ވެކްސިން އަކީ ވިއްކަން ޖެހޭ އެއްޗެއްނޫން. ބަލަ ތިވެކްސިން އުފައްދާ މީހުންނާއި، އެމީހުންގެ ދަރިންނާއި އެމީހުންގެ މަންމަ އާއި ބައްޕަގެ ގަޔަށް ތިވެކްސިން ފުރަތަމަ ޖަހާބަލަ. ކީއްވެގެން ނުޖަހަނީ؟ އެކަމަށް އިސްނަގާ މިހެއްގެ ގަޔަށޯ.

    3
    24
    • މަހޭ

      ވާނުވާބެ

      1
      1